+ Main
+ NDO Archives
+ Contact us
+ Photo Album New POLITICS
+ Anneh Dhivehi Rajje
+ Adhaalath Party
+ Dhivehi Rayyithunge Party
+ Jumhooree Party
NEWS SOURCES
+ Minivan Daily
+ Sandhaanu
+ Jazeera Daily
+ Himeyn Ingilaab
+ Gommuh
+ Haveeru Daily
+ Aafathis Daily
+ Miadhu
+ Haama Daily
+ Minivan News
+ Kavaasaa
+ Udhares Weekly
+ VaikaradhooLive
+ Faafu Observer
+ Maldives Culture
+ ManadhooLive
+ Gadhdhoo News
AUDIO & TV
+ Minivan Radio
+ Capital 95.6
+ DhiFM
+ Voice of Maldives
+ GN Atoll Collection
+ TV Maldives
FORUM & BLOGS
+ MaAnU's Blog
+ Byshry's Blog
+ Creative Chaos
+ Bluepeace
+ Medical Watch
+ Nazeer Jamaal
+ New Maldives
+ Velidhoo Online
+ Football Blog
+ GN Atoll Online
+ Maldive Soccer
+ Subcontinental Blog
NGO'S
+ Amnesty International
+ Maldivian Detainees Network
+ Friends of Maldives
+ Naushad Arts
+ Maldives Web Directory
+ Maldives Ethnography
+ Maldives Yellow Pages
+ Weather
+ APTIM
+ Youth For Equality
+ Strength of Society
+ MSA (UK)
+ MES Dharivarun
+ Open Society
+ APTIM
Please click here to download the required font package to view this site properly
Wednesday 8 October 2008
| 20:23 ސިންގަޕޫރުގައި ހުރި ފޮށީގެ ނަތީޖާ ދެންމެ ޓީވީއެމް މެދުވެރިކޮށް ސިންގަޕޫރުން އިއުލާން ކޮށްފިއެވެ. |
| 20:03 ފުރަތަމަ ފަހަރަށް މިއިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރައްވާނެ ކަމަށް ހަތަރު ސިޔާސީ ޕާޓީއަކުން އިއުލާންކޮށްފި މިއިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރައްވާނެ ކަމަށް އައިޑީޕީން ބުނެފި، އައިޑީޕީގެ މިނިންމުމަށް ޖުމްހޫރީ ގުޅުމުމުގައި ހިމެނޭ ހަތަރު ޕާޓީއިން ތާއީދުކޮށްފި، އައިޑީޕީގެ ރިޔާސީ ކެންޑިޑޭޓް އުމަރު ނަސީރު ދާދިދެންމެ ވިދާޅުވީ 30 ހާސް އައިޑީކާޑު ހޯމް މިނިސްޓަރު ކަމާލުއްދީން ހައްދަވާފައިވާ ކަމަށާއި ކަމާލުއްދީން އެކަންތައް ކުރައްވަނިކޮށް ފެނިވަޑައިގެންފައިވާ ކަމަށެވެ. އެގޮތުން އުމަރު ވިދާޅުވީ ކަމާލުއްދީން ރޭ ގަނޑު ދަންވަރު އައިޑީކާޑު ޔުނިޓަށް ވަދެވަޑައިގެން އެކަންތައް ކުރައްވަނިކޮށް ފެނިފައިވާ ކަމަށެވެ. ކަންމިހެންހުރިއިރު ޖުމްހޫރީ ގުޅުމުގައި ހިމެނޭ ތިން ޕާޓީ ކަމުގައިވާ މޯލްޑިވިއަން ނެޝަނަލް ކޮންގުރެސް ޕާޓީ އާއި އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ އަދި އައިޑީޕީގެ އިސްމެންބަރުން ގައުމީ ކޮމްޕްލެއިންސް ބިއުރޯއަށް މިހާރު ވަޑައިގެން ސުލްހަވެރިކަމާއެކު އެބޭފުޅުންގެ ޝުއޫރުތައް ފާޅުކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ. |
| 19:26 ސުނާމީގައި ރަށް ހަލާކުވުމާ ގުޅިގެން ލ.ގަމަށް ހިޖުރަކުރި އެ އަތޮޅު މުންޑު އާއި ކަޅައިދޫގެ ގިނަ އަދަދެއްގެ ބަޔަކު، އެ މީހުންގެ އެ ދެ ރަށަށް ގޮސް ވޯޓުލައިފި އެވެ. އެއީ އެމީހުން ސުނާމީ އަށް ފަހު ދިރިއުޅެމުންދާ މުންޑު ގައި ވޯޓުލުމަށް ހަދާފައިވާ ރަޖިސްޓްރީގައި އެމީހުންގެ ނަން ނެތުމުންނެވެ. |
| 19:17 މެލޭޝިއާގައި ހުރި ވޯޓު ފޮށި ބަންދުނުކޮށް، ވޯޓުލުން މާދަމާ އަލުން ކުރިއަށް ގެންދިއުމަށް ނިންމުމުން ބައެއް މީހުން ހޫނުވަމުން އެބަދެ އެވެ... |
| 19:04 ދެންމެ ނަސަންދުރަ ކައިރީ ހުރި އަހަރެމެންގެ ނޫސްވެރިޔާ މައުލޫމާތު ދިން ގޮތުގައި އާންމުންގެ މީހަކު ޝަކުވާ ހުށަހަޅަން އައީމާ އޮފިޝަލުން އޭނާ އެތެރެއަށް ވައްދައިފިއެވެ. އޭނާ މައްސަލަ ޖްއްސަން ދިަޔައީ ވޯޓުލާން ދިަޔައިރު އޭނާ ވޯޓުލައިފިކަމަށް ލިސްޓްގައި އޮތީމައެވެ. |
| 18:58 ރަޖިސްޓްރީކޮށްފައިނުވާ މީހުންވެސް އައިޑީކާޑު ހިފައިގެން އައުމުން ވޯޓް ލެވޭ ގޮތަށް ހަމަޖެއްސުމާއިއެކު އިތުރު މީހުން ވޯޓްލުމުގެ ސަބަބުން ސ. ގަމުގައި ވޯޓް ލުމަށް ގެންގޮސްފައިވާ ވޯޓް ކަރުދާސް ހުސްވެގެން ވޯޓް ލުން މެދުކެނޑިއްޖެއެވެ. ވޯޓް ކަރުދާސް ހުސްވުމުގެ ސަބަބުން ބައެއް މީހުން އެ ސަހަރައްދުގައި ވޯޓް ނުލެވިފައިތިބިއިރު ބަޔަކުވަނީ ވޯޓް ނުލެވިގެން އަނބުރާ ގޮސްފައެވެ. އެރަށުގައިހުރި ޖަޒީރާގެ ރިޕޯޓަރބުނީ އިތުރު ވޯޓް ކަރުދާސް ގެނެއުމަށް މިހާރު މަސައްކަތްކުރަމުންދާ ކަމަށާ މިރޭ 8 ގެ ފަހުން ވޯޓް ކަރުދާސް ލިބޭނެކަމަށް ވޯޓްލާ މަރުކަޒުން ބުނާކަމަށެވެ. |
| 18:55 ނ.މަނަދޫގައި އައިޑީ ކާޑު ނެތިގެން 15 ވަރަކަށް މީހުން ވޯޓު ނުލެވިފައި އެބަތިބި، މަނަދޫ މީހަކު ބުނީ އައިޑީކާޑު އާ ކުރުމަށް އަތޮޅު އޮފީހަށް ހުށަހަޅާފައިވާތާ މިހާރު އެތައް ދުވަހެއްވެއްޖެ ކަމަށާއި މިއަދު ވޯޓުލާންވެގެން އައިޑީ ކާޑު ބަލާދިޔުމުން ކާޑު ނުލިބޭ ކަމަށް އަތޮޅު އޮފީހުން ބުނެފައިވާ ކަމަށެވެ. އަދި ވޯޓު ނުލެވިފައި ގިނައިން ތިބީ އެމްޑީޕީ އިއްތިހާދަށް ނިސްބަތްވާ މީހުން ކަމަށާއި މިމީހުންނަށް ވޯޓު ނުލެވިއްޖެނަމަ ވޯޓު ފޮށި ބަންދުކުރަންޖެހިދާނެ ކަމަށްވެސް އެފަރާތުން ބުނި، މީގެއިތުރުން ވޯޓު ލެވޭ ބައެއް މީހުންވެސް މިމައްސަލާގައި ވޯޓު ނުލާ ފޮށި ކައިރީގައި އެބަތިބި ކަމަށް އޭނާ ބުންޏެވެ. |
| 18:35 މިހާރު ކުރިއަށް ދާ ރިޔާސީ އިންތިހާބުގައި ފުރަތަމަ ބަންދުކުރި ވޯޓު ފޮއްޓެއްގެ ގޮތުގައި ސިންގަޕޫރުގައި ހުރި ވޯޓު ފޮށި ބަންދުކޮށްފިއެވެ. ސިންގަޕޫރުގައި ހުންނެވި އިލެކްޝަންސް ކޮމިޝަންގެ އިސް އޮފިޝަލް އަބްދުއްރަޝީދު އަލީ ދެންމެ ވިދާޅުވީ ވޯޓުލުމަށް ހާޒިރުވެ ތިބި އެންމެން ވޯޓުލައި ނިމުމާއެކު ވޯޓު ފޮށި ބަންދު ކުޜ ސިންގަޕޫރުގެ ގޑިން މިރޭ 8:30 ގައި ކަމަށެވެ. އަދި ވޯޓު ގުނުމުގެ މަސައްކަތް މިރޭ 9:30 ގައި ފަށައި އިއުލާން ކުރާނެ ކަމަށް ވެސް އަބްދުއްރަޝީދު ވިދާޅުވިއެވެ. ހަ ކެންޑިޑޭޓުން ވާދަ ކުރާ ރިޔާސީ އިންތިހާބުގައި ފުރަތަމަ ނަތީޖާ އިއުލާންކުރެވޭނީ ވެސ ސިންގަޕޫރުގައެވެ. |
| 18:31 ޝަކުވާ ހުށަހަޅަން ވަޑައިގެން ޤާސިމް އިބްރާހީމް މިވަގުތު ހުންނެވީ ނަސަންދުރަ ކުރިމަތީގަ. އޭނާ ވިދާޅުވަނީ ރޭ ދަންވަރު ހޯމް މިނިސްޓަރ އަބްދުﷲ ކަމާލުއްދީން އައިޑީ ކާޑް ޔުނިޓްއަށް ވެންނެވިކަމަށެވެ. އޭނާ އެކަމަށް އިޢުތިރާފްވެވަޑައިގެން ކަމަށާއި އައިޑީ ކާޑް ޔުނިޓަށް ވަޑައިގެންނެވީ ފލުހުންވެސް ގޮވައިގެންކަމަށް ޤާސިމް ވިދާޅުވެއެވެ. |
| 18:20 ތ. ގުރައިދޫގައި ވަކިބަޔަކު ނުކުމެ ނުކުޅެދޭ މީހުންކަމަށް ހަދައިގެން ހެޔޮހާލުގައި ތިބި މީހުން ގޮވައިގެން ވޯޓުލަމުން ގެންދާކަމަށް ގުރައިދޫގެ ރައްޔިތަކު މައުލޫމާތު ދީފި. އޭނަ ބުނެފައިވަނީ މިގޮތަށް އެއަމަލު ކުރަނީ ޑީއާރުޕީގެ ރިޔާސީ ކެންޑިޑޭޓް މައުމޫން އަބްދުލް ގައްޔޫމަށް ލިބޭ ވޯޓު މަދުވެދާނެތީ ކަމަށް. އަދި ނުކުދޭ ކަމަށް ހަދައިގެން ގެންދާ މީހުންނަކީ އަމިއްލަ އަށް ނަމާދުކޮށް ހިނގާ ބިނގާވެ އުޅެން ކުޅަދާކަން ލިބިފައިވާ މީހުން ކަމަށްވެސް އޭނާ ބުނެފައިވޭ. |
ލ.ގަމުގައި މިހާރު އެންމެ ވިކޭ އެއްގަމު މަހަކީ ބުޅާ މަސް!"އންތިހާބުގެ ފޯރި ކިހިނެތް؟" މިރަށު މީހަކާ ސުވާލު ކުރީމެވެ. "ފޯރިއެބަހުރި، އެކަމަކު އެހެން ފޯރިއެއްވެސް އެބަ ނަގާ ބަޔަކު. އެއީ މިތާ އުޅޭ ބުޅާ މަސްކާ ބަޔަކަށް ބުޅާ ވިއްކުމުގެ ފޯރި، ފުރާވަރުގެ ކުދިން އުޅެނީ އެކަމުގައި، "މުންޑުން މިރަށަށް ހިޖުރަކޮށްފައިވާ ހަސަން ވަލީދު ބުންޏެވެ. އިތުރަށް ވިދާޅުވޭ |
| 17:52 ހއ. ދިއްދޫ އެއް ނަންބަރު ވޯޓު ފޮށި ބަހައްޓާފައި ހުރި ސަރަހައްދުން ވޯޓު ކަރުދާސް ހުސްވެގެން ވޯޓުލުން ހުއްޓާލައިފި އެވެ. ދިއްދޫގައި ހުރި ނިވް ދިވެހި އޮބްޒާވަރުގެ ރިޕޯޓަރު ބުނީ މިހާރު ކަރުދާސް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. |
| 17:47 ވޯޓުލާ މަރުޒަރުތަކުގައި މިރޭ 8:00 އާ ހަމައަށް ވޯޓުލުން ނުނިމޭނަމަ މިރޭވެސް އަދި މާދަމާވެސް ވޯޓުލެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ޢާލީ ފާއިޒު ވިދާޅުވެއްޖެ ނޫސްވެރިންނަށް މައުލޫމާތު ދެމުން އޭނާ ވިދާޅުވީ ވޯޓުލުން ކެންސަލްކުރުމަށް ހުށަހެޅުމުން އެކަމާ ކޮމިޝަނުގެ މެންބަރުން އެއްބަސްވެފައިނުވާ ކަމަށެވެ. |
| 17:40 ވޯޓުލާ މީހުންގެ އަތުގައި ވޯޓުލލީކަން އަންގައިދިނުމުގެ ގޮތުން އަތުގައި އުނގުޅާ ދެލި ފިލާކަން އިލެކްޝަންސް ކޮމިޝަނުން އިއުތިރާފްވެއްޖެއެވެ. |
| 17:18 ނ.މިލަދޫގައި ވޯޓުލާން ފަށައިފި އެވެ. ޥޯޓު ފޮއްޓާ އިލެކްޝންސްގެ ފަރާތުން ހަވާލުވެ ހުންނެވެ އަބޫބަކުރު މުހައްމަދު ވިދާޅުވީ ވޯޓުލާން މިހާރު ފެށިފައިވީ ނަމަވެސް އަދިވެސް ރައްޔިތުން ކޮންމެ ވެސް ވަރަކަށް މައްސަލަޖައްސަމުންދާ ކަމަށެވެ. |
| 17:15 ގއ އަތޮޅުގެ ރައްޔިތުންނާއި ގދ އަތޮޅުގެ ރައްޔިތުން ވޯޓު ލުމަށް މާލޭ ސީ އެޗް އެސް އީ އެނެކްސްގައި ބަހައްޓާފައިވާ ވޯޓު ބޫތުތަކާއި ކައިރީހުރި އެސްޓީއޯގެ 6 ނަންބަރު ކޮށީތެރޭގައި ޑީއާރްޕީ ކެމްޕެއިން އޮފީހެއް ހަދައިގެން ކެމްޕެއިން ކުރަމުންދާ ކަމަށް މައުލޫމާތު ލިބިއްޖެ. މިކަމާ ގުޅިގެން ނިވް ދިވެހި އޮބްޒާވަރގެ ދެ ރިޕޯޓަރަކު އެތަނަށް ގޮސް މައުލޫމާތު ސާފް ކުރުމަށް އުޅުމުން ވަނީ ނެރެލާފައި، މިމައްސަލާގެ ޝަކުވާ އިލެކްޝަންސް ކޮމިޝަނަން ބަޔަކު ހުށަހަޅާފައިވާ ކަމަށް މައުލޫމާތު ލިބޭ. |
| 17:05 ނ.މިލަދޫގައި އަދިވެސް ވޯޓުލުން ނުފެށޭ ކަމަށް އެ ރަށުން ބުނެފިއެވެ. އެރަށުގައި ވޯޓުލުން ނުފެށި ލަސްވެފައިވަނީ، އެ ރަށަށް ގެންދިޔަ ވޯޓު ފޮށި، ވޯޓުލާ މަރުކަޒަށް ގެންދިޔުމަށް އާންމުންގެ ބަޔަކު ހުރަސް އެޅުމުންނެވެ. އެމީހުން މި ކަމަށް ހުރަސް އަޅާފައިވަނީ، އެ ރަށުގެ ގިނަ އަދަދެއްގެ ބައެއްގެ އައިޑީ ކާޑު އެމީހުންނަށް ނުލިބިގެންނާއި ވޯޓުލާ މީހުންގެ ލިސްޓްގައި މައްސަލަތަކެއް ހުރުމުންނެވެ. ނަމަވެސް ވޯޓު ފޮށި ވޯޓުލާ މަރުކަޒަށް ވައްދަން ރައްޔިތުން އެއްބަސްވުމުން ވޯޓުފޮށި މިހާރުވަނީ ވޯޓުލާ މަރުކަޒަށް ގެންގޮސްފަ އެވެ. ވޯޓު ފޮށްޓާ އިލެކްޝަންސްގެ ފަރާތުން ހަވާލުވެ ހުންނެވި އަބޫބަކުރު މުހައްމަދު ވިދާޅުވީ މިހާރު ވޯޓުލާން ތައްޔާރުވަމުންދާ ކަމަށެވެ. އެކަމަކު އަދިވެސް ރައްޔިތުން ބުނަމުންދަނީ ވޯޓުލާ ނިންމަން ކަނޑައަޅާފައިވާ ގަޑިއަށް މިހާރު ފަށައިގެން ނުނިމޭނެތީ ދެން ހަދާ ގޮތެއް އިއުލާން ކުރުމުން ނޫނީ ވޯޓުލާން ނުފަށާނެ ކަމަށެވެ. |
| 16:55 މިހާރު ކުރިއަށްދާ ރިއާސީ އިންތިހާބުގައި ވޯޓު ލާން ދިޔަ ބައެއް މީހުންގެ ނަންތައް ރަޖިސްޓްރީގައި ނެތުމުގެ ސަބަބުން ކުރިމަތިވި މައްސަލަތައް ހައްލުކުރުމުގެ ގޮތުން، އައިޑީކާޑު އޮތް ކޮންމެ މީހަކު ވެސް އައިޑީކާޑު ހިފައިގެން ދިއުމުން، ވޯޓު ނަގާ މަރުކަޒެއްގައި ވަގުތުން ރަޖިސްޓްރީކޮށް ވޯޓުލުމުގެ ފުރުސަތު ދޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ. |
| 16:40 އެކި މައްސަލަތައް ދިމާވެގެން ރަޖިސްޓްރީގައިނަން ނެތުމުގެ ސަބަބުން ވޯޓް ލުމުގެ ފުރުސަތު ގެއްލިފައިވާ މީހުންނަށް އެމީހަކު ހުރި ރަށެއްގައި ހުރެގެން ރަޖިސްޓްރީކޮށްގެން ވޯޓް ލުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން ހުޅުވާލައިފިއެވެ. ދެންމެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިލެންޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު އިބްރާހިމް ވިދާޅުވީ 18 އަހަރު ފުރިފައިވާ އައިޑިކާޑު, ޕާސްޕޯޓް ނުވަތަ ޑްރައިވިން ލައިސަންސް އޮތް ކޮންމެ މީހަކަށްވެސް މިހާރު ވޯޓް ލެވޭނެ ކަމަށެވެ. އަދި އެފަދަ ލިޔުމެއް ހިފައިގެން ވޯޓްލާ މަރުކަޒަށް ދިޔުމުން ރަޖިސްޓްރީކުރުމަށްފަހު ވޯޓް ލުމުގެ ފުރުސަތު ދެއްވާނެކަމަށެވެ. އަދި ވޯޓްފޮށި ބަންދުކުރާނީ ގަޑިޖެހޭއިރު ރަޖިސްޓްރީކުރުމަށް ގޮސްތިބި ހުރިހާ ފަރާތްތަކަށް އެފުރުސަތު ދިނުމަށްފަހުގައިކަމަށާ އެއް ފަހަރަށްވުރެ ގިނަ ފަހަރު ވޯޓް ލައިފިނަމަ އެމީހަކާ ދޭތެރޭ ގާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމުގައެވެ. |
| 16:25 ގެޒެޓްގައި ޝާއިޢުކޮށްފައިވާ ވޯޓަރސ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ވޯޓުލުމުގެ ފުރުސަތު ދެއްވާނެ ކަމަށް އިލެކްޝންސް ކޮމިޝަންގެ ރައީސް މުހައްމަދު އިބްރާހީމް ދާދި ދެންމެއަކު ދެއްވި ނޫސްކޮންފަރެންސެއްގައި ވިދާޅުވެއްޖެއެވެ. |
| 16:16 ލ. ހިތަދޫން މެންދުރު ފަހުން ވޯޓްލުން ހުއްޓުވާލައިފި. ހުއްޓުވާލަން ޖެހުނީ ރަށުގެ ރައްޔިތުންގެ ތެރެއިން ގިނަބަޔަކަށް ވޯޓް ނުލެވޭތީއާއި، ކައިރީގައި އޮތް ރިޒޯޓް ކަމަށްވާ އޮޅުވެލި ރިޒޯޓާއި، އެގްރިކަލްޗަރުގެ ރަށެއް ކަމަށްވާ މެންދޫ ގައި ތިބި 40 މީހުންގެ ތެރެއިން 30 މީހުންނަށް ވޯޓް ނުލެވޭތީ |
| 15:40 ހދ. ނޭކުރެއްދޫގެ ވޯޓުލުން އަލުން ފަށައިފިއެވެ. މިހާތަނަށް 168 މީހުން ވޯޓުލައިފިއެވެ. ވޯޓުލުމަށް ކުރިން ހުރަސް އެޅި މީހުން ވޯޓުލުމަށް ތަން ދެއްކީ އައިޑީކާޑު ހަދަންދީފައިވާ މީހުންގެ ކަންކަނޑާފައާއި ޕންޗްކޮށްފައިވާ އައިޑީކާޑުތައް ބޭނުން ކުރެވިދާނެ ކަމަށް ޓީވީން ގޮވީމައެވެ. |
| 15:28 އިލެކްޝަން ކޮމިޝަންގެ ޕްރެސް ބްރީފިންއެއް ނަސަންދުރާގައި ކުރިއަށް އެބަދޭ. |
| 14:45 |
| 14:40 މިހާރު ކުރިއަށް ދާ ރިއާސީ އިންތިހާބުގެ ވޯޓުލުން ވަގުތު އިތުރުކޮށްގެންވެސ ފުރިހަމަ ކުރަން އިލެކްޝންސް ކޮމިޝަނުން ނިންމައިފިއެވެ. އިލެކްޝން ކޮމިޝނުން މިގޮތަށް ނިންމީ ވޯޓުލުމުގެ ދިމާވަމުންދާ މައްސަލަތަކާ ގުޅިގެން އާންމުންގެ މެދުގައި އުފެދިފައިވާ ހިތްހަމަނުޖެހުންތަކާ ގުޅިގެން، އިންތިހާބާ މެދު ގޮތެއް ނިންމުމަށް ކޮމިޝަންގެ ފަރާތުން ރިއާސީ ކެންޑިޑޭޓުންނާ ބައްދަލުކޮށް މަޝްވަރާކުރުމަށް ފަހު އެވެ. |
| 14:30 ވޯޓުލުމުގައި ގދ. ތިނަދޫގައި ދިމާވި ބައެއް މައްސަލަތަކާ ގުޅިގެން، އާންމު ބަޔަކު ނުކުމެ އެ ރަށުގަި ވޯޓުލުން ހުއްޓުވައިފި އެވެ. |
| 14:05 ވޯޓުލުމުގައި ދިމާވާ ހިތްހަމަ ނުޖެހުންތަކާ ގުޅިގެން ގިނަ ބަޔަކު ވޯޓްލުމަށް ހުރަސް އަޅަމުން ދާތީ، ލ. އަތޮޅު ހިތަދޫގައި ވޯޓުލުން ހުއްޓާލައިފި އެވެ. |
| 13:45 ތ.އަތޮޅު ގުރައިދޫގައި ވޯޓްލާން ގޮސް ތިބި އުމުރުން 60 އަހަރުން މިތީގެ ހަ މީހަކު އެހީތެރިއަކަށް އެދުމުން އެކަމަށް ފޮށި ކައިރީގައި ތިބި އިލެކްޝަންސ ކޮމިޝަންގެ މީހުން އިންކާރުކޮށްފި ކަމަށް ގުރައިދޫ ކޮމޕްލެއިން ބިއުރޯ އިން ބުނެފި އެވެ. |
| 13:20 ރިޔާސީ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ މަންދޫބުންގެ މެދުގައި ބޭއްވި ބައްދަލުވުން މިހާރު ނިމިއޖެއެވެ. މިބައްދަލު ވުމަށްފަހު ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުން ގާސިމް އިބްރާހީމް ބައިވެރިވަޑައިނުގެންނުވުމުގެ ސަބަބުން އިލެކްޝަންސް ކޮމިޝަންގެ ފރާތުން ދެންމެ ގާސިމާ ބައްދަލު ކުރައްވައިފި އެވެ. ގާސިމް ގެ ފރާތުން.. |
| 13:10 އިލެކްޝަންސް ކޮމިޝަންގެ ބޭފުޅުންނާއެކު ބޭއްވި ބައްދަލުވުމށް ފަހު ގިނަ ކެންޑިޑޭޓުން ވިދާޅުވީ މައްސަލަތައް ހައްލުކޮށްގެން ވޯޓްލުން ކުރިއަށް ގެންދިއުމަށް. ޑީއާރުޕީންވެސް ބޭނުންވަނީ ވޯޓްލުން ކުރިއަށް ގެންދަން ކަމަށް ޕާޓީގެ އޮފިޝަލަކު ވިދާޅުވި. |
| 12:55 ނަސަންދުރާ ކައިރިއަށް އެއްވެފަތިބި މީހުން ދުރުކުރުމަށް ފުލުހުންގެ ޝިލްޑާއި މުގުރި ހިފައިގެން ތިބި ފުލުހުން ސަފުހަދައިގެން ތައްޔާރުވެގެން އެބަތިބި. |
12:51 - Ignored and ill-informed
we the students and the families who live in Bangalore are neither been informed by the high commission's office nor anyone have taken any action to ensure that we too can exercise our right to vote.
we believe that the Maldivian community in Karnataka especially that of Bangalore and Mysore is not at all less than that of the Maldivians who lives in any other part of India.
keeping a ballet box in Trivandrum doesn't mean anything to us! I'm sure rather than taking a 35hours journey by bus to go to Trivandrum to vote and come back instead if we want to vote we can go back to male'. i wonder why the Government authorities cant realise the distance between Bangalore and Mysore to Trivandrum
Its not at all an unknown fact! everyone knows to whom the youngsters especially the ones whose in out of Maldives will not vote for! so, not facilitating and let us vote in ease is been taken as an advantage to one of the candidate!
we heard informally that the Government is providing
free transportation services! but that too is not been well-informed.
neither we knew how to get this facility nor we knew to whom to approach!
After all can we call this a free and a fair election!
Maldivians' Association-Karnatak
| 12:50 ނަސަންދުރާ ކައިރިއަށް އެއްވެފަތިބި މީހުން ދުރުކުރުމަށް ފުލުހުންގެ ޝިލްޑާއި މުގުރި ހިފައިގެން ތިބި ފުލުހުން ސަފުހަދައިގެން ތައްޔާރުވެގެން އެބަތިބި. |
| 12:45 ވިލިމާލޭގައި ދިރިއުޅޭ މީހުން ވޯޓުލުމަށް ޓކައި އެއް ފޮށި ބަހައްޓާފައި ހުރުމުގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކު ވޯޓުނުލެވި އެސަރަހައްދުގައި ވަނީ ތޮއްޖެހިފައި. ވިލިމާލޭގެ އާބާދީގައި އުޅޭ 5000 ހާހެއްވުރެ ގިނަ މީހުން ވޯޓުލުމަށް ބަހައްޓާފައިހުރި ފޮށީގެ ކައިރީގައި ހުރި ލިސްޓާއި ބޭރުގައި ހުރި ލިސްޓާ ދިމާނުވުމުގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކަށް ވޯޓުނުލެވި މައްސަލަ ހޫނުވެ، ހުއްޓުވުމަށް ބަޔެއް މީހުން މަސައްކަތް ކުރަމުން ދާއިރު ފުލުހުން ދަނީ މީހުން މައިތިރިކުރުމުގެ މަސައްކަތްކުރަމުން. |
| 12:30 އިލެކްޝަން ކޮމިޝަންގެ އިސްވެރިން އިމްޖެންސީ މީޓިންއެއް ބަޔެއް ކެންޑީޑޭޓުންނާއެކު މިހާރު ނަސަންދުރާގައި ކުރަޔަށް އެބަދޭ. |
| 12:15 މާލޭގައި ހުންނަ ވޯޓުގެ މައިމަރުކަޒު ކަމަށްވާ ނަސަންދުރާއަށް ގިނަ އަދަދެއްގެ ބަޔަކު ނުރުހުން ފާޅުކުރުމަށް ގޮސްފައިވާކަމަށް އެތަނުގައި ހުރި ނިވް ދިވެހި އޮބްޒާވަރުގެ ނޫސްވެރިޔާ ދެންމެ ބުނެފި. އަދި ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު(އަންނި) ވެސް އިލެކްޝަން ކޮމިޝަނާރ ބައްދަލުކުރެއްވުމަށް ނަސަންދުރާގައި އެބަހުންނެވި ކަމަށާއި އައިޑީ ކާޑުގެ މައްސަލައާއި މައުލޫމާތު މައްސަލާގަި ބައެއް މީހުން އެތަނުގައި ޝަކުވާ ކުރަމުން ދާއިރު ފުލުހުންގެ ސްޓާފޯސް ނަސަންދުރާ ދޮރުމަތީގައި އެތުރިގެން އެބަތިބިކަމަށް އެތަނުގައި ހުރި ދިވެހި އޮބޮޒާވަރުގެ ނޫސްވެރިޔާބުނި. |
| 11:30 މައްސަލަ ޖެހިގެން ހުއްޓާލާފައިވާ މަރަދޫ ސްކޫލް ގައި ބަހައްޓާފައިފައި ހުރި ފޮއްޓަށް ވޯޓުލުން ދާދިދެންމެއަކު ފަށައިފި. |
| 11:00 ސ. މަރަދޫފޭދޫ ފޮށި ބަލަހައްޓަންހުރި އޮފިޝަލަކު ފުލުހުން ހައްޔަރުކޮށްފިއެވެ. ފޮށި ބަލައްޓާ އޮފިޝަލުންގެ ތެރޭގައި ހިމެނޭ ސިވިލް ސާވިސްގެ މުވައްޒަފެއްކަމަށްވާ ތުއްތު ކިޔާ މި މީހާ ފުލުހުން ހައްޔަރުކުރީ ވޯޓް ލުމުގެ ކަންތައް ބެލެހެއްޓުމު ބަދަލުގައި އެތަނަށް އަންނަ މީހުންނާ ވާހަކަ ދައްކާ ކެމްޕޭންކޮށް ވަކިގޮތަކަށް ވޯޓްލާން ބުނަމުންދާކަން ފާހަގަކުރެވިގެންނެވެ. |
| 10:48 ސ. މަރަދޫގައި ވޯޓް ލުމަށް ބަހައްޓާފައިހުރި ދެ ފޮށީގައިވެސް މައްސަލަތަކެއް ކުރިމަތިވެއްޖެއެވެ. މަރަދޫގެ 2 ނަމްބަރު ފޮއްޓަށް ފޮނުވާފައިހުރީ 1 ނަމްބަރު ފޮށީގެ ތަކެއްޗެކެވެ. އެހެންކަމުން 800 މީހުން ވޯޓްލާން ތިބި ތަނަކަށް ގެންގޮސްފައިހުރީ 600 ކަރުދާސް ކޮޅެވެ. މިހާރު މި ދެފޮށީގެ ތަކެތި ބަދަލު ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. |
| 10:27 ސ. މަރަދޫފޭދޫ ވޯޓް ފޮއްޓަށް ވޯޓްލާންޖެހޭ މީހުންގެ ރަޖިސްޓްރީ އާންމު ނުކުރުމުގެ ސަބަބުން މައްސަލަ ކުރިމަތިވެއްޖެއެވެ. ފޮއްޓާ ހަވާލުވެހުރި ފަރާތުން ބުނަނީ ފުރިހަމަ ލިސްޓް އަދި ލިބިފައި ނުވާކަމަށެވެ. އަދި ލިސްޓްގައި ރަށުން ބޭރުގެ މީހުން އަދި ހިމެނިފައި ނުވާކަމަށެވެ. މިހާތަނަށް އެ ލިސްޓުގައި ހިމެނިފައިވަނީ 740 މީހުންނެވެ. ނަމަވެސް ރަށުން ބޭރުގެ މީހުން ހިމެނުމުން މި އަދަދު 780 ށް އަރާނެކަމަށް ވެއެވެ. ނަމަވެސް މި ރަށަށް ފޮނުވާފައިވަނީ 745 ކަރުދާސްކޮޅެވެ. މި ތަނުގައި މައްސަލަ އަދި މާބޮޑުވެފައި ނުވި ނަމަވެސް ރައްޔިތުން ބުނަމުންދަނީ ލިސްޓް އާންމުނުކޮށް ވޯޓްލުން ކުރިއަށް ގެންދާނަމަ އެކަން ހުއްޓުވާނެ ކަމުގައެވެ. |
| 9:05 ޕާޓީތައް ވާދަކުރާގޮތަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ރިޔާސީ އިންތިޚާބުގެ ވޯޓްލުން މިއަދު ހެނދުނު 9.00 ން ފެށިގެން ރާއްޖޭގައި ކުރިއަށް އެބަދެއެވެ. |
އެމްޑީޕީ
އިއްތިހާދު ދުއްވާ ޖަގަހަ - ހުޅުމާލެ
އެމްޑީޕީ
އިއްތިހާދު ދުއްވާ ޖަގަހަ - މާލެ
Tuesday 7 October 2008
މައުމޫނާއި ދެކޮޅަށް ވޯޓު ދިނަސް އެމްޑީޕީ އިއްތިހާދަށް ވޯޓު ނުލައިފިނަމަ ވޯޓު ބޭކާރު ވެދާނެ- ކެންޑިޑޭޓް ނަޝީދުއިސްލާހަށާއި ބަދަލަށް އެދި މައުމޫނާއި ދެކޮޅަށް ވޯޓު ދެއްވި ނަމަވެސް އެމްޑީޕީ އިއްތިހާދަށް ވޯޓު ނުދެއްވައިފިނަމަ ވޯޓް ބޭކާރު ވެދާނެކަމަށް އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވެއްޖެއެވެ. އިތުރަށް ވިދާޅުވޭ |
| އިލްޔާސްހުސައިން އިބްރާހީމް އެމްޑީޕީ އިއްތިހާދަކީ ދިވެހިގައުމުގެ ކުރިމަގަށްއެޅުނު ހަރުދަނާ ފިޔަވަޅެކެވެ.2008 ސެޕްޓެމްބަރ 17 ވީ ބުދަދުވަހުގެ ހަވީރުއެންމެ ހިތްގައިމު ފިނިވަގުތުގައި، އެމްޑީޕީ މައި ހަރުގޭގައި އިގުރާރުވެ ސޮއިކުރި އެއްބަސްވުމަކީ، ދިވެހިގައުމުގެ ކުރިމަގަށް އެޅިގެންދިޔަ ވަރަށް ހަރުދަނާ ފިޔަވަޅެއް ކަމާމެދު، ހަގީގަތަށް ވިސްނާ އެއްވެސްމީހަކު ޝައްކެއް ނުކުރާނެއެވެ. އެމްޑީޕީއަކީ، ރައީސް މައުމޫނުގެ ސަރުކާރުގައި އުފެދި ގާނޫނީ ހައިސިއްޔަތު ލިބިފައިވާ ސިޔާސީޕާޓީ އެކެވެ. ފަހެ، ގައުމީ އިއްތިހާދަކީ، މިރާއްޖޭގައި އެމްޑީޕީ ވުޖޫދަށް ގެނައުމަށް މަސައްކަތްކުރި ބައެއްމީހުން ނުކުމެ އުފެއްދި ގާނޫނީ ހައިސިއްޔަތު ލިބިފައިވާ އަދިވަރަށް އުމުރުންހަގު ސިޔާސީޕާޓީ އެކެވެ. ހަގީގަތުގައި މިދެޕާޓީގުޅިގެން އުފެއްދި "އެމްޑީޕީ އިއްތިހާދަ" ކީ، ދިވެހި އުންމަތަށް، ދިވެހި ރައްޔިތުންނަށް މިވަގުތައް ބޭނުންވެފައިވާ ވަރަށް މުހިންމު ގުޅުމެކެވެ. އިތުރަށް ވިދާޅުވޭ |
| އިބްރާހީމް ލުޠްފީ
ފުންވިސްނެވުމަކައް - ވޯޓުލެއްވުމުގެ ކުރިން އަޑުއެއްސެވުމައްރާއްޖޭގެ ލޮބުވެތި ރައްޔިތުން! އައްސަލާމް ޢަލައިކުމް ވަރަހްމަތުﷲ... ހައްގަކާނުލާ މީހުންމަރައި، އަނިޔާވެރިކަމާ ބޭއިންސާފާއި ފަސާދަ ކުރިއައްނެރެ ރައްޔިތުންގެ ހިތްތަކައް ބިރުވެރިކަން ވައްދާފައި ބައިތިއްބާ، ރައްޔިތުންގެ މުދަލާއި ފައިސާ އިން ރޯމާދުވާލު ބޮޑެތިވައްކަންކޮށް، މާތްވެގެންވާ އިސްލާމް ދީނައް ފުރައްސާރކޮށް، ރައްޔިތުންނައް މާހެވެއްވެގެން އުޅޭ ކަމައްހެދިގެން އުޅޭމީހުންގެ ފަތިފުއް މިއަދު މިވަނީ ހާމަކަންބޮޑު ގޮތެއްގައި ފެންނަން. އެހެންނޫންތޯ! އިތުރަށް ވިދާޅުވޭ |
MaAnU's Spot
Kingdom of Maldives
A piece of paper with six names is not going to make any difference. Think again and again. How can ordinary people oust king from his own land by simply saying “No” to him? We all think we are smart, but we are not. King is not going to leave this land. No way! he is not going to leave “Theemu ge”. Theemu ge was built for the King. Maybe all his children are registered under Theemu ge. How can he let his children get unsheltered? King is in power for 30 years. How can he let his lavish life take away. Read More
ހަސަން ސައީދަށް ތާއީދު ކުރާ ބަޔަކާއި ޖުމުހޫރީ ޕާޓީއާއި ދެމެދު މާރާމަރީ ހިންގައިފިއަމިއްލަ ގޮތުން ރިޔާސީ އންތިހާބުގައި ވާދަކުރާ ޑރ. ހަސަން ސައީދަށް ތާއީދު ކުރާ ބަޔަކާއި ޖުމުހޫރީ ގުޅުމަށް ތާއީދު ކުރާ ބަޔަކާ ދެމެދު މިއަދު ހަވީރު ހުޅުދޫގައި ހަމަނުޖެހުން އުފެދި މާރާމަރީ ހިންގައިފި އެވެ. ދެ ފަރާތަށް ތާއީދު ކުރާ މީހުންގެ މެދުގައި ހަމަނުޖެހުން އުފެދި މާރާމާރީ ހިންގައިފައި ވަނީ ހަސަން ސައީދާ ދެކޮޅަށް ތައްޔާރުކޮށްފައިވާ ޕޯސްޓަރުތަކާއި އޭނާ އާއި އޭނާގެ ބޭބެ ލިޔުއްވައިފައިވާ "ފްރީޑަމް އޮފް ރިލިޖަން، އެޕޮސްޓަސީ އންޑް އިސްލާމު" މިފޮތާ ބެހޭ ގޮތުން ޖަމިއްޔަތުލް ސަލަފުން ނެރުނު ރިޕޯޓް، ޖުމްހޫރީ ޕާޓީ އަށް ތާއީދު ކުރާ ބަޔަކު މިއަދު ރަށުތެރެ އަށް ބަހަން ފެށުމުންނެވެ. އިތުރަށް ވިދާޅުވޭ |
އައްނިއާއި ވަޙީދު މައުމޫނު މޭ ކަރުވާ ލައިފި: ދެން ބޭނުން ކުރާނީ ޕުލޭން- ބީމމ/ހއ: ހާޒިރު ވީމީހުންގެ އަދަދަށްް ބަލާލާއިރު މިރޭ މާލޭ އިރުމަތީ ފަރާތު ހިތްފަސޭހަ މައިދާނުގައި އެމް.ޑީ.ޕީ އިއްތިޙާދުގެ ފަރާތުން ބޭއްވުނު ޖަލްސާ އަކީ މިހާތަނައް ރާއްޖޭގައި ބޭއްވުނު އެއްމެ ބޮޑު ސިއާސީ އެއްވުމެވެ. މި ޖަލްސާގެ ފަހުވަގުތުގައި އައްނި ވާހަކަފުޅު ދައްކަވަމުން ދިޔަވަގުތު ވާރޭގެ ތެރޭގައި ތެމިގެން ވެސް ވަރަށްްގިނަ އަދަދެއްގެ ބަޔަކު ތިބިކަން ފާހަގާ ކުރެވުނެވެ. މިއީ މައުމޫނަށްް ހަޖަމު ކުރެވޭ ވަރަށްް ވުރެ ހިތި ކަމަކަށްް ނޫނީ ނުވާނެއެވެ، އަދި ތިރީސް އަހަރުވެވަފައި އަޖޫޒްވެ، މުޅަވެ، ތަޤައްޔަރު ވެފައިވާ، ފަސާދައިގެ ސަރުކާރަކަށްް ނޫނެކޭ ބުނުމަށްްޓަކައި ރަތްޔިތުން ކެތްތެރިކަން ކުޑަވެފައިވާ މިންވަރު ވަރަށްް ރަގަޅަށްް ދޭހަކޮންދިން އެއްވުމެކެ. އިތުރަށް ވިދާޅުވޭ |
އިންވޮއިސްއެއް ނެތި ޑީއާރުޕީގެ ޒައީމްގެ މެނިފެސްޓޯ އޮޅުވާލައިގެން އެތެރެކުރިކަން ކަސްޓަމްސްގެ ރެކޯޑްތަކުން ހާމަވެއްޖެއިންވޮއިސްއެއް ނެތި ޑީއާރުޕީގެ ޒައީމްގެ މެނިފެސްޓޯ އޮޅުވާލައިގެން އެތެރެކުރިކަން ކަސްޓަމްސްގެ ރެކޯޑްތަކުން ފަޅާއަރައިފި އެވެ. ކަސްޓަމްސްއިން މި މުދާތައް ބޭރުކުރި ގްޑްސް ޑެކްލަރޭޝަން ފޯމްތަކުގެ ކޮޕީއެއް މިއަދު ވަނީ ޖަޒީރާއަށް ލިބިފަ އެވެ. މި ތަކެތި ބޭރުކޮށްފައި ވަނީ ހުސްވި މަހުގެ 26 ވަނަ ދުވަހު އެވެ. އިތުރަށް ވިދާޅުވޭ |
Recent Archives (It may take a while to load these pages depending on your speed, please be patient)
1 - Qasim Ibrahim |
28 |
|
2 - Maumoom A Gayyoom |
69 |
|
3 - Hassan Saeed |
258 |
|
4 - Mohamed Nasheed (Anni) |
79 |
|
5 - Ibrahim Ismail |
9 |
|
6 - Umar Naseer |
3 |
Dear visitors
Today we are experiencing a very high traffic which is why the website is unavailable at sometimes. Please be patient and check again after few seconds. We apologies for any inconvenience this may cause. Thank you
| ހާއްސަ ދަންނަވާލުމެއް ގިނަ ޕާޓީތައް އެކުލެވޭ ގޮތަށް ރާއްޖޭގައި އެންމެ ފުރަތަމަ ބާއްވާ ރިޔާސީ އިންތިހާބުގެ ހަބަރުތަކާއި ފޮޓޯތަކާއި އިދި ކެންޑިޑޭޓުންނަށް ލިބޭ ވޯޓްގެ އަދަދު ނިވް ދިވެހި އޮބްޒާވަރ އިން ވަގުތުން ގެނެސް ދޭނަމެވެ. |
| އިދިކޮޅު ޕާޓީތަކަށް... ގައުމުގެ މަސްލަހަތަށް އެއްބައި ވާށެވެ. ގުޅޭށެވެ. ރައްޔިތުންގެ އަޑުއަހާށެވެ. ގައުމުގެ މަސްލަހަތަށް ވިސްނާއިރު އެންމެ އިސްކަމެއް ދީގެން ވިސްނަންވީ ވެރިކަމުގެ ސަންދާނަކަށް ނޫނެވެ. ވެރިކަމުގެ ގޮނގިޔަކަށް ނޫނެވެ. ގައުމުގެ އެއްބައިވަންތަ ކަމަށެވެ. ގައުމުގެ މަސްލަހަތަށެވެ. ވެރިކަންކުރާ ބާރަށެވެ. ފަހެ، މިބާރުގައި އިދިކޮޅު ހުރިހާ ސިޔާސީޕާޓީތަކެއް ޝާމިލުވުމަކީ، އަދުގެ ސިޔާސީ މަސްރަހާއި ދިވެހި ރައްޔިތުންގެ އާދޭހެވެ. ގޮވާލުމެވެ. ފަރިޔާދެވެ. ރައްޔިތުންނަށް ލިބެމުންދާ އަނިޔަތަކުގެ ޝިފާއަށް ގޮވާލުމެވެ. ފަހެ އެއަނިޔާތަކަށް ފަރުވާދޭށެވެ. އެކަމުން ފަހަތަށް ނުޖެހޭށެވެ. ވަކިވަކިން ވެރިކަމުގެ ގޮނޑިޔާ ދިމާއަށް ނުދާށެވެ. އެކުވާށެވެ. ގުޅޭށެވެ. އޭރުން ވަރުގަދަ ބާރަކަށްވާނެއެވެ. މިއީ ރައްޔިތުންގެ ގޮވާލުމެވެ. |
| މިއީ އެއްވެސް ޕާޓީ އަކަށް ނިސްބަތްވާ ވެބްސައިޓެއް ނޫނެވެ. މުއްދަތު ހަމަވެފައިވާ ގޮޅާބޯގެ ޕާޓީއާއި ރަލާއި އޫރުމަހުގެ ވިޔަފާރިކުރާ ގާސިމާއި އަދި އޭނާޔަށް ބައިއަތު ހިފާފަވާ މުނާފިގުން ފިޔަވައި އެހެން ހުރިހާ ޕާޓީ އަކުންވެސް ރާއްޖެއަށް އިސްލާހުގެންނަން ކުރާ މަސައްކަތަށް ނިވް ދިވެހި އޮބްޒާވަރ ގެ ފަރާތުން ޝުކުރިއްޔާ! މިވަގުތު އެމްޑީޕީ އިއްތިހާދު ނޫން އެހެން ޕާޓީ އަކަށް ރާއްޖޭގެ ވެރިކަން ނުކުރެވޭނެކަން ޔަޤީން ކުރެވޭތީ އިދިކޮޅަށް ހުރި ވޯޓްތައް ބައިބައިކުރުމަށް ކުދިކުދި ޕާޓީތަކަކަށް ފުރުސަތެއް ނުދެވޭނެއެވެ. ފުރަތަމަ ބުރުން ގޮޅާބޯގެ ވެރިކަން ނިންމުމަށް އެމްޑީޕީ އިއްތިހާދަށް ވޯޓްދެއްވާ! |
Broken Links
If you see any broken link please let us know by email
and we will fix as soon as possible. Our email address is info@newdhivehiobserver.com
Thank you.
| އެމްޑީޕީ އިއްތިހާދުން ބުނަނީ ބޯހިޔާވަހިކަން ހޯދައިދޭނަމޭ. އެހެން ޕާޓީއަކުން ބުނަނީ މާދަން 5000 ފްލެޓް އަޅާދޭނަމޭ. އަނެއް ޕާޓީ ނުކުމެ މިވިދާޅުވަނީ މިރަށާ އަނެއްރަށާ ފާލަމަކުން ގުޅާލަދޭނަމޭ. |
| ކިހިނެއް އެމްޑީޕީ އިއްތިހާދުން ވޯޓްހޯދަނީ؟ އެމްޑީޕީ އިއްތިހާދުން ގެއަކަށް ގޮސް މިއަހަނީ ކަނބުލޯއޭ ނުވަތަ ބޭބޭއޭ! އަހަރުމެންނަށް ވޯޓެއް ދީފާނަންހޭ. އަހަރުމެން އަތުގަ ނެތޭ ފައިސާއެއް. އަހަރުމެން އަތުގަނެތޭ ހަމަ ހިލާ އެކައްޗެއްވެސް. އަހަރުމެން އަތުގަ އޮތީ އުއްމީދެކޭ. އެއެއް އަޅުގަނޑުމެން ދުލެއް ނުކުރާނަމޭ... |
| ކިހިނެއް ޖުމުހޫރީޕާޓީން ވޯޓްހޯދަނީ؟ ބޭބޭއޭ ދައްތާއޭ! އަޅުގަނޑުމެން މަސައްކަތް މިކުރަނީ މައުމޫނު ވެރިކަމުން ބާލަން. އަޅުގަނޑުމެން ނަކީ ދިވެހި ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ރަލާއި އޫރުމަހުގެ ވިޔަފާރިކުރާ ފައިސާވެރިން. ވޯޓެއް ދީފިނަމަ ބޭނުން ކޮއްމެ ކަމެއް ކޮށްދޭނަން... |
| ކިހިނެއް މައުމޫނު ވޯޓްހޯދަނީ؟ ލޮބުވެތި ރައްޔިތުންނޭވެ. ތިބޭފުޅުން ގޭގެ ބޭރު ފާރުގައި ނޫކުލަ ލައިދީފިއްޔާ ތިރީސް ހާސް ރުފިޔާ ދޭނަމެވެ. ގަދަ ފަސްއަހަރަށް މައުމޫނު ހޮއްވަވާ... |
| ބަދަލަކަށް ނޭދޭނަމަ މައުމޫނު. މުނާފިގުންނާއި ވިޔަފާރިވެރިން އެދޭ ބަދަލަށް ޤާސިމް. ރައްޔިތުންނާއި ޤައުމު އެދޭ ބަދަލަށް އަންނި. |
Attention HACKERS!!!
Our network security team is looking for Hackers. If anyone can modify any part of this website please let us know. We will not take any action, infact we will offer to work with New Dhivehi Observer - The fastest growing site in Maldives.
Sappe made $19,000 out of Dhivehi Observer
Dear visitors,
Dhivehi Observer was the most trusted news site in Maldives, but not
anymore. Sappe sold it to Buruma Gasim (the richest man in Maldives)
for $19,000. That is the reason why we have launched New
Dhivehi Observer. We will try at our best to deliver the latest
breaking news and information on the latest top stories from Maldives.
| މުނާފިގު ޝޭޚު ހުސެއިން ރަޝީދަކީ ކާކު؟ އޭނާ އަކީ އިސްލާމް ދީނުގެ ފޭރާމުގައި ނުކުމެ، ދިވެހިރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ރަލާއި، އޫރުމަހާއި ރިބާގެ ވިޔަފާރިކޮށް ޒިނޭގެ ތުހުމަތުގައި އަދަބުލިބި އަބުރުގެއްލިފަވާ، އަދި ވަޒީފާގެ ނާޖާއިޒު ފައިދާ ނަގައިގެން ދިވެހި އެތަކެއް އަންހެން ދަރީންނެއްގެ އިއްފަތް ފޭރިގަނެފަވާ، ފާސިދަކު އިސްލާމީ ދިވެހި އުއްމަތުގެ ވެރިކަމަށް ގެނައުމަށް ބައިއަތު ހިފާފަވާ މީހެކެވެ. |
Disclaimer
Views expressed in this website are that of the people who choose to contribute to and does not necessarily reflect that of New Dhivehi Observer, unless it is attributed to us directly. Some comments and articles maybe edited for clarity. Please use decent language and do not incite violence in your message. We would edit out any calls for violence in all material.
Freedom of expression : Constitution of the Maldives - Chapter II
- Clause 25.
Every citizen shall have the freedom to express his
conscience and thoughts orally or in writing or by other means, unless prohibited
by law in the interest of protecting the sovereignty of the Maldives, of
maintaining public order and of protecting the basic tenets of Islam.
New Dhivehi Observer is an independent online news service on matters relating to the Maldives. Commercial use prohibited on all material published on this site without prior written permission. To contribute please send the material by email to the editorial board