<< Back to Home Page

23 October 2008

އިސްލާމްދީނއަކީ ޖެނެރަލް މައުމޫނުގެންގުޅޭ ހަތިޔާރެއްކަމަށް ނުހަދާށެވެ.

އިސްލާމްދީނއަކީ ޖެނެރަލް މައުމޫނުގެންގުޅޭ ހަތިޔާރެއްކަމަށް ނުހަދާށެވެ.

ދިވެހި ރާއްޖެއަކީ 40 އިންސައްތަ މުސްލިމު ޤައުމަކަށް ވީބާއެވެ.؟

ބޮޑުފާދިރީ ޖޯޖް އާއި ބޮޑުފާދިރީ މައިކަލްގެ މާތްކަން ހޯއްދެވި ޖެނެރަލް މައުމޫނަށް ނޫނެކޭ ބުނާށެވެ.

ޢައިޝަތު ޝެރިން

30އަހަރެއްގެ ޚުދުމުޚުތާރު ވެރިކަމެއްގައި ސިއްކަ ޖެހުމަށް ލިބުނު މި ފުރުޞަތަކީ ހަމަކޮންެ ބަޔަކަށް ލިބޭނެ ފުރުޞަތެއްކަމުގައި ނުވާނެއެވެ. މިއަދު ދިވެހިންގެ ތެރެއިން ގިނަމީހުން ޖެނެރަލް މައުމޫން ވެރިކަމުގައި ބަހައްޓަން ބޭނުންނުވާކަން އެއީ ކަށަވަރުވާކަމެކެވެ. އެހެންނަމަވެސް ޔަޤީން ކުރަންވީ މިއީ ޚުދުމުޚުތާރު ވެރިކަމެއްކަމެވެ. އަނިޔާވެރި ވެރިއެއްގެ އަތްދަށުން ޤައުމެއް ސަލާމަތް ކުރުމަކީ ފަސޭހަކަމެއްނޫންކަން ކޮންމެ މީހަކުމެ ވިސްނުމުގައި ބަހައްޓަވާށެވެ. ދުނިޔޭގެ ތާރީޚުން މިކަމަށް ހެކިލިބެއެވެ. އެހެންނަމަވެސް ދިވެހިންނަކީ ނަޞީބުވެރި ބައެކެވެ. ވޯޓަކުން މިފަދަ އަނިޔާވެރިކަމެއް ނިންމުމަށް މިވަނީ ފުރުޞަތު ތަނަވަސްވެފައެވެ. މި ވަޤުތުގެ ބޭނުން ނުހިފައިފިނަމަ ފަހުން ހިތާމަކުރާ ބައެއްކަމުގައި އަޅުގަނޑުމެންވާނެއެވެ.

ޖެނެރަލް މައުމޫނުގެ ވެރިކަން ދެންނެތިދާނެކަމަށް ކަށަވަރުވުމުން މައުމޫނުގެ ރަސްމީ ހަތިޔާރު ހިފައިގެން ހަނގުރާމައިގެ މައިދާނަށް ނުކުމެއްޖެއެވެ. އެހަތިޔާރަކީ ޖެނެރަލް މައުމޫނު ވެރިކަން ހޯދުމަށް ބޭނުން ކުރި ހަތިޔާރެވެ. އިސްލާމްދީނޭ ކިޔައިގެން ސިޔާސީ ގޭމް ކުޅުމެވެ. ދިވެހިންނަކީ އިސްލާމްދީނުގެ މަތީގައި ދެމިތިބުން ޚިޔާރު ކޮށްގެން ތިބިމީހުންނެވެ. އަދި ދިވެހިންނަކީ ދީންދެކެ ލޯބިވާ ބައެކެވެ. އެނޫން ދީނެއް ބޭނުން ބައެއްވެސް ނޫނެވެ. ދިވެހިންނަކީ ވަރުގަދަ އިސްލާމީ އަޤީދާއެއްގެ މަތީގައި ތިބި ބައެކެވެ. ތަފާު ދީންތައް އެންމެ ގިނަ އިންޑިއާގައި އެތައް ހާސް ދިވެހިނެއް އުޅެއެވެ. މިނޫންވެސް ޤައުމުތަކުގައި އެބައުޅެއެވެ. އެހެނެއްކަމަކު މިއެންމެންވެސް ހަމަ ތިބީ އިސްލާމްދީންގެ މަތިވެރި ހިދާޔަތުގައެވެ.

މިދަނޑިވަޅުގެ ބޭނުން ހިފުމަށް ދެން އޮތް ހަމައެކަނި ގޮތަކީ ދީނޭ ކިޔައިގެން ނުކުތުމެވެ. މައުމޫނަށް އެންމެ ބޮޑު ބިރަކަށްވެފައި އޮތް މީހުންގެ ބޮލުގައި ދޮގުއިލްޒާމް އެޅުވުމެވެ. ދިވެހިންގެ ހިތްތަކުން މުޙައްމަދު ނަޝީދު އަށް ނޫނީ 'އަންނ'ިއަށް ލިބެމުން އަންނަ މަޤާމް ފަނޑުކޮށްލުމަށް މިއަށްވުރެ މުޑުދާރު މަގެއް އިޚުތިޔާރުކުރަން ނޭނގުނެވެ. ޤައުމުގެ 60 އިންސައްތަ ނޫނެކޭ ބުނީމާ އެއީ ކްރިސްޓިއަނުން ކަމަށް ވަންޏާ ދެން މިޤައުމު 100 އިންސައްތަ މުސްލިމު ޤައުމެކޭ ކިޔަނީ ކީއްވެބާއެވެ. މައުމޫނުގެ ވެރިކަމުގައި އިސްލާމްދީންއާމެދު އިހާންނަތްތެރި ވީވަރު ވިސްނާލާމީހަކަށް އެނގޭނެއެވެ. އެމް.ޑީ.ޕީގެ ކެމްޕޭންގައި ބޭނުންކުރަމުން އަންނަ ލޯގޯ އަކީ "ޓެމްޕަލް ފްލާވަރ" ކަމަށާ އެއީ ކްރިސްޓިއަނުންނާ ގުޅުންހުރި އެއްޗެއްކަމަށް ފަތުވާ ދެމުން އެމް.ޑީ.ޕީއާ ކްރިސްޓިއަނިޓީއާ ފައްޅި އާ ގުޅުވަން މައުމޫނު ކުޅޭ ކުޅިވަރަކީ ހުތުރުކަން ބޮޑު ކުޅިވަރެކެވެ. ސިޔާސީ ބޭނުމަކަށް މިފަދަ ނުބައި ޢަމަލެއް މައުމޫނު ހިންގާއިރު ތިމާގެ ފަސްބައިގައި ހޭކިފައި ހުރި ހަޑި ނުފެނުނަސް މައުމޫނުގެ ފަސްފަހަތް ބަލަން ފާރަވެރިވެ ތިބިމީހުންނަށް މިހުރިހާ ހަޑިއެއް ފެނެއެވެ. މި ޤައުމުގެ އެތައް ދިވެހި ދަރިންނެއް އިސްލާމް ދީން ދޫކޮށް ކްރިސްޓިއަނިޓީ ޚިޔާރުކުރުމުގެ ހިތާމަވެރި ޙާދިޘާ ހިނގާ ދިޔައީ މިޤައުމުގެ ވެރިކަމުގައި ދީނީ އުސްތާޒް މައުމޫނު ހުންނަވަނިކޮށް ނޫންކަމުގައި ބުނެވިދާނެހެއްޔެވެ. ދީނީ ޢިލްމުވެރިޔާގެ ހަރުދަނާ ސިޔާސަތު އެދުވަހު ކޮބައިތޯއެވެ. ބޭރުގެ އެކިއެކި ފަރާތްތަކާ އެމް.ޑީ.ޕީއާ ދެމެދު އުފެދިފައިވާ ސިޔާސީ ގުޅުމަކީ މި ޤައުމަށް އެހެން ދީނަކަށް ފުރުޞަތު ދިނުން ކަމުގައި ބުނާއިރު މައުމޫނާއި އިނގިރޭސި ވިލާތުގެ ނަޞާރާ ދީނުގެ އެންމެ މަތީ މަޖިލިސް ކަމުގައިވާ ޖެނެރަލް ސިނޯޑާއި އޮންނަ ގުޅުމަކީ ވަކިން ކުޑަގުޅުމަކީހެއްޔެވެ. އިނގިރޭސި ރާނީގެ ކުރިމަތީގައި ކުޑަކަކޫ ޖަހައިގެން އިނދެ ރާނީގެ ކަނޑިކޮޅުން މައުމޫނުގެ ކޮނޑުގައި ބީހި ޢިއްޒަތް ލިބިވަޑައިގެން ހޯއްދެވި ބޮޑުފާދަރީ މައިކަލް އާއި ބޮޑުފާދަރީ ޖޯޖްގެ ހަތްފައިކަށިލީ ސޮލިބު ނުވަތަ ޖީ.ސީ.އެމް.ޖީގެ ލަގަބު ލިބުމުން ފަޚުރެއްކަމުގައި ދެކި އެކަން ޤަބޫލުކުރި ދީނީ އުސްތާޒަކީ މި އިސްލާމީ ގައުމުގެ ހުންގާނުގައި ހުރި ވެރިޔާ ކަމުގައި ނުވަނީ ހެއްޔެވެ. ތިމާގެ ދަރީން އިނގިރޭސި ވިލާތުގެ ކްރިސްޓިއަން ދީނަށް އެންމެ މުހިންމުކަމެއްދީ އެދީން ފަތުރަން ބާރުއަޅާ އެންމެ ވަރުގަދަ ކޮލެޖްތަކްތަކާ ޔުނިވަރސިޓީތަކުގައި ބައިތިއްބައިގެން ފައްޅީގެ އަހުލުވެރިންގެ ގާތުން ދަރުސްތައް ލިބިގަނެގެން ޤައުމަށް އައިވާހަކަ އަޅުގަނޑުމެން ދައްކަންވެއްޖެނަމަ ދެއްކޭނެ އެތައްވާހަކައެއް ހުންނާނެއެވެ. އެހެންނަމަވެސް ދީނޭ ކިޔައިގެން މިފަދަ ކަންކަމުގައި ދޮގުހަދާ މީހުން ތިމާމެންގެ މަރުމަތިންވެސް ހަނދުމަ ނުވަނީއެވެ. ރައީސް މައުމޫނުގެ އެންމެ އަރިހުގައި ހުންނެވި ރައީސް މައުމޫނުގެ ފޮޓޯގަރާފަރ ނަޖްމީއަކީ ކްރިސްޓިއަންދީން ޤަބޫލުކޮށްގެން ރާއްޖޭގައި އެދީން ފަތުރަން ހުރި މުގުލެވެ. އޭ.އެމް.ޑީސީ އަކީ ކްރިސްޓިއަން ދީން ފަތުރަން މަސައްކަތްކުރި މީހުންގެ މައި މަރުކަޒެވެ. ދެން އޭ.އެމް.ޑީ.ސީއާ މައުމޫނާ އޮތް ގުޅުން ވިސްނާލާށެވެ. އިނގިރޭސިންނާ ނަޞާރާ ދީނާ މިއަށްވުރެ ބޮޑަށް ގުޅުންއޮތް އިތުރުމީހަކު ވެދާނެ ބާއެވެ. އެބުނާ ޓެމްޕަލް ފްލާވަރ އާއި ކްރިސްޓިއަނިޓީއާ ނުަވަތަ ފައްޅިއާ ގުޅުވާއިރު މައުމޫނު އެނޫޓެއްގައި ސޮއިކޮށް ނެރެފައިވާ ދިވެހި ފައިސާގެ ސަތޭކަ ރުފިޔާގެ ނޫޓުގައިވަނީ ފިނިފެން މަލަކީ ބާއެވެ. އެންެ ފަހުން ދިވެހި ރައްޔިތުންނަށް ދޫކޮށްފައިވާ ޕާސްޕޯޓުގެ އެތެރޭގައި އެވަނީ އޯކިޑް މަލެއްބާއެވެ. ނޫނީ މާމެލާ މެއްޔާ، ކުލަކުލަޔާ، ވަކިވަކި ދީންތަކާ ގުޅިފައިވާ ކަމުގެ އެއްވެސް ދަލީލެއް އަޅުގަނޑުމެންނަށް ފެންނަން އެބަ އޮތްބާއެވެ. މާތްﷲގެ ކުޅަދުންވަންތަކަމުން މި ބިމުގައި ލެއްވެވި މާމެލާމެލީގެ ތެރެއިން މި މަލަކީ (ގުލް ޗަމްޕާ) މިދިވެހި ފަސްގަނޑުގައި ހެދޭ އަދި އެމަލެއްގެ ބޭނުން ދިވެހިން ޒަމާންތަކަކަށް ކުރަމުން އަންނަ މަލެއްކަމުގައި ނުވަނީހެއްޔެވެ. މިމަލުގެ ބަދަލުގައި ލޯގޯއަކަށް ކާފިރުންގެ ނިޝާންތައް ބޭނުންކުރުން މާ ހެޔޮވެފައި ނަލައީ ހެއްޔެވެ. މައުމޫނުގެ ކެމްޕޭންގައި ބޭނުން ކުރަމުންދާ އަތްތިލަ މިގޮތުން ބޭނުންކުރުން މާ މަތިވެރިކަމަކަށް ވަނީ ކޮންގަތަކުން ބާއެވެ. ލާދީނީ އަންހެނެއްކަމުގައިވާ އާމިނާ ވަދޫދަކީ އަންހެނަކަށްވެހުރެ އޭނާގެ އިމާމުކަމުގައި އޭނާގެ ފަހަތުގައި ފިރިހެނުން ބައިތިއްބައިގެން ހުކުރުުކޮށް ހަދާފައިވާ ބޮޑުވެގެންވާ ކާފަރަކެވެ. މިފަދަ އަންހެނަކަށް ދައުވަތު ދީގެން މި ޤައުމަށް ގެނައީ މުޙައްމަދު ނަޝީދު ހެއްޔެވެ. މުޙައްމަދު ނަޝީދުގެ އެމް.ޑީ.ޕީ ގެ ވެރިކަމެއްގައި ހެއްޔެވެ. ދިވެހި ރާއްޖޭގައި ދީން އުގެނިގެން ތިއްބެވި ދީނީ ޢިލްމުވެރިން ޖަލުގައި ހައްޔަރުކޮށް އަނިޔާކޮށް ހެދީ މައުމޫނެއް ނޫންބާއެވެ. އެ ބޭކަލުންނަށް ނުހަނު އިހާނެތްތެރިކޮށް ހިތުމުގައި ހައްދެއްނެތި ދިޔައީ ކާކުގެ ވެރިކަމެއްގައި ހެއްޔެވެ. މިފަދަ އަނިޔާވެރިކަމުގައި އެބޭކަލުން ގެންގުޅެނިކޮށް މިއަދު މިދެކޭ ދުވަހުގެ ފަތިހަށް އަލިވިލުނީ ކޮންބައެއްގެ ސަބަބުންކަން ދިވެހިންނަށް އޮޅިދާނެހެއްޔެވެ. ބަރަކާތްތެރިވެގެންވީ ރަމަޟާން މަހެއްގެ ރެއެއްގައި އިސްލާމީ މަރުކަޒުބޭއްވި ޖަލްސާއެއްގައި ދީނީ ނަޞޭޙަތް ދެއްވަމުން، ދިވެހިންގެ ތެރެއިން އެމީހަކު ބޭނުން ދީނަކަށް އެމީހަކު އުޅުމުގެ މިނިވަންކަން އޮންނަން ޖެހޭނެކަމަށާ އެކަމާ އެއްވެސް މީހަކަށް ނުބެހޭވޭނެކަމަށް މައުމޫނު ވިދާޅުވި ހަނދުމަ ނެތިދިޔައީ ތޯއެވެ. މިހުރީ އިސްލާމް ދީނަށް ޙުރުމަތްތެރިކޮށް ހައްދަވާ މަނިކުފާނުގެ ކާރުނާމާއެވެ. ރާއްޖެ އިސްލާމް ވީއްސުރެ މިވީހާ ޒަމާނުގައި ފުރަތަމަ ފަހަރަށް މިރާއްޖޭގެ ފަސްގަނޑުގައި ބުދުފައްޅި ހަދާ ބުދު ބަހައްޓާ އެތަނުގައި އަންހެނުން ބަރަހަނާ ޙާލު ނަށާ ރާބޮއި ހެދުމަށް ފުރުޞަތު ހޯދަދިން ވެރިޔަކީ މުޙައްމަދު ނަޝީދު ތޯއެވެ. މިހިރަ މިހިރަ ކަންކަން މިއީ އެނގި ފެނި ތަޖުރިބާ ކުރެވިފައި ހުރި ކަންކަމެވެ. އެހެންނަމަވެސް އިލްޒާމް އަޅުވަނީ އެހެންބައެއްގެ ބޮލުގައެވެ.

މިފަދަ ވާހަކަތައް މިއަދު މައުމޫނު ދެއްކުމުން އިތުރަށް ފާޅުވަނީ ދޮގުވެރިކަމެވެ. ފަސާދަވެރިކަމެވެ. މިއަދު މި ޤައުމަށް އައި ބަދަލެއްވިއްޔާ އެކަން ހޯދަދިން މީހުން އެތިބީ އެކައްޗެއް ކިޔައިގެނެވެ. އަދި ޤަބޫލުކުރަންވީ ދެން މިޤައުމުގައި އުފެދޭ އެމް.ޑީ.ޕީ އިއްތިޙާދެއްގެ ވެރިކަން ވެެގެންދާނީ މައުމޫނު ފަދައިން ތިމާ ހިތުހުރިގޮތަކަށް ތިމާއަށްޓަކައި އުފެދޭ ސަރުކާރަކަށް ނޫންކަމެވެ. އެހެންނަމަވެސް އެންމެހާ ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ސަރުކާރަކަށް ކަމެވެ. މުޙައްމަދު ނަޝީދުގެ ނޫނީ 'އަންނި' ގެ ސަރުކާރެއްވެސް ނޫނެވެ. އެފަދަ ސަރުކާރެއް ޤާއިމުވެގެން ނޫނީ ރިވެތި އިސްލާމީ އާދަކާދަކަށް އުޅޭނެ ފުރުޞަތެއް މި ޤައުމުގައި ފަހިވެގެން ނުދާނެއެވެ. އިޞްލާޙަށްޓަކައި މަސައްކަތްކުރި އެންމެންވެގެން މިހޯދަދިން ފުރުޞަތުގެ ހެޔޮ ބޭނުން ކުރާށެވެ. މައުމޫނަށް ނޫނެކޭ ބުނާށެވެ. ބަދަލު ކުރާނަމެވެ، ބަދަލުކުރެވޭނެއެވެ. ރައްޔިތުން އެދޭބަދަލަށް މުޙައްމަދު ނަޝީދަށް ވޯޓު ދެއްވާށެވެ. ރައްޔިތުންގެ ދުވަހަކަށް އެދިގެން އަނެއް ދިވެހިރާއްޖެ އަށް ދިއުމަށް މުޙައްމަދު ނަޝީދަށް ވޯޓު ދެއްވާށެވެ. ފަހަރެއްގައިވެސް މި ޤައުމު އާ އުސްމިންތަކަކަށް ނަގާ ލަނޑާ ގިރާވަރުގައި ހެދި ފަދަ އުސް ބުދު ފައްޅިތަކަކަށް ފުރުޞަތުނުދޭށެވެ. މައުމޫނަށް ނޫނެކޭ ބުނާށެވެ.