Advertisement

Please click here to download the required font package to view this site properly

Thurday 23 October 2008

ޤުރުއާން ތަރުޖަމާ ކުރުމުގައި ހިތުދަސް ކަމަށް ބުނެ ދޮގު ހެދީ..

If the video has not loaded within 20 seconds, please Click Here to download the latest version of Adobe's Flash Player.

ޑީއާރުޕީ އިން ނޫސްވެރިންނަށް ބަވާލަނީ

If the video has not loaded within 20 seconds, please Click Here to download the latest version of Adobe's Flash Player.

ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) - ކުރު ތަޢާރަފެއް

ތިރީގައި މިވަނީ މާޗް 2004 ގައި އިނގިރޭސި ވިލާތުގެ ސިޔާސީ ހިމާޔަތަށް އެދި މުޙައްމަދު ނަޝީދު ހުށަހެޅި ރިޕޯޓްގެ ދިވެހި ތަރުޖަމާއެވެ.

ތަޢާރަފް

1- އަޅުގަނޑު މިބަޔާން މިލިޔެނީ އަޅުގަނޑު ދިވެހިރާއްޖެއާއި އަދި އޭގެ ފަހުން ސްރީލަންކާ، މިދެގައުމު ދޫކޮށް ފިލާންޖެހުނު ސަބަބުތައް ބަޔާންކޮށް، އޭގެ އަލީގައި އަޅުގަނޑު މިވަގުތު އިނގިރޭސި ވިލާތުގެ ސިޔާސީ ހިމާޔަތަށް އެދޭ ސަބަބު ބަޔާންކުރުމަށެވެ. އިތުރަށް ވިދާޅުވޭ

ސަންދާނު 85ވަނަ ޢަދަދުން

ބޭ އިންސާފުގެ ދެތިންބަހަކުން އަންނިގެ ސަޕޯޓް ވައްޓައެއް ނުލެވޭނެ!!

ދިވެހި މުޖުތަމަޢަށް ފެތުރިފައިވާ ޚުދުމުޚުތާރިއްޔާ ނައްތާލުމަށްޓަކައި، ދިވެހި ޤައުމުގެ މިނިވަންކަމާއި ޑިމޮކްރަސީއަށްޓަކައި، ދިވެހި ރައްޔިތުންގެ ހަމަހަމަކަމަށްޓަކައި، މުޙައްމަދު ނަޝީދު އަންނި ކުރައްވާފައިވާ އަދި ކުރައްވަމުންދާ ބުރަ މިންނަތް މަސައްކަތާއި، ޤުރުބާނީއަކީ ދެމީހަކު ދެބަސްވާނެކަމެއް ނޫނެވެ. ހަމައެކަނި ދުލާއި ޤަލަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ބެލިޔަސް، ހަމައެކަނި އިޙުސާސްތަކާއި ފިކުރުތައް ނެރެހާމަކޮށް އެކަކު އަނެކަކަށް ޙިއްޞާކުރުމުގެ ފުރުޞަތަށް ބެލިޔަސް އެންމެރަނގަޅެވެ. އިތުރަށް ވިދާޅުވޭ

anni

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް އަންނި ނުހޮވާންވީ ސަބަބެއް ނެތެވެ

މީލާދީ ވިހިވަނަ ޤަރުނާއި، އެކާވީސްވަނަ ޤަރުނު ގުޅާލަމުންއައި ތިރީސް އަހަރު ދުވަހު، ހުސް މުސްލިމުންގެ ކުޑަކުޑަ ދިވެހިރާއްޖެ ސިޔާސީ އިޖުތިމާޢީ ހުރަގެއަކަށް ހެދި ޑިކްޓޭޓަރޝިޕް ވައްޓާލުމުގެ ކަމަރު ބަނީ، މުޙައްމަދު ނަޝީދު (އަންނި) ފިޔަވާ ދެވަނަ މީހެއްނޫނެވެ. އެއީ، ތިންުލައްކަޔާ ގާތްކުރާ ދިވެހި ރައްޔިތުންގެ ތެރެއިން ހަމަ އެކަކަށްވެސް ލާންކެރުނު ނޭވާއެއް ނޫނެވެ. އެކި ސިފަސިފާގައި، ހައްޔަރުވަމުން، ބަންދުވަމުން، ދެކޮޅަށް ދެމެމުން، ތެޅެމުން ސުންނާފަތިވަމުން، ޤައުމަށްޓަކާ ވަޠަނަށްޓަކާ، ޤައުމިއްޔަތުގެ ރޫޙު އުފުލާލަމުން، ތާރީޚަށް އަންނި ގެނެސްދިން ބަދަލުތައް މިއަދުގެ ތަޞައްވުރުގައި އެހެރީ ވިދަވިދައެވެ. “ސަންގު” ނެރުން ކަމަށް ވިޔަސް ވަރިހަމައެވެ. ސްރީލަންކާގައި، އެމް.ޑީ.ޕީގެ ބިންގާއެޅުން ކަމަށްވިޔަސް އެންމެ ރަނގަޅެވެ. އިނގިރޭސި ވިލާތަށް އަމިއްލަޔަށް އަރުވާލެވުން ކަމަށްވިޔަސް މައްސަލައެއްނެތެވެ. ސަގަރޭ ޕާކުގެ ވައްބުރުގައި އޮގަސްޓް ބާރަތޭރަ ހަނދާން އާކުރުމުގެ ސަބަބުން “ޓެރަރިސްޓަކަށް ވުން” ކަމަށްވިޔަސް ފަރުވާލެއްނެތެވެ. ޑިމޮކްރަސީގެ ފަސްއަކުރު ދިވެހި ބިމުގައި ކިތަންމެ ފަނޑު ގޮތެއްގައި ނަމަވެސް ފުރަތަމަ ފަހަރަށް ލިޔެލި ޒަޢީމަކީ އަންނިއެވެ. “ދަގަނޑު ދަހަނާ” ގެ އިތުރަށް ވިދާޅުވޭ

minivan

ހޭނާރާ ޖަހަނީ މަރުފަލިތާ ބޮނޑިބޯން...

މިއީ ޒީރޯ ޑިގްރީ ގެ މަޝްހޫރު ފްލޫ ނާޝިދު ކިޔާފަވާ ލަވައެއް ނޫންހެއްޔެވެ. މިއަދު ނާޝިދު އެކީ ލަވަޔާ އެއްގޮތަށް އޭނާއެދަނީ ކަންކުރަމުންނެވެ. ނާޝިދުއެވެ. ހަމަ އައްސަރިބަހާ ސާބަހެވެ. 30 އަހަރުގެ ޚުދުމުޚުތާރު ވެރިއަކާ އެއްކޮޅަށް ނުކުމެ ތިހަމަ މަރުފަލި ޖަހަނީއެވެ. ނާޝިދުގެ ލަވަ އަޑުއަހާލީމާ މިއަދު އަންނަނީ ހިންޏެވެ. " ހޭނާރާ ޖަހަނީ ..މަރުފަލިތާ ބޮނޑިބޯން.. ނޭނގޭތީ ތާއޭ ދޯ އޭ ތިދަނީ ފޯރީގާ..." ތިމާއަށް ލިބުނު ރީތި ނަމައިގެން ނުހުރެވުނެވެ. މިއަދު ނާޝިދު މަރުފަލި ޖެހިޔަކަސް ތިޔަ ފަލީގައި ހިފައިގެން ނުކުންނާކަށް މިޤައުމުގެ ޒުވާނުން ނެތްކަން ވިސްނާށެވެ. ނާޝިދުގެ މިއުޒިކް ކެރިއަރ އާ ހަމަ އެންމެ ގުޅެނީ ގޮޅާގެ 30އަހަރުގެ ޚުދުމުޚުތާރު ވެރިކަމާއެވެ. މިކަމާމެދު އެންމެންވެސް ވިސްނާލާށެވެ. މި ދެކަމާ ގުޅުން ހުރި ގޮތްތައް ވަރަށް ރަނގަޅަށް އެނގޭނެއެވެ. ނާޝިދޫއެވެ. ހޭނާރާ ހަމަ ތިޖެހެނީ މަރުފައްޔެވެ. މިފަހަރު ބޮނޑިބޯށެވެ.

އިލްޔާސް ހުސައިން އިބްރާހީމް

ރައީސްއޮފީހުގެ 2007 ވަނައަހަރުގެ އަހަރީއޮޑިޓްރިޕޯޓަށް ބަލާލުމެއް- 2

ފަހެ، ދަންނާށެވެ! މިދުވަސްވަރު މިފަދަމުހިންމު ރިޕޯޓަކަށް އަލިއަޅުވާލުމަކީ، ވަރަށްބޭނުންތެރި ޒަރޫރީކަމެކެވެ. މިރިޕޯޓަކީ "ޓައިމްބޮމެއް" ކަމުގައި ރައީސް މައުމޫނުވަނީ ވިދާޅުވެފައެވެ. އަދި މިއަދުންފެށިގެން (2008 އޮކްޓޯބަރ 22) އޮޑިޓަރ ޖެނެރަލް އޮނަރަބްލް އިބްރާހީމް ނައީމް މ.ރަންދޯދި އޭނާގެ މަގާމުން ވަކިކުރުމައްޓަކައި ފިނޑި މަސައްކަތްތަކެއް ސިޔާސީދެޕާޓީ ކަމުގައިވާ ޑީއާރުޕީއާއިޕީއޭ ގުޅިގެން ފަށައިފިއެވެ. އޮޑިޓަރ ޖެނެރަލްގެ މައްޗަށް މަގާމާއެކަށީގެން ނުވާގޮތަށް އަމަލު ކުރައްވާފައިވާ ވާތީއޭބުނެ ތާކުންތާކުނުޖެހޭ ދޮގު ތުހުމަތުތަކެއް ކޮއްގެންނެވެ. މިމައްސަލަ ރައްޔިތުންގެ މަޖިލީހަށް އެދެޕާޓީން ހުށަހެޅީ އެދެޕާޓީއަށް ނިސްބަތްވާ 19 މެންބަރުން ސޮއިކޮށް، ގާނޫނުއަސާސީގެ 218 ވަނަމާއްދާގެ ދަށުންކަމަށް ހާމަކުރަމުންނެވެ. ފަހެ، މިއީ ވަރަށް ހެއްވާކަމެކެވެ. ސިޔާސީ ކުލަޖެހިފައިވާ ޒާތީކަމެކެވެ. ރިޕޯޓް އެކުލަވާލައްވާނެ މިންވަރަކާއި ރިޕޯޓުގެ ރަހައާއިވަސް މީރުކުރައްވާނެ އިތުރަށް ވިދާޅުވޭ

Wednesday 22 October 2008

އަވަސް ޚަބަރު

މިރޭ 8:45 ން ފެށިގެން ދަރުބާރުގޭގައި އާއުސް މިންތަކަށް ޤައުމު ގެންދަން އުޅޭ ގޮޅާބޯގެ ބައްދަލުވުމެއް އެބަ ހިނގަމުންދޭ. މިބައްދަލުވުމަށް ގޮވާލާފައިވަނީ މާލޭގެ ސްކޫލްތަކަށް ނިސްބަތްވާ ވެރިންނާ، ޕްރިންސިޕަލުންނާ އަދި އެސިސްޓަންޓް ޕްރިންސިޕަލުންނަށް. އެހެންނަމަވެސް މާލޭގެ އެންމެ މުހިންމު އެއް ޕްރައިމަރީ ސްކޫލްގެ ޕްރިންސިޕަލްއަށް މިބައްދަލުވުމަށް ދަޢުވަތު ނުދޭކަން ފާހަގަކުރެވޭ.. ގޮޅާބޯގެ މިބައްދަލުވުމުގެ ޚަބަރުތައް ނިވް ދިވެހި އޮބްޒާވަރ އިން މިދަނީ ބަލަމުން.. އެންމެހާ ސްކޫލްކުދިންގެ ބެލެނިވެރިންނޭ!! ސަމާލުވެ ވަޑައިގަންނަވާ!!

މުހިއްބުއްދީން ސްކޫލުގެ ސުޕަވައިޒަރެއް މާތް ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމްއަށް ފުރައްސާރަ ކޮށްފިކަމަށް ޢަދާލަތުޕާޓީން ބުނެފި

އައްޑު އަތޮޅު ހިތަދޫ މުހިއްބުއްދީން ސްކޫލުގެ ސުޕަވައިޒަރެއްގެ މަޤާމު ފުރަމުންގެންދާ އިންޑިޔާގެ ރައްޔިތެއްކަމަށްވާ ރާޖްކުމާރު މާތް ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމްއަށް ފުރައްސާރަ ކޮށްފިކަމަށް ޢަދާލަތުޕާޓީން ބުނެފި.

ޢަދާލަތު ޕާޓީގެ ރަސްމީ ވެބްސައިޓްގައިވާ ލިއުމެއްގައިވަނީ މުހިއްބުއްދީން ސްކޫލުގެ ގްރޭޑް ހަތެއްގެ ދަރިވަރުންނަށް ދިން އެންޓްރީ ޓެސްޓެއްގައި ސޯޝަލްސްޓަޑީޒް މާއްދާއިން ކޮށްފައިވާ ސުވާލެއްގެ ޖަވާބު ދީފައިވާގޮތާދޭތެރޭ އޭނާނުރުހޭތީ މާރކްސް ކެނޑުމަށްފަހު އެކުދިންނާއިދިމާއަށް މާތް ރަސޫލާއަށް ނިސްބަތްކޮށް ވަރަށް ހުތުރުބަހުން އެއްޗެތި ކިޔާފައިވާކަމަށް.

މިފަދަ މީހުންގެ މައްސަލަ އެޑިއުކޭޝަން މިނިސްޓްރީއަށް ރިޕޯޓްކުރާކުދިންނަށް އަދަބުދީ އެފަދަ ކުދިންގެ ބެލެނިވެރިންނާއިމެދު ސަރުކާރުން ނަފްރަތުގެ ނަޒަރުން ބަލަމުން ގެންދާކަމަށާއި ރާޖްކުމާރުފަދަ އެތައް ބަޔަކު ރާއްޖެގެނެސް ދިވެހި ދަރިންގެ ހިތްތަކުން އިސްލާމްދީނުގެ އަސަރު ފުހެލައި މާތްރަސޫލާއާއިމެދު ނަފްރަތު އުފައްދަމުން ގެންދާ ގެންދިއުމަކީ މައުމޫނު އިސްލާމުންދެކެ ރުޅިއަރާކަމުގެ ދަލީލެއްކަމަށްވެސް ޢަދާލަތުގެ ލިއުމުގައިވޭ

ވަތަން އެދޭ ގޮތަށް ކެމްޕޭންގެ ފަރާތުން ރޭ ހުޅުވި ފަސް ޖަގަހައިގެ ތެރެއިން އެއްޖަގަހައަށް ގެއްލުންތަކެއް ދީފި

ވަތަން އެދޭގޮތަށް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަން ނިންމާލުމަށް ހިންގަމުންދާ ކެމްޕޭންގެ ފަރާތުން ރޭ މާލޭގައި ހުޅުވި ފަސް ޖަގަހައިގެ ތެރެއިން އެއް ޖަގަހައަށް ރޭ ފަތިހުގެ ވަގުތެއްގައި ގެއްލުންތަކެއް ދީފިއެވެ.

ރޭ ހުޅުވުނު ޖަގަހަތަކުގެ ތެރެއިން ގެއްލުން ދީފައިވަނީ ހެންވޭރު ކަށިމާ ހިނގުމުގައި ހުޅުވި އެވާރ ޗާންސް ޖަގަހައަށެވެ. އެޖަގަހައިގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން މައުލޫމާތު ދޭ ގޮތުގައި ސައިކަލްތަކެއްގައި ވަޅި އާއި ކަނޑި ހިފައިގެން އައި ހަމީހަކު މިޖަގަހައިގައި ނަގާފައި ހުރި އިއްތިހާދުގައި ހިމެނޭ ޕާޓީތަކުގެ ދިދަތައް ކަނޑާލުމަށްފަހު އެތާ ދަމާފައި ހުރި ފޮތިތައްވެސް ވީދާލާ ހިފައިގެން ދިޔައީއެވެ. އަދި އެތާނގައި ގާޑަކަށް ހުރިމީހާ “އަގައިން ބުނެފިނަމަ ކޮށާލާނަމޭ” ކިޔާ ބިރުދައްކާފައިވާކަމަށްވެސް އެފަރާތުން ހާމަކުރެއެވެ.

އެވާ ޗާންސް ޖަގަހައިގެ އިތުރުން ރޭ ހުޅުވާފައިވަނީ ހެންވޭރު ޖަނަވަރީ ހިނގުމުގައި ހުޅުވުނު ގައުމީ ޖަގަހަ، ސޯސަން މަގުގައި ހުޅުވުނު ސޯސަން ޖަގަހަ އަދި ގަލޮޅު ފާށަނާކިލެގެފާނު މަގުގައި ހުޅުވުނު ނަމޫނާ ޖަގަހަ އަދި މާފަންނުގައި ހުޅުވުނު މިރިޔާސް ޖަގަހއެވެ. . މިދެ ޖަގަހަ ހުޅުވައިދެއްވުމުގައިވެސް ގުޅިފައިވާ ޕާޓީތަކުގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ. އަދި ރޭ ވަރަށް ދަންވަންދެންވެސް މި ޖަގަހަތަކުގައި އެކި ބޭފުޅުން ވާހަކަ ދައްކަވާފައެވެ.

ހިމޭން އިންގިލާބު

Chaby

މިއީވެސް އިއްތިފާގެކެވެ: އާއިލީ ވެރިކަމެއްގެ ރީތި މިސާލެކެވެ

މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ނުވަތަ އަޅުގަނޑުމެން ކިޔާ ގޮތުންނަަމަ ޗަބީއަކީ ރައީސް މައުމޫނުގެ ދޮށީ މަނިއްޕުޅު ފާރިސް މައުމޫނުގެ ކްލާސް މޭޓެކެވެ. ޗަބީގެ އަނބިކަނބަލުން އާއިޝަތު ލީލާއަކީ ރައީސް މައުމޫނުގެ އަންހެން ދަރިކަނބަލުން ދުންޔާގެ އެންމެ ގާތް އެކުވެރިޔާއެވެ. އާއިޝަތު ލީލާގެ ބޭބެ މާއްޓޭ އަކީ ޔާމިންގެ ކްލާސްމޭޓެކެވެ. މާއްޓޭ އަކީ ޕީއޭގެވެސް ބައިވެރިއެކެވެ. ވޯޓުހޯއްދަވަން ރާއްޖެތެރެއަށް ފައިސާ ބައްސަވަން ޔާމީނު ފޮނުއްވި ބޭފުޅުންގެ ތެރެއިން އެއްބޭފުޅެކެވެ. ޗަބީއާއި މާއްޓޭ އުޅުއްވަނީ މިހާރު އެއް މިނިސްޓްރީއެއްގައެވެ. އިންތިޚާބުގަ މައުމޫނު ހޮވިއްޖެ ނަމަ މި މިނިސްޓްރީވެސް އަންނާނީ ޔާމީންގެ ޕީއޭ އަށް ލިބޭ ވުޒާރާތަކުގެ ބަޔަށެވެ.

މިއީ ކިހާ ބޮޑު އިއްތިފާގެއް ތޯއެވެ. މިކަންކަން މިހެން ހުރުމާއި އެކު ޗަބީ ޓީވީ އަށް އަރާ އިންނަވައިގެން ވިދާޅުވެފަވަނީ މިފަދަ ދަނޑިވަޅެއްގައި ރައީސް މައުމޫނު ނޫން ބޭފުޅަކަށް ރައްޖޭގެ ވެރިކަމެއް ނުކުރެވޭނެ ކަމުގައެވެ. ޗަބީ އެހެން ވިދާޅުނުވާންވީ ކީއްވެތޯއެވެ. 60 ޕަސަންޓު ރައްޔިތުން ޑީއާރުޕީ އަށް ނޫނެކޭ ބުނެފަ އޮއްވާ، އެމީހުންގެ މައްޗަށް ގަދަބާރުން ވެރިކަން ކުރެވޭނީ އެޕާޓީގެ ތެރެއިން މައުމޫނު ފަދަ އަނިޔާ ވެރިޔަކަށް ނޫންތޯއެވެ. ޗަބީއަށް ސާބަހެވެ. ނަމަވެސް މަޖީދިއްޔާގެ ދަރިވަރަކަށް ވެފާ ރާއްޖޭގެ ތަޢުލީމީ ބޭފުޅުންގެ ތެރެއިން ބޭފުޅަކަށް ވާތީ ލަދުވެތި ވަމެވެ.

minivan

އައިޝާ ޝެރީން

މައުމޫނު ވޯޓު ހޯދުމަށް ދެން ކުރަންހުރި ކަންތައްތައް

30 އަހަރުގެ އަނިޔާވެރިކަން ނިމުމަކަށް އަތުވެދާނެހެން ހީވުމުން ދެން ނުކުމެ ފޫގެޅިޔަކަސް އަދި ކަމަރު ބަނަކަސް ފަރަކު ޖެހޭކަށްނެތެވެ. މަރސިޑީޒް ކާރުކޮޅު ގޭގަ ޕާކް ކޮށްފަ ނުކުމެ ޓެކްސީ ކުރާ ޑްރައިވަރުންނާ ބައްދަލުކޮށް ހަދާ ޓެކްސީ ގައި ގަނޑުވަރަށް ވަޑައިގަތުމުން ޒަޢީމުއަށް ހުރިހާ ޓެކްސީ ޑްރަިވަރުންގެ ވޯޓު ކަށަވަރު ވެއްޖަކަމަށް ހީފުޅުވެގެން އެރޭ އަވަހާރަފުޅު ލެއްޕެވޭ ވަރުވެސް ނުވެއެވެ. ދެންފަހެ މިހިރީވެސް ބައެއް މީހުން އުޅޭ ވައްތަރު ވިއްޔާއެވެ. މިހެންވެސް ވެދާނެއެވެ. މިހާރު އަނެއްކާވެސް ތުއްތު ކުދިންގެ ވިސްނުމަށް ސިކުނޑި މަސައްކަތްކުރާ ޢުމުރަށް ދިޔައިމާ މިހެންވެދާނެއެވެ. އިތުރަށް ވިދާޅުވޭ

ޖަޒީރާ

Maumoon Yameen

މައުމޫނާއި ޔާމީނުގެ އެއްބަސްވުން ގުޅިފައިވާ އިއްތިހާދުން ފަޅާއަރުވާލައިފި

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އާއި ޕީޕަލްސް އެލައިންސް (ޕީއޭ) ގެ މެދުގައި މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 1 ވީ ހޯމަ ދުވަހު ވެފައިވާ އެއްބަސްވުމެއް ގުޅިފައިވާ އިއްތިހާދުން މިއަދު ފަޅާއަރުވާ ލައިފި އެވެ. އިތުރަށް ވިދާޅުވޭ

Tuesday 21 October 2008

Adhil Saleem

ގޮޅާބޯ ރުޅިއައިސްގެން އާދިލް ސަލީމު މިފްކޯގެ މެނޭޖިންގ ޑިރެކްޓަރުކަމުން ވަކިކޮށްފި

މާލެ - އިއްޔެ މިފްކޯގެ މެނޭޖިންގ ޑިރެކްޓަރާއި އޭނާގެ ވަރަށްގިން ބައިވެރިން ވަތަން އެދޭގޮތަށް ކަންތައްކޮށް، ގޮޅާބޯއަށް ތާއީދުނުކުރުމަށް ދިވެހި މަސްވެރިންނަށާއި ޖުމްލަކޮށް އެންމެހާ ރައްޔިތުންނަށް ގޮވާލާ، އަދި ރޭގައި އާޓިފިޝަލް ބީޗުގައި ބޭއްވި އިއްތިހާދުގެ ޖަލްސާ ވަރަށް ބޮޑަށް ގޮޅާބޯގެ ސަރުކާރަށާއި އާއިލީ ވެރިކަމަށް ފާޑުކިޔައި، އިއްތިހާދުގެ ކެނޑިޑޭޓު ނަޝީދަށް ވޯޓުލުމަށް ރައްޔިތުންނަށް ގޮވާލުމާ ގުޅިގެން ގޮޅާބޯ ފަކުވެގެން ރުޅިއަރައިގަނެގެން ރޭ ދަންވަރު އާދިލަށް ޗިޓު ފޮނުވާ، ވަޒީފާއިން ވަކިކޮށްފިއެވެ. މިކަމާ ގުޅިގެން ފޯނުން ގުޅާލުމުން އާދިލު ވިދާޅުވީ މައުމޫނަށް ރައްޔިތުންގެ ހަގީގީ މިނިވަންކަން ނުވިސްނޭކަށާއި، ފާޑުކިޔުންތައް ހަޖަމު ހަމަ ނުކުރެވެނީ ކަމަށެވެ. ސަރުކާރުގެ ބޮޑެތި ކުންފުނީގެ ވެރިން ހަމަ ގަދަޔަށް ގޮޅާބޯގެ ޕާޓީގައި އުޅެ، ވަޒީފާ ވަގުތުގައިވެސް ދަނީ ގޮޅާބޯއަށް ކެމްޕޭނު ކުރަމުންނެވެ. މިސާލަކަށް އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރު އާސްތާނާ ޝުކޫރުމެންނެވެ. އެކަމަކު ގޮޅަޔަކަށް އެއީ މައްސަލައަކަށް ނުވެއެވެ. އާދިލު ވިދާޅުވީ ތިމަންގެ ނިންމުމަށް ދިވެހި މަސްވެރިން އަދި ދިވެހި ރައްޔިތުން ވަރަށް ބޮޑަށް ތާއީދުކޮށް ވަރަށް ގިނަ މެސެޖުތައް ލިބެމުން ދާކަމަށާއި، މި ގޮތުގައި ހުރެ، ހެޔޮ ބަދަލެއް ގެނައުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނޭ ކަމަށެވެ.

Golha force

މަވޯޓާ ޝަރީފް ހުތްވެފައި: މައުމޫނުގެ އައްޑޫ ދަތުރުފުޅުގެ ތެރެއިން

އިއްޔެ ނޫން އިހަށްދުވަހު ރައީސް މައުމޫން އައްޑު އަތޮޅަށް ވަޑައިގެން ކެމްޕޭން ޖަލްސާ ބާއްވަން އުޅުއްވައިގެން ޖަލްސާ ނުބޭއްވުނު ރަށަކީ އައްޑުއަތޮޅުގެ ފަޚުރުވެރި މަރަދޫއެވެ. މަރަދޫ އަކީ މަވޯޓާ ޝަރީފުގެ އަމިއްލަ ޜަށްވެސް މެއެވެ. ވަރަށް ކުޅި ދައްކާލާ ކުލަވަރު ދައްކާލައްވާނެ ކަމަށް ޑީ.އާރު.ޕީ ގެ މެމްބަރުން ގާތު ފޮނިކަނޑުވައްވަމުން އެބޭފުޅުންގެ ލޮބުވެތި ޒައީމު ގޮވައިގެން އައްޑޫއަތޮޅަށް ވަޑައިގެން އެންމެ ލަދުފުޅު ގަންނަން ޖެހުނީ މަވޯޓާ ޝަރީފްގެ އަމިއްލަފުޅު ރަށުންނެވެ. އިތުރަށް ވިދާޅުވޭ

ވަޠަންގެ އާޒުވާނުން/ ބެންގަލޫރު /މައިސޫރު

ބެންގަލޫރު މައިސޫރުގައި ވޯޓު ފޮށްޓެއް ބެހެއްޓޭފަދަ ޤާބިލުކަންވެސް ނެތް ސަރުކާރެއް..

އިންޑިއާގެ ބެންގަލޫރާއި މައިސޫރުގައި ދިރިއުޅޭ އެތައް ސަތޭކަ ބައެއްގެ އުއްމީދަކީ މިދެތަނުން ކޮންމެސް އެއްތަނެއްގައި ނަމަވެސް ވޯޓު ފޮށްޓެއް ބެހެޓޭގޮތަށް ހަމަޖެހުމެވެ. މިފަދަ އިންތިޒާމެއް ސަރުކާރުން ހަމަޖައްސަވާދެއްވާތޯ މަސައްކަތް ކިތަންމެ ވަރަކަށްވެސް ކުރެވިއްޖެއެވެ. ފުރަތަމަ ބުރުގެ ވޯޓަށްވެސް ކޮޅަކަށް 18ގަޑިއިރު ހޭދަކޮށް ދަތުރުކޮށް އެތައްބަޔަކު ވޯޓުލައިފިއެވެ. ދެވަނަ ބުރަކަށް ވޯޓުލާން ހަމަޖެހުމުން މިދެތަނުން ތަނެއްގައި ފޮށި ބަހައްޓާ ދޭތޯ ޕެޓިޝަން ހަދާ ޕެޓިޝަންވެސް ހުށަހެޅުނެވެ. އަދި މިއަދާ ހަމަޔަށްވެސް މިކަން ހަމަޖެހޭތޯ ބައްލަވަ، ބައްލަވާ ތިއްބެވީއެވެ. ވީކަމެއް ހަރާމެވެ. އިތުރަށް ވިދާޅުވޭ

އައިޝާ ޝެރީން

ވަތަންގެ އަންހެން ދަރީންނެވެ!!!

ވަޠަންގެ އަންހެންދަރީންނެވެ. އަޅުގަނޑުމެންގެ ކުރިމަތީގައި މިވަނީ ބޮޑު އިމްތިޙާން އެކެވެ. 28 އޮކްޓޫބަރުގައި އަޅުގަނޑުމެން މިނިންމާ ނިންމުމަކީ އެތައްގޮތަކުން ފިކުރު ކުރަންޖެހޭ ނިންމުމެކެވެ. އަޅުގަނޑުމެންގެ ނިންމުމަކީ މިޤައުމުގެ ނިންމުމެވެ. އެހެނީ ހަމަ ކޮންމެ ދިވެހި ދަރިއެއް އުފަންކުރީ އަޅުގަނޑުމެންގެ ތެރެއިން އަންހެނެކެވެ. އިތުރަށް ވިދާޅުވޭ

Monday 20 October 2008

ހިމޭން އިންގިލާބު

Golha Face

އައްޑު އަތޮޅުން މައުމޫނަށް ބޮޑެތި ނާކާމިޔާބީ: މީދޫ އަށް އަރާވަޑައިގަތީ ހިތަދޫ އިން އޮށްގަލާއި، ލަކުޑިބުރިބުރި ހިފައިގެން ދިޔަ 50 ޑްރަގް ޕާޓޭއިންގެ އެހީ

ސިޔާސީ ބޭނުމަކަށްޓަކައި ދުރާލާ އިމާމުވެ ނަމާދުކުރައްވަމުން ވަޑައިގެންނެވި އިސްލާމީ ގައުމެއްގެ ހަމަ އެކަނި ވެރިޔާ މައުމޫނު އަބްދުލް ގައްޔޫމު ކެމްޕޭނުގައި ދިވެހި ރާއްޖޭގެ ފަޚުރުވެރި އައްޑު އަތޮޅަށް ވަޑައިގެން ބޭޒާރުވެ ވަޑައިގަންނަވައިފިއެވެ. މަރަދޫގައި ބާއްވަން އުޅުއްވި ޖަލްސާއެއް ނުބޭއްވުނެވެ. މީދޫ އަށް އަރައި ވަޑައިގަންނަވަން ޖެހުނީ އެއަތޮޅު ހިތަދޫ އިން އޮށްގަލާއި ލަކުޑި ބުރިހިފައިގެން ދިޔަ 50 ޑްރަގް ޕާޓޭ އިންގެ އެހީގައެވެ. އިތުރަށް ވިދާޅުވޭ

ލިންކް ރޯޑް

Golha Faadhiree

މައުމޫނުގެ 30 އަހަރުގެ ދޮގުވާހަކަތަކަށް ބީރުކަންފަތެއް ދެއްވާށެވެ.

އިސްލާހު ކުރެވުނު ޤާނޫނު އަސާސީގެ ދަށުން ގެންނަންޖެހޭ އިންތިޤާލީ މަރުޙަލާ ޙިސާރު ކުރައްވައިގެން ވަގުތީ ރައީސެއްގެ ގޮޑިއަށް އަރާވަޑައިގެން ހުންނެވި މައުމޫނު ޢަބްދުލް ޤައްޔޫމްގެ ކެމްޕޭން ޖަލްސާއެއް މިދިޔަ ހޮނިހިރު ދުވަހުގެރޭ އައްޑުއަތޮޅު ފޭދޫ ސްކޫލްގެ ހޯލްގައި ބާއްވައިފިއެވެ. މިޖަލްސާގައި ވާހަކަދައްކަވަމުން، މައުމޫނު ވިދާޅުވީ، މިއިންތިޚާބުގެ ފުރަތަމަބުރުގައި އައްޑޫގެ ވަރަށްގިނަ ރައްޔިތުން ޑރ. ޙަސަން ސަޢީދަށް ވޯޓުދެއްވި ކަމަށާއި، އެއީ ވަރަށް ރަގަޅު ކަމެއްކަމަށެވެ. އިތުރަށް ވިދާޅުވޭ

From Aafathis

ދިވެހިވިންދު

Golha Dance

މައުމޫނިއްޔަ ދީނަކީ މާތްﷲ ބާވައިލެއްވި އިސްލާމް ދީނެއްނޫން!

އިތުރަށް ވިދާޅުވޭ

ޖަޒީރާ

އަދާލަތު ޕާޓީގެ ޢާއްމު ޖަލްސާއެއް ކުރިއަށް ދަނިކޮށް މީހަކު ޖަލްސާއަށް ވަދެ ޝެއިޚް އިލްޔާސަށް ހަމަލަދޭން އުޅެފި

ޝެއިޚް އިލްޔާސް ވާހަކަ ދައްކަވާ ނިންމަވާފައި ވަޑައިގެން އިށީނދެވަޑައިގެންނެވިތާ ކުޑައިރުކޮޅެއް ނުވަނީސް, ރަންނަ ބަނޑޭރިމާލަމްގެ ހުޅަނގު އިރުމަތީ ދޮރުން ވަދެގެން އައި މީހަކު ފެނުނެވެ. އަޅި ކުލައަކަށްދާ ބެނިއަންއެއް ލައިގެން ހުރި ޖާނުން ވަރުގަދަ މިމީހާ ވަދެގެން އައިތަން އެވަގުތު ޖަލްސާ ލައިވްކުރަމުން ދިޔަ ވިލާޓީވީންވެސް ދުރަށް ފެނިފައިވެއެވެ. އިތުރަށް ވިދާޅުވޭ

Election Teams

Sunday 19 October 2008

ކުއްލި ޚަބަރު

ކޮރޯނާ ޕްރެސް އިން އެމްޑީޕީ ބަދުނާމުކުރުމަށް ލާދީނީ ޕޯސްޓަރު ޗާޕުކުރާތީ އެތާ ކާރިއަށް މީހުން އެއްވެގެން އެބައުޅޭ

އާފަތިސް ނޫސް ޗާޕުކުރާ ކޮރޯނާ ޕްރެސްކާރިޔަށް ގިނަ އަދަދަކަށް ބަޔަކުއެއްވެގެން އެބައުޅެއެވެ. ޚަބަރުލިބިފައިވާގޮތުގައި އެތަނަށްމީހުން އެއްވީ އެތާނގައި ސޮލީބުޖަހާފައި ހުރި ޕޯސްޓަރުތަކެއް ގޮޅާބޯގެ ޑީއާރުޕީން އެމްޑީޕީ ބަދުނާމުކުރުމަށް ޗާޕުކުރަމުން ގެންދާތީއެވެ. އެތެރޭން ޚަބަރުލިބޭގޮތުގައިސޮލީބެއް ހިފައިގެން ދެއަންހެނުން ކައިވެނި ކުރާ މަންޒަރުފެންނަގޮތަށް ހުންނަ 10،000 ޕޯސްޓަރު ޗާޕުކުރުމުގެ މަސައްކަތް އެތާ ތެރޭގައި ކުރެވެމުން މިހާރުވެސް އެބަ ދެއެވެ. އިތުރަށް ވިދާޅުވޭ

Gul Champaa

ތިބޭފުޅުން އަތުގައި އޮތް 100 ރުފިޔާގެ ނޫޓެއް ހުޅުވާލާށެވެ. "ރިޔާ ބައްތެއްޔަކާއެކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ދިވެހިރާއްޖެ" ޖަހާފައި އިން ފުށުފައި ގަވަރުނަރުގެ ނަމުގައި ސޮއިކޮށްފައިވަނީ މައުމޫން އަބްދުލްގައްޔޫމެވެ. އޭގެ އަނެއް ފުށް ރަނގަޅަށް ބަލާލަބަލާށެވެ. އެފުށުގައި އިންނާނީ މެދު ޒިޔާރަތެވެ. އެފުށުގެ ކަނާތު ކަނުގައި ކުރަހާފައި ހުރީ ކޮން މަންޒަރެއްތޯއެވެ. އާދެ ގުލްޗަމްޕާ ދެތިން މަލާއި ހައެއްކަ އަށެއްކަ ފަތެވެ.

ޑީއާރްޕީގެ ލޮބުވެތި މެމްބަރުންނޭވެ. ތިޔަބޭފުޅުންގެ ޒައީމޭ ތިކިޔާ މައުމޫން އަބްދުލްގައްޔޫމްގެ ހަގީގަތް މިއެނގުނީ އަދި ކިރިޔާއެވެ. ވަގުންނަށް ހީވާނީ ދެންވެސް ތިބޭނީ ހުސް ވަގުންކަމަށެވެ. އަންނިގެ މަގްސަދަކީ ބުދުފައްޅި ޕްރޮމޯޓްކުރުން ނޫންކަން ކަށަވަރެވެ. ނަމަވެސް ކޮންމެވެސް ޒަމާނެއްގައި މިރާއްޖޭގައި ބުދުފައްޅި އަޅަން މައުމޫން ބޭނުންފުޅުވެގެން ގުލްޗަމްޕާމާ ރާއްޖޭގެ 100 ރުފިޔާ ނޫޓުގައި ސޮއިކުރިފަހުން އެކަން ނުވެ އޮއްވާ އަންނި އެމައު އެހެން ނިޔަތެއްގައި ބޭނުންކުރުމުން މައުމޫންގެ ހަގީގީ މަގްސަދު އަމިއްލައަށް ބުނެވުނީ ތޯއްޗެވެ.

From Miadu

ޖަޒީރާ

Quran Dhivehi Translation

މައުމޫނާއި އަންނި އިންތިޚާބާއި ބެހޭ އާންމު ޤާނޫނާއި ޚިލާފުވެފައިވާ މައްސަލަ ބެލުމަށްފަހު މިހަފްތާގައި ގޮތެއް ނިންމަވާނެކަމުގައި އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެ

އިތުރަށް ވިދާޅުވޭ

ޖަޒީރާ

Quran Dhivehi Translation

ރައީސް އޮފީހުން ބަހަމުންދާ ކީރިތި ޤުރުއާނުގެ ދިވެހިތަރުޖަމާގައި ގިނަ އަދަދެއްގެ ކުށް އެބަހުރި ކަމަށާއި އެކުށްތައް އިސްލާހް ނުކޮށް ބޭނުންކުރަން ހުއްދަނުވާނެ ކަމަށް ސަލަފުން ބުނެފި

އިތުރަށް ވިދާޅުވޭ

vagumoonu
minivan

Saturday 18 October 2008

ގޮޅާމޫނު އައްޑޫ ދަތުރު ފޮޓޯ ބައްލަވާ
Golha Golha

NDO News

anni votes

MDP coalition says govt abusing Civil Service Law

Deputy Leader of Jumhoory Party (JP) and key member of the MDP Alliance ADK Nashid have stated that MDP Alliance is receiving many complaints that the government is abusing the Civil Service Law by using civil servants in campaign activities. Read More

މިމަހުގެ 28 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލާ މީހުންގެ ރަޖިސްޓްރީ އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައި އިއްޔެ ޝާއިޢު ކުރައްވައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ފުއާދު ތައުފީޤު ވިދާޅުވި ގޮތުގައި، ވޯޓުލާ މީހުންގެ ރަޖިސްޓްރީގައި ހިމެނޭ ރަށްރަށުގެ ލިސްޓްތައް އީމެއިލް ގެ ޒަރީޢާއިންނާއި ފެކްސްގެ ޒަރީޢާއިން މިހާރު ވަނީ ރަށްރަށުގެ ރަށު އޮފީސްތަކަށް ފޮނުއްވައި ފައެވެ. މާދަމާގެ ނިޔަލަށް އެލިސްޓްތަކަށް ގެންނަންޖެހޭ އުނި އިތުރު ފާހަގަކޮށް ހުށަހަޅަން ޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅު ވިއެވެ. އިތުރަށް ވިދާޅުވޭ

ކުރިޔަށް އޮތް ތާނގައި ކެންޕެއިން ކުރުމަށް އިއްތިހާދުގެ އެކި ބައިވެރިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާނެ - ނަޝީދު

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމް.ޑީ.ޕީ ގެ ރިޔާސި ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) އަށް ތާއީދު ހޯއްދެވުމުގެ ގޮތުން، އެ އިއްތިހާދާ ގުޅިފައިވާ ފަރާތްތަކުން ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގައި އެމަނިކުފާނު ވިދާޅު ވެއްޖެ އެވެ. އިތުރަށް ވިދާޅުވޭ

Golha Faadhiree

އެހެން ހުރިހާ ޖަނަވާރުންނަށް ވުރެ، މާތް ﷲ އިންސާނާ މާތްކުރެއްވީ ވަކިސަބަބަކަށްޓަކައެވެ. ތުންތުންމަތިން އިވޭ އަޑުތަކަށް ނުވިސްނާ އަމިއްލަ ސިކުޑީގެ ބޭނުން ކުރަށްވާށެވެ.

ސްކޫލްތަކުގައި ކޮންމެ މާއްދާއަކަށް ދެވިފައިވާ ގަޑީގެ އަދަދު ބަލާށެވެ؟ ޕްރައިމަރީ ސްކޫލް އެއީ ކުއްޖެއްގެ ބިންގާ ރަނގަޅުކުރަންވީ އުމުރު ފުރައެވެ. ޕްރައިމަރީ ސްކޫލްގައި އިސްލާމް ކިޔަވާދެނީ ހަފަތާއަކު 3 ޕީރިއަޑެވެ. ޕީރިއަޑަކީ 35 މިނެޓެވެ. ކީރިތި ޤުރުޢާން ކިޔަވާދެނީ 2 ޕީރިއަޑެވެ. އެއީ ހަމައެކަނި ގްރޭޑް 1 ން 5 ކަށެވެ. އެއަށްވުރެ މައްޗަށް ޤުރުއާން ކިޔަވައެއް ނުދެއެވެ. މިއީ މައުމޫނު އިސްލާމް ދީނަށް ލޯބިކުރާ މިންވަރެވެ. އިތުރަށް ވިދާޅުވޭ

Yahhoom old

ނަސާރާ ދީނަށް އުޅުނަސް ނުބެހޭނަމޯ. ނަމަވެސް މަގޭ ވެރިކަމާ ނަމަނަމަ ނުބެހެއްޗޯ !!!

ދޮގުމައްޗަށް ދޮގުހަދާ ގޮޅާބޯ މިއޮތީ އަނެއްކާވެސް ފަޅާއަރާފައެވެ. އިސްލާމް ދީން ހިމާޔަތްކުރަން ބޭނުންނަމަ ތިމަންނާވެރިކަމުގައި ބަހައްޓާށޯ ކިޔާފައި ހޭރެމުން ދުވާއިރު މީގެކުރިން އެމީހަކު ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން އޮންނަންވާނެއޭ ކިޔާފައި ދައްކާފާއިހުރި ވާހަކަތައް މިއޮތީ ފެންނާށެވެ. ރައްޔިތުންނޭވެ! ހޭއަރާ ތިބޭށެވެ! މިސޮރު ވެރިކަމަށް އައީވެސް ދީން ހިމާޔަތް ކުރާނަމޭ ކިޔާ ބުހުތާންދޮގު ހަދައިގެންނެވެ. ގޮޅާ ވެރިކަމާ ހަވާލުވިތާ ތިރީސްއަހަރު ފަހުން ދިވެހީންގެ ދީނީ އަގީދާ ބަލިކަށިކޮއްލެވިފައި އޮތްގޮތް ނޭގޭ އެެއްވެސް މީހަކު ހުންނާނެހެއްޔެވެ! ވީއިރު އެމްޑީޕީން ނަސާރާ ދީންފަތުރާނެ ކަމަށްބުނެ އެކުޅެނީ އަހަރެމެންގެ ހިތުގެ ވިންދާ އެވެ. އެމްޑީޕީން ގޮޅަޔާ އިދިކޮޅައް ނިކުތީ ގޮޅާގެ އަނިޔާވެރި ވެރިކަން އިންގިލާބުކުރާށެވެ. ދީނީމިނިވަން ކަމާބެހޭގޮތުން ގޮޅާބޯ ކުރީގައި ދާއްކާފަައި ހުރިވާހަކަތައް އާފަތިހުން ބަލާށެވެ .

ޖަޒީރާ

Shaheedh

ދައުރުގެ މެދުތެރެއިން ރިޔާސީ އިންތިޚާބެއް ބޭއްވެވުމަށް ނިންމެވުމަކީ ޑިމޮކްރަސީގެ ލާމަސީލު ނަމޫނާއެއް ކަމަށް ޑރ. ޝަހީދު ވިދާޅުވެއްޖެ

އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ ދައުރުގެ މެދުތެރެއިން އިސްތިއުފާ ދެއްވައި އިންތިޚާބެއް ބާއްވާނެ ކަމަށް އެމްޑީޕީ ގުޅުމުގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވި ވިދާޅުވުމަކީ ޑިމޮކްރަސީގެ ލާމަސީލު ނަމޫނާއެއް ކަމަށް އަމިއްލަގޮތުން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ޑރ ހަސަން ސައީދުގެ ރަނިންގމޭޓް ޑރ އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ. އިތުރަށް ވިދާޅުވޭ

Recent Archives (It may take a while to load these pages depending on your speed, please be patient)

Free Advertising

If you have got a room, flat or house to rent, we can place an ad here for free. For more information please contact info@NewDhivehiObserver.com

Listen to DhiFM 95.2 live

Vote For Anni

ގޮޅާމޫނު ވިދާޅުވެއްޖެ

ދިވެހި ރައްޔިތުންނަށް ވެސް، ދިވެހި ރައްޔިތުން އިޚްތިޔާރުކުރާ ދީނެއްގައި ތިބުމުގެ މިނިވަންކަން އޮންނާނެކަމަށާއި، އެމިނިވަންކަމާއި އެއްވެސް ބަޔަކަށް ނުބެހެވޭނެ ކަމުގައި ގޮޅާމޫނު ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫނަކީ ކާކު؟

އޭނާ އަކީ ސުއްނަތަށް ތަބާވި ދިވެހީން ހިފާ ހައްޔަރުކޮށް، ޖަލަށްލާ، ދަންވަރު އަދަބުބީ، އޮރިޔާން ކޮށް، އެމީހުންގެ އައިބުގުނަވަންތަކަށް އަނިޔާ ދީ، އެމީހުންގެ ތުބުޅި ޓޮމާޓޯ ސޯސް ޖަހައިގެން ބޭލުމަށް އެންގެވި ހިތްކަޅު ޖާހިލެކެވެ.

Link to New Dhivehi Observer

We are always very appreciate of webmasters linking back to New Dhivehi Observer. http://www.newdhivehiobserver.com . Thanks for your show of support!

Vagu

Recently Added Jokes (New)

First Day At School

Mother : Did you enjoy your first day at school?
Girl: First day? Do you mean I have to go back tomorrow?

What Is An Idiot?

Son : Dad, what is an idiot?
Dad: An idiot is a person who tries to explain his ideas in such a strange and long way that another person who is listening to him can't understand him. Do you understand me?
Son: No.

Two Goldfish In A Bowl Talking

Goldfish 1: Do you believe in God?
Goldfish 2: Of course, I do! Who do you think changes the water?

Customer in a restaurant

Customer: I would like to have a plate of rice and a piece of fried chicken and a cup of coffee
Waitress: Is it enough Sir?
Customer: What? Do you think I can't buy more?

Who discovered America?

Teacher: Maria, go to the map and find North America.
Maria: Here it is!
Teacher: Correct. Now class, who discovered America?
Class: Maria!

Would you punish me for something I didn’t do?

Pupil: Would you punish me for something I didn’t do?
Teacher: "Of course not."
Pupil: Good, because I haven’t done my homework.

A teacher asked a student to write 55

Student: How?
Teacher: Write 5 and beside it another 5!
The student wrote 5 and stopped.
Teacher: What are you waiting for?
Student: I don't know which side to write the other 5!

Golhabo Ronee

Broken Links

If you see any broken link please let us know by email and we will fix as soon as possible. Our email address is info@newdhivehiobserver.com
Thank you.

Bohmondhoodh

ކިހިނެއް އެމްޑީޕީ އިއްތިހާދުން ވޯޓްހޯދަނީ؟

އެމްޑީޕީ އިއްތިހާދުން ގެއަކަށް ގޮސް މިއަހަނީ ކަނބުލޯއޭ ނުވަތަ ބޭބޭއޭ! އަހަރުމެންނަށް ވޯޓެއް ދީފާނަންހޭ. އަހަރުމެން އަތުގަ ނެތޭ ފައިސާއެއް. އަހަރުމެން އަތުގަނެތޭ ހަމަ ހިލާ އެކައްޗެއްވެސް. އަހަރުމެން އަތުގަ އޮތީ އުއްމީދެކޭ. އެއެއް އަޅުގަނޑުމެން ދުލެއް ނުކުރާނަމޭ...

MDP Campaign Photos

ކިހިނެއް މައުމޫނު ވޯޓްހޯދަނީ؟

ލޮބުވެތި ރައްޔިތުންނޭވެ. ތިބޭފުޅުން ގޭގެ ބޭރު ފާރުގައި ނޫކުލަ ލައިދީފިއްޔާ ތިރީސް ހާސް ރުފިޔާ ދޭނަމެވެ. ގަދަ ފަސްއަހަރަށް މައުމޫނު ހޮއްވަވާ...

Attention HACKERS!!!

Our network security team is looking for Hackers. If anyone can modify any part of this website please let us know. We will not take any action, infact we will offer to work with New Dhivehi Observer - The fastest growing site in Maldives.

Valid HTML 4.01 Transitional

Disclaimer

Views expressed in this website are that of the people who choose to contribute to and does not necessarily reflect that of New Dhivehi Observer, unless it is attributed to us directly. Some comments and articles maybe edited for clarity. Please use decent language and do not incite violence in your message. We would edit out any calls for violence in all material.

Freedom of expression : Constitution of the Maldives - Chapter II - Clause 25.
Every citizen shall have the freedom to express his conscience and thoughts orally or in writing or by other means, unless prohibited by law in the interest of protecting the sovereignty of the Maldives, of maintaining public order and of protecting the basic tenets of Islam.

New Dhivehi Observer is an independent online news service on matters relating to the Maldives. Commercial use prohibited on all material published on this site without prior written permission. To contribute please send the material by email to the editorial board