18 October 2008
މިމަހުގެ 28 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލާ މީހުންގެ ރަޖިސްޓްރީ އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައި އިއްޔެ ޝާއިޢު ކުރައްވައިފި އެވެ.
މިމަހުގެ 28 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލާ މީހުންގެ ރަޖިސްޓްރީ އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައި އިއްޔެ ޝާއިޢު ކުރައްވައިފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރު ފުއާދު ތައުފީޤު ވިދާޅުވި ގޮތުގައި، ވޯޓުލާ މީހުންގެ ރަޖިސްޓްރީގައި ހިމެނޭ ރަށްރަށުގެ ލިސްޓްތައް އީމެއިލް ގެ ޒަރީޢާއިންނާއި ފެކްސްގެ ޒަރީޢާއިން މިހާރު ވަނީ ރަށްރަށުގެ ރަށު އޮފީސްތަކަށް ފޮނުއްވައި ފައެވެ. މާދަމާގެ ނިޔަލަށް އެލިސްޓްތަކަށް ގެންނަންޖެހޭ އުނި އިތުރު ފާހަގަކޮށް ހުށަހަޅަން ޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅު ވިއެވެ.
ރަށްވެހި ވެފައިވާ ރަށްރަށް ނޫން ރަށްރަށުގައި ވޯޓުލާން ބޭނުންވާ މިހުންވެސް މާދަމާގެ ނިޔަލަށް އެމީހަކު ވޯޓުލާން ބޭނުންވާ ތަނެއްގައި ރަޖިސްޓްރީވާން ޖެހެ އެވެ. ކުރިން ރަޖިސްޓްރީ ވެފައިވާ މީހުން އެތަންތަނަށް ވޯޓުލާނަމަ ދެވަނަ ފަހަރަށް ރަޖިސްޓްރީ ވާކަށް ނުޖެހޭނެ އެވެ.
ކުރީ ފަހަރާ ޚިލާފަށް އެމީހަކު ވޯޓުލާން ޖެހޭ ތަނެއްގައި ރަޖިސްޓްރީވާން ޖެހެނީ އެމީހަކު އަމިއްލައަށް ގޮހެވެ.“އަޅުގަނޑުމެން ރަށްރަށުގައި އެދިފައިވަނީ 18 ވަނަ ދުވަހުގެ ނިޔަލަށް ލިސްޓަށް ގެންނަން ޖެހޭ އުނިއިތުރު ފާހަގަކޮށް ފޮނުވައި ދިނުމަށް އަޅުގަނޑުމެން މިމަސައްކަތް ކުރަނީ 19 ވަނަ ދުވަހާ ހަމައަށް ހުރިހާ ލިސޓްތަކެއް ލިބި އެއަށް ގެނެވޭ އުނި އިތުރުތަށް ލިސްޓަށް ގެނެސް ފައިނަލް ލިސްޓް މިމަހު 21 ވަނަ ދުވަހަށް ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރެވޭނެ ކަމަށް.” ފުއާދު ވިދާޅު ވިއެވެ.
ޤާނޫނުގައި ބުނާ ގޮތުން، ވޯޓުލާ މީހުންގެ ލިސްޓް ސަރުކާރުގެ ގެޒެޓްގައި ޝާޢިޢު ކުރަން ޖެހޭނެ އެވެ. ފުއާދު ވިދާޅުވީ 82 ވަނަ ދުވަހު ވޯޓުލާން ޖެހޭ މީހުންގެ ޢަދަދު އެނގިވަޑައި ގަންނަވާނީ ފައިނަލް ލިސްޓް ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރުމުން ކަމުގަ އެވެ. މިމަހު 28 ވަނަ ދުވަހާ ހަމައަށް ވޯޓްލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ގޮތުގައި، ކުރިން އޮތް ލިސްޓަށް އިތުރު ވެގެން ދާނީ 400 އެއްހައި މީހުން ކަމަށް ފުއާދު ވިދާޅު ވިއެވެ. ފުރަތަމަ ބުރުގައި ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ޢަދަދަކީ 252802 އެވެ.
ކުރިން ވޯޓުލާން ދިޔަ ތަންތަނުގެ ލިސްޓްގައި އެތަންތަނަށް ވޯޓުލާން ދިޔަ މީހުން ނެތީ ލިސްޓްގެ އެހެން ދިމާގައި އެމީހުންގެ ނަން އޮތުމުން ކަމަށް ފަހުން ލިސްޓްތައް ބެލުމުން ފާހަގަ ކުރެއްވިފައިވާ ކަމަށް ފުއާދު ވިދާޅު ވިއެވެ. ވޯޓުލާން ދިޔައިރު ލިސްޓްގައި ނެތީ އެޑްރެސް ދިމާނުވާ، ރަށް ބަދަލުވުމާއި ނަންވެސް ބަދަލުވަފައި ވުން ފަދަ މައްސަލަތައް ދިމާވެފައި ވާތީ ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރު ފުއާދު ތައުފީޤު ވިދާޅު ވިއެވެ.