Please click here to download the required
font package to view this site properly
Sunday 26 October 2008
NDO Mobile Version Launched
Check out the screen-shot to the right.
You can visit the NDO mobile version by going to the following URL on
your mobile device: http://www.NewDhivehiObserver.com/mobile
Now you can access the live vote results on-the-go!
މިފަދަ މީހަކަށް ވޯޓުލާން ހެޔޮވާނެބާ؟ If the video
has not loaded within 20 seconds, please Click
Here to download the latest version of Adobe's Flash Player.
|
Maumoon; resign with honor Part II If the video
has not loaded within 20 seconds, please Click
Here to download the latest version of Adobe's Flash Player.
|
| ކުއްލި ޚަބަރު އިންޠިޚާބު ބޭއްވިޔަ ނުދޭން ޔާމީން މަސައްކަތް ފަށައިފިކުރިޔަށް އޮތް އިންޠިޚާބު މައުމޫނަށް ކާމިޔާބު ނުވެދާނެކަމަށް ޔަޤީނާ ގާތްވުމުން ކުރިންވެސް ޔާމީނު ހަލާކު ކޮށްފައިވާ ޒުވާނުން ލައްވާ މާލެތެރޭ ހަމަނުޖެހުން އުފައްދަން މަސައްކަތް ފަށައިފިއެވެ. މިގޮތުން މާލޭގެ އެކި ސަރަޙައްދު ތަކުގައި ޔާމީނުގެ ސަބަބުން އުފެދުނު ގޭންގްތަކާ ވާހަކަ ދައްކައިގެން ޒުވާން ކުދިންކޮޅެއްލައްވާ މާރާމާރީ ހިންގާ ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކުރިނަމަވެސް މިތަނުން އެއްވެސް ބަޔަކު މިކަމާ އެއްބަސް ނުވެގެން ޔާމީނު މިހާރު ހަމަ ތެޅިފޮޅެނީއެވެ. މިފަދަ ކަމަކަށް އެންމެން ސަމާލުވެ ތިއްބަވާ!!!!!! |
| ޢައިޝާ ޝެރީން
ރައީސް މައުމޫނު މިޤައުމުގެ އަންހެނުންގެ ކިބައިން މަޢާފަށް އެދިވަޑައިގަންނަވާށެވެ.މިވަޠަންގެ އަންހެން ދަރިއެއްގެ ހައިޞިއްޔަތުން ރައީސް މައުމޫނަށް މިފަދަ ދަނޑިވަޅެއްގައި އިލްތިމާސްއެއް ކުރަމެވެ. ރައީސް މައުމޫނެވެ. މަނިކުފާނު އަޅުގަނޑުމެންގެ މިޤައުމުގައި 30އަހަރު ވެރިކަން ކުރައްވައިފީމުއެވެ. ދިވެހި ރާއްޖޭގެ ޤާނޫނާ ޚިލާފަށް މަނިކުފާނު ރައީސްކަން ކުރެއްވުމުގައި ދެމިހުންނެވުމަށްޓަކައި އަޅުގަނޑުމެންނަށް ނުހަނު ގިނަގުނަ އަޒާބު ދައްކައިފީމުއެވެ. އަޅުގަނޑުމެންގެ ޤައުމަށް އެތަކެއް ޚިޔާނަތްތެރި ވެއްޖައިމުއެވެ. މަނިކުފާނުގެ ވެރިކަމުގައި އަޅުގަނޑުމެންގެ ދިރިއުޅުން ނުތާހިރު ކޮށްފީމުއެވެ. ދީނާ ދުނިޔޭގެ އެންމެހާ ރީތި އުޞޫލުތަކާ ޚިލާފުވާ ކަންކަން މިޤައުމުގައި އަށަގަންނުވާ ހަދައިފީމުއެވެ. މިހުރިހާ ކަމެއްގެ ސަބަބުން އެންމެ ބޮޑެތި އަނިޔާތަކެއް ލިބިގެން މިދިޔައީ މިވަޠަންގެ އަންހެނުންނަށެވެ. އިތުރަށް ވިދާޅުވޭ |
Maumoon; resign with honor Part I If the video
has not loaded within 20 seconds, please Click
Here to download the latest version of Adobe's Flash Player.
|
Saturday 25 October 2008
| އިލްޔާސް ހުސައިން އިބްރާހީމް ރައީސްއޮފީހުގެ 2007 ވަނައަހަރުގެ އަހަރީއޮޑިޓްރިޕޯޓަށް ބަލާލުމެއް – 4ލޮބުވެތި ރައްޔިތުންނެވެ! ދަންނާށެވެ! އޮޑިޓަރ ޖެނެރަލްގެ ބަހަކީ ފަހުބަހެވެ. މިއީ މުޅިދުނިޔޭގައި އަމަލުކުރާ އެންމެރީތި މޮޅުގޮތެވެ. އެބަހުގެ މައްޗަށް ބަހެއްބުނެވޭނެ މީހަކުދެނެއް ނުހުންނާނެއެވެ. ރައީސް މައުމޫނަށް ވިޔަސް ވަރިހަމައެވެ. ގަދަކަމުން އިންތިޚާބަކާނުލައި ދިވެހި ދައުލަތުގެ މައްޗަށް ވެރިވެގަނެގެން އުޅޭ ޑީއާރުޕީއަށް ވިޔަސް ވަރިހަމައެވެ. ދައުލަތުގެ ބަންޑާރަ ނައިބު އަލްއުސްތާޒާ އައިޝަތު އާޒިމާޝަކޫރަށް ވިޔަސް ވަރިހަމައެވެ. ފަހެ، އޮޑިޓަރ ޖެނެރަލް އެއަދާ ކުރައްވަނީ އޭނާގެ ވެރިފަރާތްކަމުގައިވާ ދިވެހި ރައްޔިތުން އޭނާއާ ހާވާލުކުރި ވަރަށް ޒިންމާދާރު މާތްވެގެންވާ މަސައްކަތެވެ. އެކަމާ ގުޅިގެން ރައީސް މައުމޫނަށް ކުރެވޭނެ އެއްވެސް ކަމެއް އޮވެގެން ނުވާނެއެވެ. އިތުރަށް ވިދާޅުވޭ |
ގޮޅާބޯ އަތުގައި ހުވާކުރިއިރު ހަތިޔާރު ހުރިކަމަށް އަމިއްލައަށް އެއްބަސްވިކަމުގެ ފުރިހަމަ ހެކި މިއޮތީ If the video
has not loaded within 20 seconds, please Click
Here to download the latest version of Adobe's Flash Player.
|
އައްޑޫ އަތޮޅުގެ ފަޚުރުވެރި ދަރި މުހައްމަދު އަސްލަމް އިއްތިހާދަށް ބައިއަތު ހިފާ އިއްތިހާދުގެ ކެންޑިޑޭޓް އެންޑޯޒް ކުރައްވައިފިއައްޑޫ އަތޮޅުގެ ފަޚުރުވެރި ދަރި، މުޙައްމަދު އަސްލަމް ވަޠަން އެދޭ އިއްތިހާދަށް ބައިއަތު ހިފާ އިއްތިހާދުގެ ކެންޑިޑޭޓް މުހައްމަދު ނަޝީދު އެންޑޯޒް ކުރައްވައިފިއެވެ. އައްޑުއަތޮޅުގައި ރޭ ބޭއްވުނު އިއްތިހާދުގެ ޖަލްސާއެއްގައި ރަސްމީ ގޮތުން މުހައްމަދު ނަޝީދު އެންޑޯޒް ކުރެއްވުމަށް ފަހު ޖަލްސާގައި ޖޯޝާއި އުއްމީދުން ފުރިފައިވާ ބަސްތަކުން އައްޑުއަތޮޅުގެ ރައްޔިތުންނާއި މުޚާތަބު ކުރެއްވިއެވެ. އަދި މައުމޫނުގެ ވެރިކަން ވައްޓާލުމަށްޓަކައި ހުރިހާ ސިފައެއްގައި އިސްލާހަށް މަސައްކަތް ކުރެއްވުމުގައި ސާބިތުވެ ހުންނެވި ކަމުގައި ޔަގީންކޮށް ދެއްވިއެވެ. އިތުރަށް ވިދާޅުވޭ |
ޑރ. ރާޒީ ވަޠަން އެދޭ އިއްތިހާދުގެ ކެންޑިޑޭޓް އެންޑޯޒް ކުރައްވައިފިމުޅިގައުމުވަނީ އުފާވެރި ފަތިހަކަށް އަލި ވިލުމުގެ އުއްމީދުގައެވެ. ދިވެހިރައްޖޭގެ ރައްޔިތުންގެ 60 ޕަސަންޓް މީހުން ރައީސް މައުމޫނަށް ނޫނެކޭ ބުނުމުން ރަސީސް މައުމޫނުގެ ވެރިކަމަށް ނިމުމެއް ގެނެސް އޭނާ ވައްޓާލުމުގެ ހިތްވަރު މުޅިގައުމުގައި ވަނީ 10 ގުނަ އިތުރު ވެފައެވެ. އިސްލާހަށްޓަކައި ހެޔޮ ބަދަލަކަށް އެދި މަސައްކަތް ކުރާ ދިވެހިދަރީން ވަނީ އިންތިޙާބުގެ ފުރަތަމަ ބުރުގައި މައުމޫނަށް ނޫނެކޭ ބުނި މީހުންގެ ތެރެއިން ކޮންމެ މީހަކު އެކަކު އަނެކަކުގެ ކިބައިން ހިތްވަރު ލިބިގެންނެވެ. އިތުރަށް ވިދާޅުވޭ |
| ހާމަ ނޫސް
ޣަނީމާ މުދާހެން ސަރުކާރުގެ ބާރުތައް ބަހާލުމުގެ ފުރުސަތު މައުމޫނަށާއި ޔާމިންނަށް ނުދެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ގޮވާލައްވައިފިޤާސިމްގެ ވާހަކަފުޅުގައި، ޣަނީމާ މުދާހެން ސަރުކާރުގެ ބާރުތައް ބަހާލުމުގެ ފުރުސަތު މައުމޫނަށާއި، ޔާމީނަށް ނުދެއްވުމަށާއި، އަދި ވޯޓު ދިނުމަށް އެދި ބައެއް ރައްޔިތުންނަށް ވަގުނޫޓު ބަހަމުންދާކަންވެސް ފާހަގަކުރެއްވިއެވެ. އެފަދަ ފައިސާގައި ނުހިފުމަށާއި، އެތަކެތީގައި ހިފައިފިނަމަ ކުށްވެރިވާނީ އެނިކަމެތި ރައްޔިތާކަމަށްވެސް ގާސިމް ވިދާޅުވިއެވެ. އިތުރަށް ވިދާޅުވޭ |
| ޖަޒީރާ އޮޑިވެރިޔާއަށް ވަރިހަމަނުވެ މިފްކޯގެ ކެޔޮޅުން ފަޅުވެރިންނާ އެއްކޮޅަށްގައްޔޫމްބޭ އެއްގަމަށް އެރިއިރު މުޅިމީހާ ވަނީ ދާހިތްލާ ފޯވެފައެވެ. ދެބުމަ ހުރީ ގޮށްޖެހިފައެވެ. ތަލިން ކުޅުހިކި ކަރުވަނީ ހިކިކުރޮޅި ވެފައެވެ. އިތުރަށް ވިދާޅުވޭ |
މި ވީޑިޔޯއިން ތިޔަ ފެންނަނީ ގޮޅާބޯ މިދިޔަ ހަފްތާ ނިމުނުއިރު އޭނަގެ ކެމްޕޭނުން ދެއްކި ކުލަގަދަ 'ގޮޅާ' ދީން އާ އުސްމިނަކަށް ގެންދާ ވަރަށް ކަސްބީ ނެށުމެއް If the video
has not loaded within 20 seconds, please Click
Here to download the latest version of Adobe's Flash Player.
|
މިފަދަ މީހަކަށް ވޯޓުލާން ހެޔޮވާނެބާ؟އަލްއަޒުހަރު ޔުނިވަރސިޓީން އިސްލާމީ ޝަރީޢާ އިން ޑިގްރީ ޙާޞިލްކޮށް ރާއްޖެއަށް ވަޑައިގެންނެވުމަށް ފަހު އޭރު ދިވެހިރާއްޖޭގެ ރައީސަކަށް ހުންނެވި އިބްރާހިމް ނާސިރަށް ފާޑު ކިޔައި ވެރިކަމާ އިދިކޮޅު އެތައް ޙަރަކާތްތަކެއް ހިންގައި ދިވެހި ރައްޔިތުންގެ ސިކުނޑިތަކަށް ސަވާރުވެ، ހަތިޔާރު ހިފައިގެން ހުރެ ވެރިކަމުގެ ހުވާކޮށް، ޢާއިލީ ޚުދުމުޚްތާރު ވެރިކަން ޙިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި އިސްލާމްދީނުގެ ޙުކުމްތައް އޮޅުވާލައި، ފުރައްސާރަކޮށް ފާޅުގައި އެޙުކުމްތަކާ އިދިކޮޅަށް ޙުކުމްކޮށް، އެއްޖިއްސުން ޖިންސީގުޅުން ހިންގާ ޔަހޫދީ ފިރިހެނެއް ރުއްސުމަށްޓަކައި މި ތާހިރު ދިވެހި ފަސްގަނޑުގައި ބޮޑު ބުދެއް ބަހައްޓާ، ސްކޫލްކުދިންތަކެއް ލައްވާ ތިމާއަށް ސަޖިދަ ޖައްސުވާ، އިސްލާމްދީނުގެ އުޞޫލުތަކާ ޚިލާފަށް އަންހެނުނ އިތުރަށް ވިދާޅުވޭ |
Friday 24 October 2008
މާލޭގައި އިއްތިހާދުގެ ފަރާތުން ވަޠަން އެދޭގޮތަށް ލޮރީ ބުރެއް ޖަހައިފިކަސްޓަމްސް ސަރަހައްދުން މިއަދު ހަވީރު 5.30 ގައި ވަރަށް ވަރުގަދަ ރޫހެއްގައި ވަޠަން އެދޭ އިއްތިހާދުން ވަޔަން އެދޭ ގޮތަށް ލޮރީ ބުރެއް ބާއްވައިފިއެވެ. އެތަކެއް ހާސް މީހުން މަގުތަކަށް ނުކުމެ މިލޮޜީ ބުރުގައި ބައިވެރިވެ އިއްތިހާދުގެ ތީމް ލަވަ ކިޔަމުން ގެންދިޔައެވެ. އުއްމީދާއި ޖޯޝުން ފުރިފައިވާ ރައްޔިތުން މިލޮރީ ބުރުގައި ބައިވެރިވެ ވަޠަން އެދޭގޮތަށް ފައިހަމަކުރަމުން ދިޔަ އިރު ހިތަށް ވަދެގެން ދިޔައީ ދިވެހި ގައުމުގެ ހިތް މުލުން ލުހިގެން އައިހެންނެވެ. |
އައްޑު އަތޮޅު ހިތަދޫގައި ވަޠަން އެދޭގޮތަށް ހިނގާލުމެއް ބާއްވައިފިދިވެހިރައްޖޭގެ ފަޚުރުވެރި އަޑޫ އަތޮޅު ހިތަދޫ
ރައްޔިތުން ވަޠަން އެދޭގޮތަށް އިއްތިހާދުގެ ފަރާތުން ހިތަދޫގައި
ހިނގާލުމެއް ބާއްވައިފިއެވެ. މިހިގާލުމުގައި ދެ ޖިންސުގެ ވަރަށް
ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައިވެއެވެ. މިހިގާލުމުގައި ގިނަ
އަދަދެއްގެ މީހުން ބައިވެރިވަނ ބޭނުޔން ވިކަމުގައި ވީނަމަވެސް ހިނގާލުން
ބޭއްވުމަށް ނިންމާފައިވާ ހިސާބު ދިގުކަމުން، ހިންގާލުން އިންތިޒާމުކުރި
ފަރާތްތަކުންވަނީ އުމުރުން ދުވަސްވީ މީހުންނާއި، އެކިގޮތްގޮތުން
ނުކުޅެދިދާނެކަމަށް ފެންނަ މީހުން ހިނގާލުމުގައި ބައިވެރި ނުކުރުވާފައެވެ.
މިހިނގާލުމުގައި ގާތްގަނޑަކަށް 600 މީހުންނަށް ވުރެ ގިންމީހުން ބައިވެރިވެފައިވެއެވެ.
|
Reeko Moosa’s famous speech at ViliMale’ rally this week
MDP senior member and MP for Laamu Atoll, Reeko Moosa gave a rousing speech at the rally held in ViliMale' by the Wathan Edhey Gothah coalition earlier this week. In the speech he explained how the regime of dictator Gayyoom had tortured him like many others and talked about the failures on Gayyoom's government in all areas such as social services, economy, social security and house. He urged people to vote for the coalition candidate Mohamed Nasheed and said that the oppression will continue unless this regime is changed. Watch the videos
އިލްޔާސް ހުސައިން އިބްރާހީމް ރައީސްއޮފީހުގެ 2007 ވަނައަހަރުގެ އަހަރީއޮޑިޓްރިޕޯޓަށް ބަލާލުމެއް- 3އޭ! މަގޭލޮބުވެތި ރައްޔިތުންނޭވެ! ދަންނާށެވެ! ކުރިން ދެންނެވި ގޮތްތަކުގެ އިތުރަށް ސީދާ، ރައީސްމައުމޫނުގެ އޮފީހުގެ ބަޖެޓުންވެސް ލޯނުދޫކުރައްވާފައި އެބަހުއްޓެވެ. އެންމެ ހިތާމަވެރި ކަމަކީ، މިފަދަލޯނުތައް ރައްޔިތުންގެ ފައިސާއިން، ނަގުދުފައިސާ ބައްސަވާއި ދޫކުރެއްވިއިރު، އެއްވެސް ފައިދާއެއްނުލައި އެއްވެސްކަހަލަ އިންޓަރެސްޓެއްނެތި ދޫކުރައްވާފައި ވާތީއެވެ. ރައްޔިތުންގެ ފައިސާއިން މުއާމަލާތެއް ކުރެވެންޖެހޭނީ ވިޔަފާރި އުސޫލުންނެވެ. ފައިދާއެއް ވާގޮތަށެވެ. އަދި މިފަދަ ވިޔަފާރިއެއް ކުރެވެންޖެހޭނީ ރައްޔިތުންނަށް ފައިދާ ހުރިގޮތަށެވެ. އެނޫންގޮތަކަށް ހަމައެކަކަށްވެސް ރައްޔިތުންގެ ފައިސާގައި އަތްލެވިގެން ނުވާނެއެވެ. 2003 ން 2006 ވަނައަހަރުގެ ނިޔަލަށް ރައީސް މައުމޫނުގެ އޮފީހަށް ދޫކުރައްވާފައިވާ ބަޖެޓުން އެއޮފީހުގެ ބައެއް މުވައްޒަފުންނަށާއި ރައީސް މައުމޫނުގެ ސަރުކާރުގެބައެއް އިސް މަވައްޒަފުންގެ ތެރެއިން ހަތްމީހަކަށް 2.1 މިލިޔަން އިތުރަށް ވިދާޅުވޭ |
ޑީ.އާރް.ޕީ ގެ އައު އުސްމިން އަލްހާން އާއި އޭނާގެ ބައްޕަ މާލޭ ފަހުމީގެ ކަރުސަތު ނާމާވެރިކަމުގައި ބޫތުކައިފައިވާ މައުމޫނު އާއުސްމިންތަކަކަށް ހިއްލުމަށް ޓީ.ވީ އަށް އަރައިގެން މިއުޅޭ އަލްހާން ފަހުމީއަކީ އައްޑު އަތޮޅު ފޭދޫ ގެދަރުގޭ މަރިޔަމް މަނިކެގެ ދެވަނަ ކައިވެންޏަށް ލިބިފައިވާ ދަރިއެކެވެ. މީނާގެ ބައްޕައަކީ މ. ފިނިވާގޭ މުޙައްމަދު ފަހުމީ، ޢާއްމު ނަމުންނަމަ މާލޭ ފަހުމީ ކިޔާމީހެކެވެ. މިމާލޭ ފަހުމީއަކީ، މީނާގެ ނުލަފާކަމާއި ޖައްބާރުކަމުން މީނާގެ މަންމަ ވަރަށްރުޅިއަރާ ދަރިއެކެވެ. އެހެންކަމުން މާލޭގައި އުޅެވެންނެތިގެން، އިގިރޭސިން އައްޑޫގައި އުޅުނު ދުވަސްވަރު ގޮސްފުންމާލީ އައްޑުއަތޮޅު ހިތަދުއަށެވެ. ހިތަދޫގައި އުޅުނުއިރު ސ. ހިތަދޫ ޢަންދަލީބުގޭ މަރިޔަމް ދީދީ އާއި މީނާކައިވެނި ކުރިއެވެ. މީނާއަކީ ހައްދަވައިގެން އެއްވެސް މަސައްކަތެއް ކުރާ މީހެއްނޫނެވެ. އުޅެމުންދިޔައީ މަރިޔަމް ދީދީގެ ބައްޕަ ކާންދިނީމާ ކައިގެން، އަތޮޅު އޮފީސް ދޮށަށްގޮސް އެތާގައި އަނގައަރުވާ އަތޮޅުގެ ބޮޑެތި މީހުންނާއެކު ޓޭބަލް ޓެނިސް ކުޅެލާ (އައްޑޫގައި ޓީ.ޓީ ފަށައިގަތް ދުވަސްވަރު)، ބޮޑެތި މީހުންގެ ގޭގެއަށް (ތުއްބީގެ ޢަލި ދީދީގެ، ތުއްބީގެ މުހައްމަދު ދީދީގެ، މަދަރުސާދޮށުގެ) ބޭނިގަނެގެންނެވެ. އިތުރަށް ވިދާޅުވޭ |
ތަކްބީރުގެ އަޑުން އައްޑޫ އަތޮޅު ގުގުމަނީ..މި އަނިޔާވެރިކަން ނިމޭތޯ މިވަޠަންގެ ދަރިން މިކުރާ މަސައްކަތަށް ނަޞްރު ހޯދުމަށް ކުރެވެމުންދާ މަސައްކަތުގައި މިރޭ އައްޑު އަަތޮޅުގައި ތަކްބީރު ކިޔުމާއެކު ދުޢާކުރަން ފަށައިފިއެވެ. މިކަމުގައި ގިނަ ޢަދަދެއްގެ ބަޔަކު ނުކުމެ ބިގަރުތައް ހިފައިގެން ތަކުބީރު ކިޔަމުން ރަށުތެރޭގައި ހިނގާފައިވެއެވެ. ބޮޑެތި މުޞީބާތްތައް ފިއްލަވާތޯ ﷲ ޙަޟްރަތުގައި ދުޢާކުރުމަށްވުރެ އައުލާކަން ބޮޑުވެގެންވާ އެއްކަމެއްވެސް ނުވެއެވެ. މިއަދު ދިވެހި އުއްމަތަށް ދިމާވެފައިވާ މުޞީބާތުން މިޤައުމު ސަލާމަތް ކުރައްވާތޯ ހަމަ ކޮންމެ މީހަކުމެ މިގޮތަށް ދުޢާކުރަންވީއެވެ. އޭ މިހިރަ ނުބައިކަން ގަދަވެގެންވާ ވެރިޔާއެވެ. ކޮންމެ ކަމަކަށްވެސް ފެށުމެއް ވާފަދައިން ކޮންމެ ކަމަކަށްވެސް ނިމުމެއްވެއެވެ. ކޮންމެ ކަމަކަށްވެސް ﷲ ކުޅަދުންވަންތައެވެ. |
ދިވެހި ދައުލަތް ތިލަޔެއްގެ މިޔަމަތީގައިރާއްޖޭގެ އިގްތިސޯދުގައި ދަތުރުކުރާ ފައިސާގެ އަދަދަކީ އެއްވެސްމީހަކަށް ފަސޭހައިން ލަފާކޮށްލެވޭނެ އަދަދެއްނޫނެވެ. އެހެނަސް އަތްމައްޗަށް ފައިސާ އެރުން ހުއްޓުނީމާ ނުވަތަ މަޑުޖެހެލީމާ ވަގު ނޫޓު އަތަށް އަރަންފެށީމާ ކޮންމެ މީހަކަށްވެސް އާދަޔާ ޚިލާފުކަމެއް ހިނގާކަން އިހުސާސް ވާނެއެވެ. އިތުރަށް ވިދާޅުވޭ |
އިސްލާމްދީނއަކީ ޖެނެރަލް މައުމޫނުގެންގުޅޭ ހަތިޔާރެއްކަމަށް ނުހަދާށެވެ.ދިވެހި ރާއްޖެއަކީ 40 އިންސައްތަ މުސްލިމު ޤައުމަކަށް
ވީބާއެވެ.؟ |
101 East - Maldives president - Oct 23 - Part 2
101 East - Maldives president - Oct 23 - Part 1
Recent Archives (It may take a while to load these pages depending on your speed, please be patient)
Disclaimer
Views expressed in this website are that of the people who choose to contribute
to and does not necessarily reflect that of New
Dhivehi Observer,
unless it is attributed to us directly. Some comments and articles maybe
edited for clarity. Please use decent language and do not incite violence
in your message. We would edit out any calls for violence in all material.
Freedom of expression : Constitution of the Maldives - Chapter II
- Clause 25.
Every citizen shall have the freedom to express his
conscience and thoughts orally or in writing or by other means, unless prohibited
by law in the interest of protecting the sovereignty of the Maldives, of
maintaining public order and of protecting the basic tenets of Islam.
New
Dhivehi Observer is an independent online news service
on matters relating to the Maldives. Commercial use prohibited on all material
published on this site without prior written permission. To contribute please
send the material by email to the editorial board
