Thursday 25 September 2008

ނ.މިލަދޫ އިބުރާހިމް މޫސާ ގާސިމު ރިޝްވަތަށް ދިން 10000 ރުފިޔާ އަބުރާ ދޭން އުޅުމުން ގާސިމު ހަވާލެއްނުވި

ދިވެހިރައްޖޭގެ ފަސާދަވެރިޔާ އަދި ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް އުތުރުގެއަތޮޅުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ޤާސިމް އިބްރާހިމްއަށްކެމްޕޭން ކުރުމަށް ނ.މިލަދޫ އިބްރާހިމް މޫސާ ކިޔާ މީހެއްގެ އަތަށް ޖުމުހޫރީ ޕާޓީގެފަރާތުން އެރަށަށް ދިޔަބަޔަކު ދިހަހާސް ރުފިޔާ ދިނުމުން އޭނާ ވަނީ ސީދާ ގާސިމު ގާތަށްގޮސް މިފައިސާ އަބުރާ ރައްދުކުރަން މަސައްކަތް ކޮށްފައެވެ. .ގަސިމު މެންނަށް އަދިވެސް ހީވަނީ ވޯޓްުގެ ކަންތަކުގައި ދިވެހިން ގަނެވިދާނެ ހެންނެވެ. އެކަމަކު އެހެނެއް ނުވާނެއެވެ.

އިބްރާހިމް މޫސާ މިފައިސާ ހިފައިގެން ގާސިމު ރައްޔިތުންނާއި މުޚާތަބު ކޮށް ވާހަކަދައްކާ ނިމުމާއިއެކު ގާސިމު ގާތަށްގޮސް މިފައިސާ ދީފަ ބުނީ މީ ތިބޭފުޅާގެ ކެމްޕެއިން ޓީމުން ތިމަންނާ އަތަށް ކެމްޕޭންކުރެއްވުމަށޭ ކިޔާފަ ދިން ލާރިއޭ. ތިމަންނަ ބޭނުމެއްނޫނޭ މިގޮތަށް ރިޝްވަތަށްދޭ ލާރިއެއް. ގަސިމު ވަގުތުން ހުތްވިޔެވެ. އަދި ތެޅިފޮޅިގަނެފައި ކަކަކަކާކު ދިން ލާރިއެއްހޭ އެއްސެވެ. ތިމަންނާމެން އެއްވެސް ބަޔަކަށް ލާރިއެއް ދީފައި ނު އޮންނާނެކަމަސް ގާސިމާއި އެކު ދިޔަ މީހުންބުންޏެވެ. އެއްގޮތަކަށްވެސް ޖުމްހޫރީ ޕާޓީއިން މިކަމާއި ހަވާލެއް ނުވިއެވެ. އިތުރަށް ވިދާޅުވޭ...


ދަހި ކުކުޅު އަވަހަށް ދަންތުރާގައި ޖެހުނީ ޑީ.އާރު.ޕީ.ގެ ޒައީމް ސުމާޓު ކަމުން

އިދިކޮޅު ޕާޓީ ތަކުގެ ވޯޓު ބައިބައި ކޮށްދިނުމުގެ ބޭނުމުގައި ގާސިމް ވަނީ ޖުމުހޫރީ ގުޅުމެއް އުފައްދައި އެއްމެ ބޮޑު އިދިކޮޅު ޕާޓީ އެމް.ޑީ.ޕީ ގެ ވޯޓު ތައް ބައިބައި ކޮއްދެއްވާނެ ކަމަށް މައުމޫނަށް ވައުދުވެވަޑައި ގަންނަވާފަ ކަމުގައިވެއެވެ. މި ގުޅުމުގެ އެއްމެ ބޮޑު ބޭނުމަކީ ފުރަތަމަ ރައުންޑުން އެމް.ޑީ.ޕީން މި އިންތިހާބު ކާމިޔާބު ވިއަނުދިނުމެވެ. މިހެން ކަންތައް ވެއްޖެ ނަމަ ޑީ.އާރު.ޕީގެ ޒައީމަށް ހަތަރު އުދަރެސް ފެނު ޖެހޭނެއެވެ. ގާސިމް ގެ އިސްނެއްގެވުމުގެ މަތިން މި ދަންތުރާގައި އެއްމެ ފުރަތަމަވެސް ޖެހުނީ ދަހި ކުކުޅު އަވަހަށް ދަންތުރާގައި ޖެހޭ ބީދައިން ފައިސާއާއި، މާއްދިއްޔަތާއި އަދި ޖާހްގެ ދަހިވެތިކަމަށް ހުސްވެފައިވާ އަދާލަތު ޕާޓީގެ ދަންނަ ބޭކަލުންނެވެ.

ޖާހިލިއްޔަ ޒަމާނުގެ ހާލަތަށް މި ގައުމު ބަދަލުވަމުންދާކަމަށް ބުނެ އަދި ރައީސް މައުމޫން ވެރިކަމުގެ ބޭނުމުގައި ދީން ހަތިޔާރަކަށް ހައްދަވައިފާ ކަމަށް ބުނެ އިސްލާމް ދީނުގެ ވަހުދަތު ހިފަހައްޓާ، ދީނީ ޝިއާރު ފާޅުކޮށް، ދީނަށް އަޅުގަނޑުމެން އަހުލުވެރިކޮށް ލޯބި ޖެއްސުމައްޓަކައި އުފެދުނު ޕާޓީ ރޫޅާލާ ބައިބައި ކޮށްލުމައް ޒާއީމް އެއްވެސް ފަތުވާއެއް ނުނެރެއެވެ. ދިނީ ތަގުރީރެއް ނުދެއްވައެވެ. އަދި ބަހުގެ ހަމަލާ އެއް ނުދެއްވައެވެ. އަދާލަތު ޕާޓީގެ ދަންނަބޭކަލުން މި ދަންތުރާގައި ޖެހި ދީނަށް ކުށްވެ މާއްދީއަތަށް ހެއްލުނީ ޒައީމް އަންދާޒާ ކުރެއްވި މުއްދަތަށްވުރެ މާ އަވަހަށެވެ. އިތުރަށް ވިދާޅުވޭ...

Wednesday 24 September 2008

Progress measured by amount of money in the pockets - Anni

Maldivian Democratic Party (MDP) presidential candidate Mohamed Nasheed (Anni) has stated that development expected by the Maldivian people is measured in terms of the amount of “money that goes in to their pockets”. MDP presidential candidate made the statement speaking at the launching of the MDP Coalition’s presidential manifesto held at Artificial Beach last night.

Speaking at the manifesto launching ceremony presidential candidate Anni said the development expected by people is not measured by number of high rise buildings or sweet talks but measured in the amount of money that goes in to the pockets of the people. Read More


Jumhooree–Adhaalath alliance: Will the real motive please stand up?

The decision by the Adhaalath Party (along with MNC) to back the Jumhooree Party and its candidate in the upcoming Maldives’ presidential elections has prompted several allegations and debates about the real motives behind this move. Some have accused JP of “buying” AP and even members of the Parliament. Criticism has also been laid against AP – alleging that its backing of JP is a pre-planned move, one that has stripped them of their religious virtue, while some others accuse AP of “selling” religion for political gains. Read More


ވެރިކަން ފުރޮޅާލުމުގެ މަރުހަލާ ފައްޓަވައިދެއްވުމަށް މައުމޫނަށް ގޮވާލައްވައިފި

މިހާރުގެ ވެރިކަން ފުރޮޅާލުމުގެ މަރުޙަލާތައް ފެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫނު އަބްދުލް ޤައްޔޫމަށް އެމްޑީޕީ އިއްތިޙާދުގެ ރިޔާސީ ކެންޑިޑޭޓު މުޙައްމަދު ނަޝީދު (އަންނި) ގޮވާލައްވައިފިއެވެ.

“އަޅުގަނޑު އިބްރާހީމް ނާޞިރަށް ތައުރީފުކުރާ ސިޓީފުޅެއް” ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިއްތިޙާދުގެ މެނިފެސްޓޯ ނެރެދެއްވުމަށްފަހު އެތައް ހާސް މީހުނާ މުޚާތަބު ކުރައްވައި ވާހަކަ ދައްކަވަމުން އަންނި ވިދާޅުވިއެވެ. “އޭގައި މިވަނީ ރައީސް މައުމޫނު ހުވާކުރެއްވުމުގެ ކުރީގައި ޕަބްލިކް ސޭފްޓީގެ އެންމެހާ ކަންތައްތައް އެއުސްތާޛަށް ހަވާލުކުރައްވާށޭ. ފުރޮޅާލުމުގެ ކަންކަން އިބްރާހީމް ނާޞިރު އޭރު އެގެންދަވަނީ ފުރިހަމަ ކުރައްވަމުން. އަޅުގަނޑު ރައީސް މައުމޫނު އަރިހުން ވަރަށް އިޚްލާސްތެރިކަމާއެކު މިދަންނަވަނީ މިއެދެނީ އަޅުގަނޑުމެންނަށް ހަމަ މިހާރު އެކަންކަން ފުރިހަމަ ކޮށްދެއްވާށޭ” އިތުރަށް ވިދާޅުވޭ...


ނަޝީދު ނޫން އެހެން ކެންޑިޑޭޓުން މަސައްކަތް ކުރަނީ މިހާރު މިއޮތް ވެރިކަން ދަމަހައްޓަން – ޑރ. ވަހީދު

އެމްޑީޕީ އިއްތިޙާދުގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނަޝީދު (އަންނި) ފިޔަވައި މިފަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާފައިވާ އެހެން ހުރިހާ ކެންޑިޑޭޓުންނަކީ ވެސް މިހާރު މިއޮތްވެރިކަމަށް ތާއީދުކުރާ، އަދި އެވެރިކަން ދެމެހެއްޓުމަށް މަސައްކަތްކުރާ ބައެއް ކަމަށް އެމްޑީޕީ އިއްތިޙާދުގެ ރަނިންގމޭޓް ޑރ.މުޙައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

އެމްޑީޕީއިއްތިޙާދުގެ ފަރާތުން މާލެއަތޮޅު ކާށިދޫއާއި ހުރަޔަށް އަންގާރަ ދުވަހު ކުރެއްވި ކެމްޕެއިން ދަތުރުފުޅުގައި ކާށިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ޑރ.ވަޙީދު ވިދާޅުވީ ކުރީ ފަހަރުތަކާ ޚިލާފަށް މިފަހަރުގެ ރިޔާސީ އިންތިޚާބަކީ ރައްޔިތުންނާ ހަމައަށް އެތައް ކެންޑިޑޭޓުންނެއް އަންނަ ފަހަރެއްކަމުގައިވިޔަސް ޙަޤީޤަތުގައި އަޅުގަނޑުމެންނަށް އޮތީ ދެގޮތް ކަމަށެވެ. އެއްގޮތަކީ މައުމޫނުގެ ސިޔާސަތުތަކަށް ތާއީދުކުރުން ކަމަށްވާއިރު، އަނެއްގޮތަކީ ރައްޔިތުން ބޭނުންވާ ބަދަލަށް ވަޑައިގަތުން ކަމުގައެވެ. އިތުރަށް ވިދާޅުވޭ...


މުއްދަތު ހަމަވެފައިވާ އައިޑީކާޑު ބޭނުންކޮށްގެން އިންތިޚާބުގައި ވޯޓްލެވޭގޮތަށް ހަމަޖައްސައިފި

މިހާރު ދޫކުރެވިފައިވާ އައިޑީކާޑުތަކުގެ މުއްދަތު ހަމަވެފައިވާ އޮތަސް ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި އާންމު އިންތިހާބުގައި ވޯޓުލާން ބޭނުންކުރެވޭގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމެޓީން މިއަދު ހަމަޖައްސައިފި އެވެ.

މިގޮތަށް ހަމަޖެއްސެވީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީ ފުޅެއްގައި އައިޑީ ކާޑުގެ މުއްދަތު ހަމަވެފައިވަ 6000 މީހުން އުޅޭތީ އެއީ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ގެއްލިދާނެ ކަމެއް ކަމަށްވަތީ އެކަމަށް ލުޔެއް ދިނުމަށް އެމިނިސްޓްރީގެ ޤަވައިދަށް ބަދަލެއް ގެނެސްދިނުމަށް އެދިފައިވާތީ ނިންމެވި ނިންމެވުމެކެވެ. އިތުރަށް ވިދާޅުވޭ...


ގާސިމް އިބްރާހިމް އުތުރުގެ ހަތަރު އަތޮޅަކަށް ކުރައްވާ ދަތުރު:ި

ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ރިޔާސީ އިންތިޚާބަށް ތާއީދު ހޯއްދެވުމަށް މިހާރު ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައ އާދީއްތަ ދުވަހުގެ ހަވީރު ނ.ޅޮއްސަށް ވަޑައިގަތުމަށްފަހު ރައްޔިތުން ކުރި ސުވާލުތަކަށް ޖަވާބު ނުދެއްވައި ފުރާވަޑައިގެންފިއެވެ.

ޅޮހީ ރައްޔިތަކު ބުނީ އާދީއްތަ ދުވަހު ހަވީރު 3:00 ކަންހާއިރު ގާސިމް އިބްރާހީމާއި ޖުމްހޫރީ ގުޅުމުގެ ބައެއް ބޭފުޅުން އެރަށަށް ވަޑައިގަންނަވާފައިވާ ކަމަށެވެ. އަދި މިވަފްދުގެ ބޭފުޅުން ގަސްތުކުރެއްވީ ރައްޔިތުންނާ ބައްދަލުކުރައްވާ ކުޑަ ވާހަކަ ކޮޅެއް ދައްކާލުމަށްފަހު ފުރާވަޑައިގަތުމަށް ކަމަށާއި ނަމަވެސް ރައްޔިތުންގެ ފަރާތުން ގިނަ އަދަދެއްގެ ސުވާލުތަކެއް އެބޭފުޅުންނަށް ކުރިމަތިވި ކަމަށާއި އެހެންކަމުން ގާސިމް އިބްރާހީމާއި އަބްދުﷲ ޖާބިރު ޕްރެޝަރަށް ވެއްޓި ރައްޔިތުން ކުރި ސުވާލުތަކަށް ޖުވާބު ނުދެއްވާ ފުރާވަޑައިގެންނެވީ ކަމަށެވެ. އިތުރަށް ވިދާޅުވޭ...


ކަމީނާ ތިރީސް އަހަރުން ގަދަ ފަސް އަހަރަށް!ި

” އޭ! ބަލަ އޮޅިއްޖެ. ކޮން މޫނެއްތަ އެތަނުން ނަގަންވީ“ ޖެއްސުމުގެ ރާގަކަށް ރައްޓެއްސަކު ބުނެލިއެވެ. ތިކިޔަނީ ކީކޭހޭ އަހާލުމުން އޭނާ ބުނީ ފަހަކަށް އައިސް އެންމެ ބާރަށް އިވެމުންދާ އެއްއަޑަކީ ”ގަދަ ފަސް އަހަރަކަށް މައުމޫނެވެ“. ”އާ އުސްމިން ތަކަކަށް މައުމޫނެވެ“. ” އިސްލާމް ދީނަށްޓަކައި މައުމޫނު“ ކަމަށެވެ. މިވަރަށް ބުނެފައި ހުއްޓާލީކީއެއް ނޫނެވެ. ” އަންހެނުންނަށްޓަކައިވެސް މައުމޫނެވެ.“ ”ޒުވާނުންނަށްޓަކައިވެސް މައުމޫނެވެ“ އޭނާ އިތުރަށް އަމުނާލިއެވެ. މާނޭވާއެއް ލާފައި މާޒީގެ ތެރެއިންނޭ ބުނެ އަނެއްކާވެސް ފެށިއެވެ. ” އާ އުދަރެހަކަށް މައުމޫނެވެ“ އަދި ” ފުރިހަމަ ޑިމޮކްރަސީއަކަށްވެސް މައުމޫނު“ ކަމަށެވެ.

ހަޤީގަތް ބަލާލިއިރު މިމީހަކު މިދައްކަނީ ޑީއާރުޕީގެ ރިޔާސީ ކެންޑިޑޭޓު މައުމޫނު ޢަބްދުލް ޤައްޔޫމުގެ ކެންޕޭނުގެ ވާހަކައެވެ. ބެނާތަކުގައާއި ލީފްލެޓްތަކުގައި އޮންނަ ވާހަކަތަކެވެ. އެއީ ތެދެކެވެ. މައުމޫނުގެ ކެމްޕޭނުގައި މިހާރު ބޭނުންކުރާ އެންމެ އާއްމު ބަހަކީ ”ގަދަ ފަސް އަހަރެއްގެ“ ވާހަކައެވެ. މައުމޫނުވެސް އަދި އެމަނިކުފާނުގެ ކެންޕޭނުގައި ހަރަކާތްތެރިވާ މީހުންވެސް ނޫންނަމަ ސަޕޯޓަރުންގެ ޒުވާބަކީ ވެދިޔަތަން ވެދިޔައީއެވެ. މިހާރު އެމަނިކުފާނު ކުރިމަތިލައްވަނީ ގަދަ ފަސް އަހަރަށެވެ. ކަންކަން ކުރާ ފަސްއަހަރަށެވެ. ނަތީޖާ ނެރޭ ފަސް އަހަރެވެ. އެޅި ބިންގާތައް ބިނާ ކުރާ ފަސްއަހަރެވެ. އިތުރަށް ވިދާޅުވޭ...

Tuesday 23 September 2008

އެމްޑީޕީ ޖަންބު ގޮފީގެ ޖަގަހަ ހުޅުވުމާއެކު ވޯޓުލާން ރަޖިސްޓަރީ ކުރުމުގެ މަސައްކަތް ވަގުތުން ފަށައިފި

އެމްޑީޕީގައި ފުރަތަމަ ރަޖިސްޓަރީ ކުރެވިފައިވާ އެ ޕާޓީގެ ޖަންބު ގޮފީގެ ފަރާތުން ރިޔާސީ ކެންޑިޑޭޓް މުހަންމަދު ނަޝީދު (އަންނި)ގެ ކެންޕެއިން ކަންތައްތައް ހިންގުމަށްޓަކައި ކެންޕެއިން ޖަގަހައެއް ހޯމަދުވަހުގެ ރޭ ހުޅުވުމާއެކު، މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުން ވޯޓުލުމަށް ރަޖިސްޓަރީކުރަން ޖެހޭތީ އެ މަސައްކަތް ވަގުތުން ފަށައިފި

ރާނބާ ރެސްޓޯރަންޓް ހުންނަ މަގުގައި ހުންނަ މ. ނިއުސަނީވޭގައި ޖަންބު ގޮފީގެ ޖަހަގަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ކުރިން ކެންޑިޑޭޓް ނަޝީދު އެ ސަރަހައްދުގެ ގެއަކަށް ޒިޔާރަތް ކުރެއްވުމަށް ފަހު، އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ޖެހިގެން ހުރީގޭ މީހުން ވެސް ތިބީ ވޯޓުލާން ރަޖިސްޓަރީ ނުކޮށްކަމަށާއި، އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި، މި އޮތް ދެ ދުވަހުގެ ތެރޭގައި ކުރަންވީކަމަކީ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުން ވޯޓުލުމަށް ރަޖިސްޓަރީ ކޮށްދީ، އިންތިހާބާބެހޭ މަޢުލޫމާތު އެފަރާތްތަކަށް ފޯރުކޮށްދިނުންކަމަށެވެ. އެގޮތުން ޖަންބު ގޮފިން ހުޅުވި ޖަގަހައިގެ އެންމެ ބޮޑު މަސައްކަތަކަށް ވާނީވެސް ކައިރި ގެތަކުގެ މީހުން ވޯޓުލުމަށް ރަޖިސްޓަރީ ކޮށްދީ، އެ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުންކަމަށް ކެންޑިޑޭޓް ނަޝީދު ވިދާޅުވިއެވެ. އިތުރަށް ވިދާޅުވޭ...


އެޓޯލް ރޭޑިޔޯ ޕޯލްގައި %71 އިން ކެންޑިޑޭޓް ނަޝީދު ކާމިޔާބު ކުރައްވައިފި

އެޓޯލް ރޭޑިޔޯއިން މިމަހުގެ 16 ވަނަ ދުވަހުގެ ރޭ 11:00 ން 21 ވަނަ ދުވަހުގެ ރޭ 12:00 އަށް ނެގި އެސްއެމްއެސް ވޯޓުން %71 ކަށަވަރު ކުރައްވައިގެން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ކުރި ހޯއްދަވައިފިއެވެ. ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އެމީހަކު އެންމެ މަގްބޫލު މީހަކު ހޮވުމަށް އެޓޯލް ރޭޑިޔޯއިން ހުޅުވާލި މިފުރުސަތުގައި 7000 މީހުން ވޯޓުލާފައިވާއިރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ކުރިހޯއްދަވާފައިވަނީ ޖުމުލަ 5001ވޯޓު ލިބިލައްވައިގެންނެވެ. ނަޝީދާ އެންމެ ކައިރިން ވާދަ ކުރައްވާފައިވަނީ އަމިއްލަ ގޮތުން ވާދަ ކުރައްވާ ޑރ. ހަސަން ސައީދުއެވެ. އެބޭފުޅާއަށް ލިބިލައްވާފައިވަނީ ޖުމުލަ 876 ވޯޓެވެ. އެއީ ވޯޓު ލީ މީހުންގެ 12 ޕަސެންޓެވެ.

މިވޯޓުގައި ތިންވަނަ ލިބިލައްވާފައިވަނީ ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމަށެވެ. އެބޭފުޅާއަށް ލިބިލައްވާފައިވަނީ 596 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 8 ޕަސެންޓުއެވެ. ހަތަރު ވަނަ ލިބިލައްވާފައިވަނީ ޑީއާރްޕީގެ ރިޔާސީ ކެންޑިޑޭޓް މައުމޫނު އަބްދުލް ގައްޔޫމަށެވެ. އެބޭފުޅާއަށް ލިބިލައްވާފައިވަނީ 440 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 6 ޕަސެންޓުއެވެ. މިވޯޓުގައި ޝޯސަލް ލިބަރަލް ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް އިސްމާއިލަށް ލިބިލައްވާފައިވަނީ 80 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 1 ޕަސެންޓުއެވެ. އައިޑީޕީގެ ރިޔާސީ ކެންޑިޑޭޓް އުމަރު ނަސީރަށް ލިބިލައްވާފައިވަނީ 30 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 0 ޕަސެންޓުއެވެ.

އެޓޯލް ރޭޑިޔޯގެ އެމްޑީ މުހައްމަދު ނަޒީފު ވިދާޅުވީ މިވޯޓަކީ އިލެކްޓްރޯނިކް ވޯޓަކަށްވާތީ ވޯޓު ގުނާފައިވަނީ ފޯމިއުލާއެއް ބޭނުންކޮށްގެން ކަމަށެވެ. އަދި މިވޯޓުގައި އެއްސިމަކުން ދެފަހަރު ވޮޓު ނުލެވޭ ގޮތަށް ހަދާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. މިދިޔަ ހުކުރު ދުވަހުގެ ރޭ އާއި ކުރީ ހަފްތާ ހުކުރު ދުވަހުގެ ރޭ ދިއެފްއެމް ރޭޑިޔޯއިން ނެގި އެސްއެމްއެސް ވޯޓުންވެސް ކުރިހޯއްދަވާފައިވަނީވެސް އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދުއެވެ. އެވޯޓުގައި ފުރަތަމަ ރޭ މުހައްމަދު ނަޝީދަށް ލިބިލައްވާފައިވަނީ 40 ޕަސެންޓުއެވެ. ނަމަވެސް ދެވަނަ ރޭ ނަޝީދު %49 ކަށަވަރު ކުރައްވާފައިވެއެވެ.


ރާއްޖޭގެ ތަރައްގީއަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ ކޮރަޕްޝަން – ކެންޑިޑޭޓް ނަޝީދު

ދިވެހި ރާއްޖޭގެ ތަރައްގީއަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ ކޮރަޕްޝަންކަމުގައި އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީ އިއްތިހާދެއްގެ ސަރުކާރަކުން ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް ގެންގުޅޭނެ ސިޔާސަތު ހާމަކުރެއްވުމަށް ހޯމަ ދުވަހު އެމްޑީޕީގެ ހަރުގޭގައި ބޭއްވި ނޫސްކޮންފަރެންސްގައެވެ. ނަޝީދު ވިދާޅުވި ގޮތުގައި ތަނެއް ތަރައްގީކުރުމަށް ބޭނުންނަމަ އެތަނަކުން ކޮރަޕްޝަން ވީހާވެސް ކުޑަކުރުމަކީ ނުވަތަ ނައްތާލުމަކީ މަޖުބޫރު ކަމެކެވެ. އަދި އެމްޑީޕީ އިއްތިހާދުގެ ސަރުކާރަކުން މިކަންތައް ރާއްޖޭގައި ކުރާނެކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

މިއަދުގެ ސަރުކާރުގައި ކޮރަޕްޝަން އަށަގެންފައިވާ މިންވަރާއި މެދު ކަންބޮޑުވާކަން ނަޝީދު މިއަދު ހާމަކުރެއްވިއެވެ. އަދި މިއަދު ރާއްޖޭގައި ކޮރަޕްޝަން އަށަގެންފައިވަނީ ރިޝަވަތާއި ނުލާ ވިޔަފާރި އެއީ ނުކުރެވޭނެ އެއްޗެއްކަމަށް ރައްޔިތުންނަށް ހީވާ ދަރަޖައަށްކަމަށް ނަޝީދު ވިދާޅުވިއެވެ. ގައުމަކުން ކޮރަޕްޝަން ނައްތާލަން ބޭނުންނަމަ ކުރަން ޖެހޭނެ އެންމެ މުހިއްމު ކަމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މައުލޫމާތު ހޯދާ ލިބިގަތުމުގެ މިނިވަންކަން އަދި ނޫސްވެރިކަމުގެ މިނިވަންކަން ފުޅާކުރުން ކަމުގައި ނަޝީދު ވިދާޅުވިއެވެ. އިތުރަށް ވިދާޅުވޭ...

Monday 22 September 2008

ލަންކާގައި ދިރިއުޅޭ ދިވެހިންނަށް އެމްޑީޕީ އިއްތިހާދުގެ ފަރާތުން ޚާއްސަ ރޯދަވީއްލުމެއް ބާއްވައިފި

އެމްޑީޕީ އިއްތިހާދުގެ ފަރާތުން ލަންކާގައި ދިރިއުޅެމުންދާ ދިވެހިންނަށް ޚާއްސަކޮށްގެން ރޯދަވީއްލުމެއް އާދީއްތަދުވަހުގެ ރޭ ބާއްވައިފިއެވެ.

ލަންކާގެ ވެރިރަށް ކޮޅުނބުގެ ޕިޓަކޯއްޓޭގައި ބޭއްވި މިރޯދަވީއްލުމަށް ކޮޅުނބާއި ކެންޑީގައި ދިރިއުޅޭ ވަރަށް ގިނަ ޢަދަދެއްގެ ބަޔަކު ޙާޟިރުވިކަމަށް އެމްޑީޕީން ކޮޅުނބަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެރަފާ އަޙުމަދު ނަސީމް ވިދާޅުވިއެވެ. ނަސީމް ވިދާޅުވީ މިރޯދަވީއްލުމަށްފަހު ވަރަށް ކާމިޔާބު ބައްދަލުވުމެއްވެސް ބާއްވާފައިވާ ކަމުގައެވެ. މިބައްދަލުވުމުގައި ކުރީގެ ހެލްތު މިނިސްޓަރ މުއުމިނާ ޙަލީމާއި ސަލީމާ މުޙައްމަދު ކަލޭފާނުގެ އިތުރުން ކެރަފާ އަޙުމަދު ނަސީމް ވެސް ވާހަކަ ދެއްކެވިއެވެ.

މިބޭފުޅުންގެ ވާހަކަ ފުޅުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނަޝީދުގެ ސިޔާސަތުތައް އޮޅުން ފިލުއްވައިދެއްވައި ކޮންމެ ބޭފުޅަކުވެސް އެބޭފުޅަކަށް ލިބިފައިވާ ވޯޓު ދިނުމުގެ ޙައްޤު އަދާކުރުމުގެ މުހިއްމުކަމާމެދު ވާހަކަފުޅުދެއްކެވިއެވެ. ނަސީމް ވިދާޅުވީ ލަންކާގައި ތިބި އެމްޑީޕީގެ ސަޕޯޓަރުންނަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރުމުގެ ކަންތައްވެސް ކޮޅުނބުގައި އިސްކޮށް އުޅުއްވާ އެމްޑީޕީގެ ބޭފުޅުން ވަރަށް ބާރަށް ކުރިޔަށް ގެންދަވާ ކަމަށާއި، އެކަމަށް ވަރަށް ބޮޑު ތަރުޙީބެއް ލިބެމުންދާ ކަމުގައެވެ.

Sunday 21 September 2008

Dear Visitors,

We are writing to inform you that we have recently discovered evidence of a network attack which is why updates were late and irregular.
We have since closed the vulnerability through which attack was given, and have taken steps to ensure that this cannot happen again.
We launched New Dhivehi Observer on 14th of this month when Sappe sold Dhivehi Observer to Gasim Ibram(Buruma Gasim).

New Dhivehi Observer


Hassan to resign if unable to fulfill promises

Independent presidential candidate Dr. Hassan Saeed has said that if he is unable to fulfill his campaign promises he will resign. Dr. Hassan made the statement while briefing the media after filing his candidacy at the Election Commission yesterday evening.

Dr. Hassan said that the corner stone of his government will be to implement the promises made to the government and a person who is unable to make good on his promises has no right to remain in office.

“I don’t belive that the people has to trust a person who says he doesn’t have to resign even if he does not full fill his promises made to the people, in actual fact, what he is saying is , I will not implement any of these, these are empty promises” he said. Read More


Sappe has joined Gasim(Buruma), because Gasim is one of the richest man in Maldives.

Today Sappe posted on Dhivehi Observer saying that he has officially left the Maldivian Democratic Party (MDP) to join the Republican Party, headed by the richest man in maldives Gasim Ibrahim. We knew this story a month ago and it is the reason we have started New Dhivehi Observer.

Today, Sappe is very worried about our online campaigns. Our target is to drive 50% of Dhivehi Observers traffic to New Dhivehi Observer within 10 days. Below is the last sentence he wrote in his post:
"Meanwhile an unknown group of people, presumably linked to the MDP, have founded a "New Dhivehi Observer website."

Just after this was posted visitors have started commenting heavily.

"So you've been hit by the money hose huh! G-Poodle!!"
"Hey sappe why didnt u give us a chance to comment on your "Endorsing Qasim Ibrahim and call for the opposition to unite to ensure the end of Gayyoom’s dictatorship" artical. It is very touching. But sad to say, you left us in the extra time of this match. Man! you loose some friends that you never known. You lost the respect we have in our heart. I personally thought that you are a real HERO. But now i believe that you are a LOOSER."
"Mavaa salaam dhen DO ah vanun ves. Keekey bunaanee, ma men ah Democrasy dhaskoh dhin meehaa ves emme fahun Golha hisoarukuree thaa. Vassalaam dhen DO ah .."
"DO ah vassalaam dhen. bye"
"Golhaa Sappe. How much Qasim bro gave you?" Read More


އެމްޑީޕީ އިއްތިހާދެއްގެ ސަރުކާރަކުން މިސަރަހައްދުގައި އެންމެ ފެންވަރު ރަގަޅު ހޮޓެލް ސްކޫލް ރާއްޖޭގައި ގާއިމްކުރައްވާނެ – ވަގުތީ ރައީސް ޒަކީ

އެމްޑީޕީ އިއްތިހާދުގެ ސަރުކާރަކުން މިސަރަހައްދުގައި އެންމެ ފެންވަރު ރަގަޅު ބައިނަލްއަގްވާމީ ފެންވަރުގެ ހޮޓެލް ސްކޫލް މިރާއްޖޭގައި ގާއިމްކުރައްވާނެކަމުގައި އެމްޑީޕީގެ ވަގުތީ ރައީސް ވިދާޅުވެއްޖެއެވެ. ވަގުތީ ރައީސް އިބްރާހިމް ހުސައިން ޒަކީ މިހެން ވިދާޅުވީ އެމްޑީޕީ އިއްތިހާދަކުން ގެންގުޅުއްވާނެ ޓޫރިޒަމް ސިޔާސަތާއި ވަޒީފާގެ ސިޔާސަތު ހާމަކުރުމަށް ބޭއްވި ނޫސްކޮންފަރެންސްގައެވެ.

ހޮނިހިރު ދުވަހު އެމްޑީޕީގެ ހަރުގޭގައި އޮތް މި ނޫސްކޮންފަރެންސްގައި ޒަކީ ވިދާޅުވި ގޮތުގައި އަދިވެސް ރާއްޖޭގައި ހުރީ އެންމެ ހޮޓެލް ސްކޫލެކެވެ. އަދި މިތަނުގެ ފެންވަރު ހުރީ އެންމެ ފުރަތަމަ މިތަން ހުޅުވުނުއިރުވެސް މިތަން ހުރި ފެންވަރާއި ދާދި އެއްވަރެއްގައި ކަމަށް ވިދާޅުވިއެވެ. ޓޫރިޒަމް ދާއިރާ އަދި ވަޒީފާގެ ބާޒާރަށްޓަކައި އެމްޑީޕީ އިއްތިހާދުގެ ސަރުކާރަކުން އެންމެ އިސްކަންދޭނީ އިންސާނީ ވަސީލަތް ތަރައްގީކުރުމަށްޓަކައި ކަމަށް ޒަކީ ހާމަކުރެއްވިއެވެ. މީގެ އިތުރުން މިހާރު ރިސޯޓުތަކުގައި އެންމެ މަދުވެގެން 50% ދިވެހިން މަސައްކަތްކުރަންޖެހޭނެ ކަމަށް އޮތް އޮތުމުގެ ބަދަލުގައި 100% ދިވެހިން އުޅޭ ރިސޯޓުތައް ގާއިމްކުރުމަށް މަސައްކަތްކުރައްވާނެކަމުގައިވެސް ޒަކީ ފާހަގަކުރެއްވިއެވެ. އިތުރަށް ވިދާޅުވޭ...

Saturday 20 September 2008

19 ސެޕްޓެމްބަރުގެ ހާދިސާއިން ފެށި މަސައްކަތް ކާމިޔާބުވާން ދެން އޮތީ 19 ދުވަސް – ކެންޑިޑޭޓް ނަޝީދު

19 ސެޕްޓެމްބަރ 2003 ވަނަ ދުވަހު މ އޭޝިޔާ އީވާން ނަސީމަށް، މާފުށި ޖަލުގައި ފުލުހުން އަނިޔާކޮށް މަރާލިތާ 5 އަހަރު މިއަދު ފުރުނު އިރު ރައީސް މައުމޫނުގެ ޚުދުމުޚްތާރު ވެރިކަމުން ދިވެހީން މިނިވަންވެ ރައްޔިތުންގެ ވެރިކަމެއް ދިވެހިރާއްޖޭގައި ގާއިމުކުރުމަށް އޮތީ ބަރާބަރު 19 ދުވަސްކަމަށް އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް މުހަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އެމްޑީޕީ އިއްތިހާދުގެ ފަރާތުން ދަރުބާރުގޭގެ ރަންނަބަޑޭރި މާލަމުގައި ބޭއްވި އާންމު ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. އެ ބައްދަލުވުމުގައި ކެންޑިޑޭޓް ނަޝީދުގެ ރިޔާސީ ރަނިންމޭޓް އަދި ގައުމީ އިއްތިހާދު ޕާޓީގެ ލީޑަރ ޑރ މުހަންމަދު ވަހީދު ހަސަން މަނިކުވެސް ވާހަކަ ދެއްކެވިއެވެ.

އެމްޑީޕީ އިއްތިހާދުން ހުކުރުދުވަހުގެ ރޭ ބޭއްވި ބައްދަލުވުގައި ޚާއްސަކޮށް ފާހަގަކޮށްފައިވަނީ 2003 ވަނަ އަހަރު މާފުށީ ޖަލުގައި ހިގި ހާދިސާއެވެ. 2003 ވަނަ އަހަރުގެ ސެޕްޓެމްބަރ 19 ގައި މާފުށީ ޖަލުގައި އީވާން ނަސީމުގެ މަރާލުމާއެކު އެ ޖަލުގައި ތިބި ގައިދީންތަކެއް ނުކުމެ އެކަމަށް އިހްތިޖާޖުކުރިއެވެ. އަދި އެމީހުންނާ ދިމާލަށް ބަޑިޖަހާ ތިންކުދިން މަރާލައި އެތައް ކުދިންނެއް ޒަޚަމް ކޮށްލިއެވެ. އެ ހާދިސާއާ ގުޅިގެން މާލޭގެ މަގުމަތީގައި ރައްޔިތުންގެ އެތައް ބަޔަކު ނުކުމެ މައުމޫނުގެ އިސްތިއުފާއަށް ގޮވައި އިލެކްޝަންސް އޮފީހުގައާއި ރާއްޖޭގެ ހައިކޯޓާއި ފުލުހުންގެ މަރުކަޒުތަކުގައި ހުޅުޖަހާ ރޯކޮށް ރައީސް މައުމޫނުގެ ސަރުކާރާ އިދިކޮޅަށް އަޑު އުފުލިއެވެ. އެއަށްފަހު ރާއްޖެއަށް ސިޔާސީ އިސްލާހު ގެނައުމަށް މަސައްކަތްކުރަމުން އައި ދިވެހީންގެ ބަޔަކު އިންތިޒާމުވެ، ރާއްޖެއާއި ރާއްޖޭން ބޭރުގައި ހަރަކާތްތެރިވާން ފެށިއެވެ. އަދި ރައީސް މައުމޫނުގެ ސަރުކާރަށް ރާއްޖޭގައާއި ރާއްޖޭން ބޭރުގެ ފަރާތްތަކުން ރައްދުކުރާ ފާޑުކިޔުންތައް ގިނަވެ އެސަރުކާރު ބަލިކަށިވަމުން އަންނަތަން ފާހަގަވެގެން ދިޔައެވެ. އިތުރަށް ވިދާޅުވޭ...


ދިއެފްއެމް ވޯޓުން މިފަހަރު 49% ލިބިވަޑައިގެން ކެންޑިޑޭޓް ނަޝީދު ކުރިހޯއްދަވައިފި

ދިއެފްއެމް ރޭޑިޔޯއިން ހުކުރުދުވަހުގެ ރޭ ނެގި އެސްއެމްއެސް ވޯޓުން %49 ކަށަވަރު ކުރައްވައިގެން އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) އަނެއްކާވެސް ކުރި ހޯއްދަވައިފިއެވެ.

ރިޔާސީ ރޭހުގެ ޕްރޮގްރާމުގައި މިދިޔަ ހަފްތާގައި ނެގި ވޯޓުންވެސް %40 ކަށަވަރު ކުރައްވައިގެން ކުރި ހޯއްދަވާފައިވަނީ އެމްޑީޕީ އިންތިހާދުގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދުއެވެ.

ރޭ 11 ން 12 އަށް ދިއެފްއެމްގެ ނެގި މިވޯޓުގައި ޖުމުލަ 10،887 މީހުން އެސްއެމްއެސްގެ ޒަރިއްޔާއިން ވޯޓުލާފައިވާއިރު ކެންޑިޑޭޓް ނަޝީދު ކުރި ހޯއްދަވާފައިވަނީ 5344 ވޯޓު ލިބިލައްވައިގެންނެވެ. ނަޝީދާ އެންމެ ކައިރިން މިފަހަރު ވާދަ ކުރައްވާފައިވަނީ ކުރީ ހަފްތާގައި ތިން ވަނަ ލިބިލެއްވި އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާފައިވާ ކެންޑިޑޭޓް ޑރ ހަސަން ސައީދުއެވެ. އެބޭފުޅާއަށް މިފަހަރު ލިބިލައްވާފައިވަނީ 2121 ވޯޓެވެ. އެއީ ވޯޓު ލީ މީހުންގެ 19 ޕަސެންޓެވެ. އިތުރަށް ވިދާޅުވޭ...


އިބްރާގެ ރަނިންމޭޓަކަށް އަލްފާޟިލާ ނާހިދު ޝާކިރު ހަމަޖައްސަވައިފ

ސޯޝަލް ލިބަރަލް ޕާޓީގެ ރިއާސީ ކެންޑިޑޭޓް އިބްރާހީމް އިސްމާއީލް، އޭނާގެ ރަނިންމޭޓްގެ ގޮތުގައި ނާހިދު ޝާކިރު ހަމަޖައްސަވަައިފިއެވެ.

މިއީ ކުރިއަށް އޮތް ރިއާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް ވިދާޅުވެފައިވާ ބޭފުޅުންގެ ތެރެެއިން ރަނިންމޭޓެއްގެ ގޮތުގައި އަންހެން ބޭފުޅަކު ހަމަޖެއްސި ފުރަތަމަ ފަހަރެވެ. ނާހިދު ޝާކިރަކީ އުވިދިޔަ ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މާލޭ މެމްބަރު އަހްމަދު އާތިފް ގެ އަނބިކަނބަލުންނެވެ.

ގިނަ ޕާޓީތަކުން ވާދަކުރާ ގޮތަށް ރާއްޖޭގައި ބާއްވާ ފުރަތަމަ ރިއާސީ އިންތިޙާބު އަންނަ އޮކްޓޯބަރު މަހުގެ އަށް ވަނަ ދުވަހު ބާއްވަން ހަމަޖެހިފައވާ އިރު، މިހާތަނަށް ރަނިންމޭޓުން ކަނޑައަޅާފައިވަނީ ހަތަރު ކެންޑިޑޭޓުންނެވެ.


ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި ނަން ހުށަހެޅުއްވި ފުރަތަމަ ބޭފުޅެއްގެ ގޮތުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ނަން ހުށަހަޅުއްވައިފި

މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި ނަން ހުށަހެޅުއްވި ފުރަތަމަ ބޭފުޅުންގެ ގޮތުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓާއި އެބޭފުޅާގެ ރަނިންމޭޓްގެ ނަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފިއެވެ.

ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) އަދި ރަނިން މޭޓް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ނަން ހުށަހެޅުއްވާފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ. ކެންޑިޑޭޓާއި ރަނިންމޭޓްގެ އިތުރުން ކެންޑިޑޭޓްގެ ކެމްޕޭން އެޖެންޓާއި ކެމްޕޭންގެ ރަސްމީ އޮޑިޓަރުގެ ނަމާއި އެހެންނިހެން ލިޔުންތައްވެސް ހުށަހަޅުއްވާފައިވެއެވެ.

ކެމްޕޭން އެޖެންޓެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ މ. ސަލްޖަމްގޭ މުހައްމަދު ޒިޔާދުއެވެ. ކެމްޕޭން އޮޑިޓަރެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ އަބްދުލް ހަމީދު އަބްދުލްކަރީމެވެ.

ޚަބަރުލިބިފައިވާ ގޮތުގައި 48 ގަޑި އިރުތެރޭގައި ކެންޑިޑޭޓްގެ ނަން ބަލައިގަތްކަމުގެ ޖަވާބު އިލެކްޝަންސް ކޮމިޝނުން ދެއްވާނެއެވެ


އެހެން ޕާޓީތަކުން މަސައްކަތް ކުރަނީ އިންތިޚާބުން ދެވަނަ ހޯދުމަށް – ކެންޑިޑޭޓް ނަޝީދު

އެމްޑީޕީ ފިޔަވައި ރާއްޖޭގައި އުފެދިފައިވާ އެހެން ސިޔާސީ ޕާޓީތަކުން މަސައްކަތް ކުރަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ދެވަނަ ހޯދުމަށް ކަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެންވިދާޅުވީ އަންގާރަ ދުވަހުގެރޭ ހުޅުމާލޭގައި އެބޭފުޅާގެ ކެމްޕެއިން ރަސްމީކޮށް ފައްޓަވައި އަދި އެމްޑީޕީ ހުޅުމާލޭ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައެވެ.

ޣާޒީ ސްކޫލުގެ ދަރިވަރަކު ޤުރުއާނުގެ ބަރަކާތުން ފެށި މިޖަލްސާގައި ވާހަކަ ފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެހެން ޕާޓީތަކުން މަސައްކަތް ކުރަމުންދަނީ އޮކްޓޯބަރު 8 ގައި ބޭއްވޭ ގިނަ ޕާޓި ވާދަކުރާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީ އަށް 51 އިންސައްތަ ނުލިބޭނޭ ގޮތް ހެދުމަށް ކަމުގައެވެ. މިގޮތުން ސަރުކާރުގައި ތިއްބެވި ވަޒީރުން މަޤާމުން އިސްތިޢުފާ ދެއްވުމަށްފަހު ރާވަމުންދާ ކަމަކީ އިދިކޮޅު ފަރާތްތަކުގެ ނަމުގައި އިންތިޚާބުގައި ވާދަކޮށް މައުމޫނާ އިދިކޮޅު ވޯޓު ބައިބައި ކުރުން ކަމުގައެވެ އިތުރަށް ވިދާޅުވޭ...

Friday 19 September 2008

ރައީސް މައުމޫންގެ ތަރައްޤީގެ މިސާލަކީ 30 އަހަރުގެތެރޭގައި އިންދާ ގަހެއް ނުވަތަ ރުކެއް އޭގެ އަމިއްލަޒާތުގައި ހެދިބޮޑުވުމުގެ މިސާލު

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ވޭތުވެދިޔަ ދިގު މާޒީގައި ކުރައްވާފައިވާ ދިވެހި ރައްޔިތުންގެ ޕާޓީގެ ޒައީމް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމްގެ ތަރައްޤީގެ މިސާލަކީ 30 އަހަރުގެ ތެރޭގައި އިންދާ ގަހެއް ނުވަތަ ރުކެއް އޭގެ އަމިއްލަޒާތުގައި ހެދިބޮޑުވުމުގެ މިސާލުކަމަށް ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރިޔާސީ ކެޕްޕެއިނުގައި އއ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ރޭ ތޮއްޑޫ ރައްޔިތުންނާއި ބައްދަލުކުރައްވައި، ވާހަކަފުޅު ދައްކަވަމުންނެވެ.

ސިންގަޕޫރަކީ ދިވެހިރާއްޖެއާއި އެއްއަހަރެއްގައި މިނިވަންވި ގައުމެއްކަމަށާއި، ނަމަވެސް ސިންގަޕޫރު މިއަދު ތަރައްގީވެފައި އޮތް ވަރާއި، ދިވެހިރާއްޖެއާއި އަޅާކިޔާއިރު، ރާއްޖެއަށް ހާސިލްކުރެވުނު ތަރައްގީއެއް ނެތްކަމަށް ޤާސިމް އިބްރާހިމް ވިދާޅުވިއެވެ. "30 އަހަރު ދުވަހުގެތެރޭގައި ގަހެއް ނުވަތަ ރުކެއް އިންދިޔަސް އޭގެ އަމިއްލަޒާތުގައި އެރުށް ނުވަތަ ގަސް ހެދި ބޮޑުވާނެ. މިހިރަ ހުރިހާ ރުއްގަހަކީ އަބަދު ފެންދީ ގަސްކާނާ އަޅައިގެން ބޮޑުކުރި އެއްޗިއްސެއް ނޫން. އޭގެ އަމިއްލަޒާތުގައި ބޮޑުވެފަ އެވަނީ. އެކަހަލަ ތަރައްގީއެއް މައުމޫން ސަރުކާރުންވެސް މިގެނައީ. މިތަފާތު ފެނިވަޑައިގަންނަވާނެ އަޅުގަނޑުމެންނާއި އެކުއެކީގައި މިނިވަންވި ސިންގަޕޫރާއި މިހާރު ރާއްޖެ މިއޮތް ހާލަތަށް ބެލީމަ" ތޮއްޑޫ ރައްޔިތުންނާއި މުޚާތަބުކުރައްވައި، ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ވިދާޅުވިއެވެ. އިތުރަށް ވިދާޅުވޭ...


Maldives establishes first ever Supreme Court

President Maumoon Abdul Gayoom has established a Supreme Court in the Maldives for the first time by virtue of the powers given to him in the new Constitution. One of the fundamental changes the country has embraced with the new Constitution is separation of powers which has culminated in the establishment of an independent judiciary and several other institutions and posts. The President also has appointed Ahmed Faiz Hussain, Abdulla Saeed, Ibrahim Areef, Mujthaz Fahumy and Yoosuf Hussain as the five judges of the Supreme Court. He has also presented these judges their letters of appointment. Read More


Villa Government!

If Gasim Ibrahim (Buruma Gasim) becomes President of this country,

  1. Will he give preference to Villa Travels or MATTI?
  2. Will he give preference to Villa Gas or STO Gas?
  3. Will he give preference to Villa Fuels or STO Fuels?
  4. Will he give preference to Villa Cement or STO Cement?
  5. Will he give preference to Villa Fisheries or MIFCO?
  6. Will he give preference to Villa Air (TMA) or Island Aviation (Maldivian)?
  7. Will he give preference to Villa Airports or Maldives Airports Company?
  8. Will he give preference to Villa Shipping or MNSML?
  9. Villa Money Transfer (Western Union) or Bank of Maldives?
  10. Will he give preference to Villa Launch Section or MTCC Launch Section?
  11. Will he give preference to Villa College or Maldives College?

Thursday 18 September 2008

Maldivians living in the UK demand their right to vote in the coming election

Maldivian citizens living in the UK, including students and permanent residents, have begun a petition requesting the election commission to facilitate a setup for them to vote in the up coming presidential election. The petition is led by the Maldivian Students Association (UK) demanding their constitutional right to vote be protected. Read More