<< Back to Home Page

17 October 2008

އިއްތިހާދުގެ އައްޑޫ ކޭމްޕުން އަހުމަދު މުހައްމަދު ދީ ދީ މައުމޫނު ކަންފަތްޕުޅު މަތީގައި ވަރުގަދަ ބަހަކުން ޖައްސަވައިފި

ސުއްނަތަށް ތަބާވި ދިވެހީން ހިފާ ހައްޔަރުކޮށް، ޖަލަށްލާ، ދަންވަރު އަދަބުބީ، އޮރިޔާން ކޮށް، އެމީހުންގެ އައިބު ގުނަވަންތަކަށް އަނިޔާ ދީ، އެމީހުންގެ ތުބުޅި ޓޮމާޓޯ ސޯސް ޖަހައިގެން ބޭލުމަށް އެންގެވި، ރައީސް މައުމޫނު ޑރ.ހަސަން ސައީދުއަށް އައްޑުއަތޮޅުން ލިބުނު ވޯޓް އިންތިޚާބުގެ ދެވަނަ ބުރުގައި ހޯދާނެކަމަށް ބުނުމާއި ގުޅިގެން އިއްތިހާދުގެ އައްޑޫ ކޭމްޕުން ޑރ. ހަސަންގެ ފަރާތުން ވާހަކަ ދައްކަވަން އެރި އަހުމަދު މުހައްދަދު ދީދީ ރައްދުގައި މައުމޫނުގެ ކަންފަތްޕުޅުމަތީގައި ވަރުގަދަ ބަހަކުން ޖައްސަވައިފިއެވެ. އޭނާ ވިދާޅުވީ މައުމޫނު އެގޮތަށް ވިސްނާނަމަ އެއީ މިހާތަނަށް މައުމޫން ވިސްނަވާ އެންމެ ގޯސް ވިސްނުންކަމުގައެވެ. އަހުމަދު މުހައްމަދު ދީ ދީ މިހެން ވިދާޅުވެފައިވަނީ ރޭ އައްޑު އަތޮޅުގައި އިއްތިހާދުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. އަހުމަދު މުހައްމަދު ދީދީ ވިދާޅުވީ އެއީ އޭނާ ގެންގުޅުއްވާ އެންމެ ގޯސް ވިސްނުންކަން އެންމެ ބޮޑަށް އެގޭނީވެސް ހަމަ މައުމޫނަށެވެ. އެންމެ ފަހުން ނެގުނު އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުގައި އައްޑުއަތޮޅުގެ މީހުންގެ 70 ޕަސަންޓް މީހުން މައުމޫން ބޭނުން ނޫންކަމަށް ބުނެފައިވެއެވެ. އިއްތިޙާދުން ބޭއްވި ދެވަނަބުރުގެ ކެމްޕޭން އިފްތިތާޙީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ.ޙަސަން ސަޢީދު އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމަނިކުފާނަށް ވޯޓްދެއްވި އެންމެ ބޭފުޅުން މުޙަންމަދު ނަޝީދަށް ވޯޓްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. މުޙަންމަދު ނަޝީދަށް ތާޢީދު ދެއްވުމަށް އެމަނިކުފާނު ނިންމެވި ނިންމެވުމަކީ ވަރަށް ވިސްނެވުމަށްފަހު ނިންމެވި ރަނގަޅު ނިންމެވުމެއް ކަމަށާއި، އެމަނިކުފާނުގެ އެނިންމެވުމަށް އިތުބާރު ކުރެއްވުމަށާއި، އެއްވެސް ރައްޔިތަކަށް ދެރައެއް ނުދެއްވާނޭކަމުގެ ޔަޤީންކަންވެސް ޑރ. ޙަސަން ސަޢީދު ދިވެހި ރައްޔިތުންނަށް ދެއްވާ ފައިވެއެވެ.