Advertisement

Please click here to download the required font package to view this site properly

Monday 24 November 2008

ކުރީގެ ރައީސް މައުމޫން ބައިމިލިއަން ޑޮލަރުގެ އަގުހުރި ކާރުކޮޅަކަށް އޯޑަރުކުރައްވާފައިވާކަން ހާމަވެއްޖެ

ފާއިތުވެދިޔަ ތިރީސްއަހަރު ރާއްޖޭގެ ވެރިކަން ކުރެއްވުމަށްފަހު ފުރަތަމަފަހަރަށް ޑިމޮކްރަސީގެ ހިޔާދަށުން ބޭއްވި ގިނަބަޔަކު ވާދަކުރެއްވި ރިޔާސީ އިންތިޚާބުގައި ބަލިވެވަޑައިގެން ރިޔާސީ ގަނޑުވަރުން ނުކުމެވަޑައިގެންނެވި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ކާރުކޮޅެއްގެ ގޮތުގައި ބޭނުންކުރެއްވުމަށްޓަކައި ބައިމިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި މާސިޑީޒް ބެންޒަކަށް އޯޑަރު ކުރައްވައި އަގުގެ އެއްބައި ދައްކަވާފައިވާކަމަށް ވަރަށް މުޢުތަބަރުކޮށް ނިއު ދިވެހި އޮބްޒާވަރ އަށް މަޢުލޫމާތު ލިބިއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ސަރުކާރުން މިކާރުކޮޅަށް އޯޑަރު ކޮށްފައިވާ ފައިސާ ދައްކާފައިވަނީ 2007 ވަނަ އަހަރުގެ ނޮވެމްބަރ މަސްތެރޭގައެވެ. ވަޒަން ނާރާގޮތަށް ބޮންގޮވިއަސް ގެއްލުމެއް ނުލިބޭ ފެންވަރަށް ހެދިފައިވާ މިކާރުކޮޅު ރާއްޖެފޮނުވުމަށްޓަކައި ކުންފުނިން މިހާރުގެ ސަރުކާރަށް އިންވޮއިސް ފޮނުވާފައިވާކަމަށްވެސް ނިއު ދިވެހި އޮބްޒާވަރ އަށް މަޢުލޫމާތު ދެއްވި ފަރާތުން ވިދާޅުވިއެވެ.

ރާއްޖެފަދަ ވަޞީލަތްތައް މަދު ކުޑަކުޑަ ޤައުމެއްގެ ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރެއްވުމަށްޓަކައި ކާރުކޮޅެއް ބައްލަވައިގަތުމަށް ބައިމިލިއަނެއްހާ ޑޮލަރު ހޭދަކުރެއްވުމަކީ ވަރަށް ގިނަ ބަޔަކަށް ހައިރާންކަމާއި ނުތަނަވަސްކަން ލިބިގެންދާނޭކަމެއްކަމަށްވެސް ނިއު ދިވެހި އޮބްޒާވަރ އަށް މަޢުލޫމާތު ދެއްވި ފަރާތުން ވިދާޅުވިއެވެ.

އިތުރަށް މަޢުލޫމާތު ދެއްވަމުން އެފަރާތުން ވިދާޅުވީ އިނގިރޭސި ވިލާތުގައި ހުންނަ ދިވެހި އެމްބަސީ މެދުވެރިކޮށް ސަރުކާރުން އެކާރު ގަތުމަށްޓަކައި އެއްލައްކަ ޑޮލަރު ދައްކާފައިވާ ކަމަށާއި، އެހެން ނަމަވެސް އެއްލައްކަޑޮލަރު ގެއްލުންވިޔަސް 4 ލައްކަ ޔޫރޯގެ މިކާރުގެ ބާކީ ފައިސާ ދައްކާފައި އެކާރު ރާއްޖެ ގެންނެވުމަށް ސަރުކާރުން ނުވިސްނަވާކަމަށްވެސް ވަރަށް މުއުތަބަރު ގޮތެއްގައި ނިއު ދިވެހި އޮބްޒާވަރ އަށް މަޢުލޫމާތު ލިބިފައިވެއެވެ.

އިބްރާހިމް ނާސިރުގެ ހަށިކޮޅާއެކު އެމަނިކުފާނުގެ ބޭފުޅުން ރާއްޖެވަޑައިގެންނެވިއިރު ވަންނަވާނެ ގެދޮރެއްނެތް

nasir's family ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އަލްމަރްހޫމް އިބްރާހިމް ނާސިރުގެ ހަށިކޮޅާއެކު އެމަނިކުފާނުގެ ބޭފުޅުން އަމިއްލަފުޅު ވަޒަންކަމުގައިވާ ދިވެހިރާއްޖެއަށް ވަޑައިގެންނެވިއިރު އެބޭބޭފުޅުން ވަންނާނެ ގެދޮރެއްނެތެވެ. އިބްރާހިމް ނާސިރުގެ އަމިއްލަފުޅު ދެގެ ކަމަށްވާ ހިލާލީގެއާއި، ވެލާނާގެވަނީ އިބްރާހިމް ނާސިރަށްފަހު ވެރިކަމަށް އިސްވެވަޑައިގަތް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުން ދައުލަތަށް ނަންގަވާފައެވެ. އިތުރަށް ވިދާޅުވޭ

ވެރިކަން ދޫކުރެއްވުމުން ނާސިރު ހޭދަކުރައްވަން ޖެހިވަޑައިގެން ހިތާމަވެރި ދުވަސްތަކަކީ ދިވެހި ގައުމީ ހަޔާތުގައި ޖެހިފައިވާ ވަރަށް ބޮޑު ލައްގަނޑެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

If the video has not loaded within 20 seconds, please Click Here to download the latest version of Adobe's Flash Player.

އާސަރުކާރަށް މަރުހަބާ!

ފަހެ، ދަންނާށެވެ! އެއްވެސް ޝައްކެއްނެތެވެ! 2008 ނޮވެމްބަރ 11 ވީ އަންގާރަދުވަހުން ފެށިގެން ހިނގަމުންދަނީ، ރައީސް ނަޝީދުގެ ސަރުކާރެވެ. އެމްޑީޕީ އިއްތިހާދުން އުފައްދާފައިވާ ސަރުކާރެވެ. މިއިއްތިހާދާއެކު އިތުރުފަސް ސިޔާސީ ޕާޓީއެއް ގުޅިފައިވެއެވެ. ނޮވެމްބަރ 25 އަށް އާސަރުކާރަށް ބަރާބަރު 15 ދުވަސްވާނެއެވެ. އަޅުގަނޑު މިމަޒްމޫނުގައި އަލިއަޅުވާލަން ބޭނުންވަނީ، އާސަރުކާރުގެ ފުރަތަމަ 7 ދުވަހަށެވެ. އަޅުގަނޑު ހިމެނިގެންވާ ރައްޔިތުންގެ އާސަރުކާރަށް ހިތުގެއަޑިން މަރުހަބާ ދަންނަވަމެވެ. ލޮބުވެތި ދިވެހި ރައްޔިތުންނަށް ހިތުގެ އެންމެއަޑިން މަރުހަބާ ދަންނަވަމެވެ. އާސަރުކާރެއްގެ ފުރަތަމަ 7 ދުވަހަކީ، ވަރަށް މުހިންމު ދުވަސްކޮޅެކެވެ. ނާޒުކު ދުވަސްކޮޅެކެވެ. އަލަށް ދަރިޔަކު ލިބުމުންވެސް ފުރަތަމަ 7 ދުވަހުގެ ތެރޭގައި ކުރަންޖެހޭ މުހިންމު ކަންތައްތަކެއް އިސްލާމް ދީނުގައި އަމުރުކުރެވިފައި އެބަހުއްޓެވެ. އަދި ދިވެހިންގެ ޒަމާންވީ ސަގާފަތުގައި އަށަގަނެފައި އެބަހުއްޓެވެ. އެއީކޮންމެހެން ވެސް ކުރަންޖެހޭ ކަންތަކެވެ. ފިތުރަތެވެ. ސުންނަތެވެ. ރައްޔިތުންގެ ވިންދާ ގުޅިފައިވާ ކަންތަކެވެ. އެކަންތައްތައް އޭގެވަގުތުގައި ކުރެވެމުންދާތަން ނުފެނިއްޖެނަމަ، ހިތްހަމަނުޖެހޭނެ އެތައްބަޔަކު ތިބޭނެކަން ކަށަވަރެވެ. އެއީ އެކަންވާނެ ގޮތެވެ. އިތުރަށް ވިދާޅުވޭ

ދިވެހިންގެ ގައުމީ ބަޠަލު.... ވެލާނާގޭ ޚާންދާނުގެ ފަޚުރެއްކަމުގައިވި ނާސިރު.

"ނޯޓް: މިމަޒްމޫނަކީ، 2006 ވަނަ އަހަރުގެ ޖުލައި 26 އަށް، މިނިވަން ދުވަހާ ދިމާކޮށް ލިޔުނު މަޒްމޫނެކެވެ. ރާއްޖޭގެ ދެވަނަރައީސުލް ޖުމްހޫރިއްޔާ ސުމުއްވުލް އަމީރު އިބްރާހީމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނު (2008 – 1927) ވަނީ، 2008 ނޮވެންބަރ 22 ވީހޮނިހިރު ދުވަހުރޭ 7:15 ގައި ސިންގަޕޫރުގައި އަވަހާރަވެފައެވެ. އޭރު އުމުރުފުޅަކީ 82 އަހަރެވެ. އެމަނިކުފާނުގެ ހަށިކޮޅު ވަނީ މިއަދު (2008 ނޮވެމްބަރ 23) ރައީސްނަޝީދުގެ އަމުރުފުޅަށް މާލެ ގެންނަވައި ދައުލަތުގެ ރަސްމީ އިއްޒަތް އަރުވާފައެވެ. ﷲ ގެ އަމުރުފުޅާއެކު އެމަނިކުފާނާއެދު ކަންމަގު ގެންގެވިގޮތް މިއީ ރީތި މިސާލެކެވެ. އިބުރަތުން ފުރިގެންވާ ފިލާވަޅުތަކެއްކަން ކަށަވަރެވެ." އިތުރަށް ވިދާޅުވޭ

Former President Gayoom pays last respects to late President Nasir

Gayyoom Former President Maumoon Abdul Gayoom has paid his last respects to former President Ibrahim Nasir, who passed away in Singapore last night at the age of 82 after a prolonged illness. Gayoom who visited to the Presidential Palace where former President Nasir's body was lying in state after the body was brought to Male' this afternoon, was accompanied by his two sons Faris and Ghassan. Nasir who attained political independence for the country and who had pioneered the present development and progress of the country was living in Singapore in exile since he left the country on 7 December 1978, soon after Gayoom took over the presidency. Nasir left the country in the face of mounting intimidation and harassment from the people over allegations of abuse of power and state funds and was soon sentenced in absentia for misappropriation of state funds. Mass demonstrations were also held condemning Nasir chanting him traitor and death to him during the early years of President Gayoom. Read More

Sunday 23 November 2008

ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ އަސަރު ރާއްޖޭގެ ބޭންކް ތަކުންވެސް ފެންނަންފަށައިފި

Bank ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ އަސަރު ރާއްޖޭގެ ވިޔަފާރި ބޭންކުތަކުންވެސް ފެންނަން ފަށައިފިކަމަށް ރާއްޖޭގައި ވިޔަފާރި އެންމެ ފުޅަދާއިރާއެއްގައިކުރަމުންގެންދާ އެއްވިޔަފާރި ކުންފުނިކަމަށްބެލެވޭ ލިލީ އެންޓަރޕްރައިޒަސްގެ ފަރާތުން މައްލާ އަހްމަދު ނާސިރު ވިދާޅުވެއްޖެއެވެ.
އަހްމަދު ނާސިރު މިއަދު ނޫހަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ބައެއް ބޭންކްތަކުން ވިޔަފާރިއާއި އެހެނިހެންކަންކަމަށް ދެމުންގެންދާ ތަފާތު ފެސިލިޓީޒްތައް ދިނުމަށް މިހާރުވެސް ފަސްޖެހި، މަޑުކުރަމުންދާކަމަށާއި އެކަމުގެ ސަބަބުން ދަތިތަކާއި ކުރިމަތިވަމުންދާކަމުގައެވެ. އިތުރަށް ވިދާޅުވޭ

Saturday 22 November 2008

އަވަސް ޚަބަރު - ނިއު ދިވެހި އޮބްޒާވަރ. 20:50

ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަލްމަރުޙޫމް އަމީރު އިބްރާހިމް ނާޞިރުގެ ހަށިކޮޅު ރަސްމީ ޢިއްޒަތުގައި ފަސްދާނުލެއްވުން މާލޭގައި.

Political Independence ދިވެހި ރާއްޖޭގެ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަލްމަރުޙޫމް އަމީރު އިބްރާހިމް ނާޞިރުގެ ހަށިކޮޅު ރަސްމީ ޢިއްޒަތުގައި މާލޭގައި ފަސްދާނު ލެއްވުމަށް ހަމަޖައްސަވާފައިވާކަމަށް ސަރުކާރުން އިޢުލާން ކުރައްވައިފި. ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ދާދި ދެންމެއަކު ހޯމް މިނިސްޓަރ ޤާސިމް އިބްރާހިމް ވަނީ އިޢުލާން ކުރައްވާފަ. އަދި އެމަނކިފާނު ވިދާޅުވި ގޮތުގައި ރައީސުލް ޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ ސްޕެޝަލް އެންވޯއީ އަލްފާޟިލް އިބްރާހިމް ހުސައިން ޒަކީ މިހާރު ދަނީ ސިންގަޕޫރަށް ދަތުރު ކުރައްވަމުން. މަރުޙޫމް އަމީރު އިބްރާހިމް ނާޞިރުގެ ހަށިކޮޅު މާލޭގައި ރަސްމީ އިއްޒަތުގައި ފަސްދާނު ލެއްވުމުގެ ކަންކަން ހަމަޖައްސަވާފައިވާ ކަމަށާއި އަދި ރައީސް އަލްމަރުޙޫމް އިބްރާހިމް ނާޞިރުގެ ޢާއިލާގެ ބޭފުޅުން ދިރިއުޅުއްވަނީ ޤައުމުން ބޭރުގައި ކަމުން އެބޭފުޅުން ރާއްޖެ ވަޑައިގެން ރާއްޖޭގައި ދިރިއުޅުއްވުމަށް މިއަދުގެ ރައީސުލް ޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު އެދިވަޑައިގަންނަވާ ކަމަށް ހޯމް މިނިސްޓަރ ވިދާޅުވެދެއްވި.

އަވަސް ޚަބަރު - ނިއު ދިވެހި އޮބްޒާވަރ. 19:45

ދިވެހި ރާއްޖޭގެ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވައިފި

Nasri ދިވެހި ރާއްޖޭގެ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ ސުއްމުވުލް އަމީރު އިބްރާހިމް ނާޞިރު ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރައްވައިފި. އެމަނިކުފާނު ދެމި އޮތުމުގެ ޢާލަމަށް ދަތުރު ކުރެއްވީ ޞިއްޙީ ޙާލުކޮޅު ބޮޑުވެގެން ސިންގަޕޫރުގައި ހުންނަ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގައި ފަރުވާދެއްވަނިކޮށްކަމަށް ޚަބަރު ލިބިފައިވޭ. މި ހިތާމައިގެ ދަނޑިވަޅުގައި ނިއު ދިވެހި އޮބްޒާވަރގެ ފަރާތުން އެމަނިކުފާނުގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވަން އަދި އެމަނިކުފާނުގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ﷲޙަޟްރަތަށް ދުޢާ ދަންނަޥާ ޙާލު އެ މަރްޙޫމުގެ ފުރާނަޔަށް ހެޔޮ ރަޙުމަތް ލައްވާވާ ސުވަރުގޭގެ ނިޢުމަތް މިންވަރުކުރެއްވުން އެދި ދުޢާކުރަން.

ޑީއާރުޕީގެ އާ މޫނު 'ކުއްޓި ނަޝީދު'

Kutti Nasheed ޕާޓީ ސިސްޓަމެއްގެތެރޭގައި ވެރިކަން ކުރަމުންދާއިރު ވަރުގަދަ އިދިކޮޅު ޕާޓީއެއް ނެތިއްޖެނަމަ ވަރަށްވެސް ދެރައެވެ. އެހެނީ ވެރިކަމުގައި ހުންނަ ނުރަނގަޅު ކަންކަން އިޞްލާޙު ކުރުމަށް ބާރުއަޅާފަރާތަކަށް ވާނީ އެފަދަ އިދިކޮޅު ޕާޓީއެކެވެ. މައުމޫނުގެ 30އަހަރުގެ ވެރިކަން ނިންމުމަށް އެމް.ޑީ.ޕީ ކުރި މަސައްކަތަކީ ސިޔާސީ ގޮތުން މިރާއްޖެ ދުށް އެންމެ ވަރުގަދަ ޞުލްޙަވެރި ޙަރަކާތެވެ. އެމް.ޑީ.ޕީގެ ޙަރަކާތްތައް އަމާޒުވެގެން ދިޔައީ 30އަހަރުގެ ޚުދު މުޚުތާރު ވެރިކަމަކާއެވެ. އަނިޔާވެރިކަމާ ބޭ އިންސާފާ އިދިކޮޅަށް ހިންގުނު ވަރުގަދަ ޙަރަކާތެކެވެ. މިއަދު، އެފަދަ ގޮތަކަށް ޙަރކާތްތެރިވާނެ އެއްވެސް ސަބަބެއް އަދި ނެތްކަމުން އިދިކޮޅު ޕާޓީއެއް އެފަދައިން ޙަރަކާތްތެރިވާނެ އެއްވެސް ޖާގައެއް މިވަޤުތު ނެތްކަންވެސް ޔަޤީންކުރަން ޖެހެއެވެ. އިތުރަށް ވިދާޅުވޭ

ރައީސުލްޖުމްހޫރިއްޔާގެ މުސާރައަކަށް ހުށަހަޅުއްވާފައިވާ ޢަދަދު ވަރަށްބޮޑުކަމަށް ދެކެވަޑައިގަންނަވާކަމަށް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ

Anni ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ރައީސުލްޖުމްހޫރިއްޔާގެ މުސާރައަށް މަހަކު ހުށަހަޅުއްވާފައިވާ އެއްލައްކަ ފަންސާސްހާސް ރުފިޔާއަކީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަ މީހަކަށް ވަރަށްބޮޑު މުސާރައެއް ކަމަށް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙަންމަދު ނަޝީދު ދެކެވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ. އިތުރަށް ވިދާޅުވޭ

Stop patronizing us (and start doing your duty) Mr. President!

Gayyoom NSS Guards President Nasheed and his government now seem to be preoccupied with giving all sorts of allowances, pensions, residences, etc. to ex-president (the dictator) Gayyoom. Nasheed has given special security from the MNDF to Gayyoom (in apparent contravention to the constitution). Now the President’s Office has released a statement saying that the President does not encourage the public to play songs that tell the story of Gayyoom’s brutality and corruption! Read More

Friday 21 November 2008

ކަލާ ހަރީފް ކުރި ގުލްޒާރަށް ދިރިން އަތުވެއްޖެއެވެ.

މާޒީއަށް ބަލައިލިއަސް އަހަރެންގެ ލޮލުން ހިލެނީ ކަރުނައެވެ. ކަލާގެ ފަރާތުން ލިބުނު ހަދިޔާ ލޯމަތީ މިހިރަ ފެންނަނީއެވެ. ކޮންމެ ދުވަހަކު އަހަރެއް އިންތިޒާރު ކުރަމެވެ. މާދަމާ އަކީ އުފާވެރި ދުވަހެއްގެ ގޮތުގައި އަލިވިލޭނެކަމުގައި ހީކޮށެވެ. އިރު އަރައިގެން އަންނަ ވަޤުތު އަހަރެންގެ އުއްމީދުތައް އާވެއެވެ. މިއަދުގެ އިރާއެކު އިއްޔެ ދުށް މަންޒަރުތައް ބަދަލުވެދާނެކަމުގެ އުއްމީދުގައެވެ. އެހެނަސް ކުރާނީ ކީއްހެއްޔެވެ. ކޮންމެ ދުވަހެއް މެ ހޭދަވަނީ މިހިތްދަތިކަމުގައެވެ. ދެލޮލުން ކަރުނަ އެޅުންނޫންކަމެއް ނެތެވެ. އަހަރެންގެ ހުރިހާ އުއްމީދަކާ ގުޅިފައިވާ އެންމެހާ އުފާކެރިކަމަކާ ކަލާ ކުޅެލައިފީމުއެވެ. ކޮންމެ ދުވަހަކު އާ ވަޢުދު ތަކެއް ވަމުންނެވެ. ހުވަފެންތަކެއް ދައްކަމުންނެވެ. އެހެންނަމަވެސް ހުވަފެނަކީ ބިލާހެކޭ މީހުން ބުނަނީ ކަމެއްވީމަކަން އަދިކިރިޔާ މިއެނގުނީއެވެ. ކުލަހުވަފެން ތަކެއްދައްކައިގެން، ފަޒާގައި ގަނޑުވަރުތައް ބިނާކޮށްދިނުމަކީ ކަލާގެ އާދައެއްކަން މިހާރު ޤަބޫލުކުރެވެއެވެ. އިތުރަށް ވިދާޅުވޭ

ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ޝައިޚް ފަރީދަށްދީފި

ކުރިން އޮތް ސަރުކާރުން ދީނީ ނަސޭހަތް ދިނުން މަނާކޮށްފައިވާ ޝޭހު އިބުރާހިމް ފަރީދު އަހުމަދަށް އަލުން ދީނީ ނަސޭހަތް އާންމު ތަންތަނުގައި ދިނުމުގެ ހުއްދަ ދެއްވައިފި އެވެ.
ފަރީދުއަށް ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ދެއްވާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. ޖަޒީރާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފަރީދު ދީނީ ނަސޭހަތް ދިނުމުގެ ހުއްދައަށް އެދިފައި ވަނީ އާ ސަރުކާރެއް ހުވާ ކުރިތާ ދެ ދުވަހުގެ ފަހުން މިމަހުގެ 13 ވަނަ ދުވަހު އެވެ.
ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ލިބުމާ ގުޅިގެން އެންމެ ފުރަތަމަ ދީނީ ދަރުސެއް ދިނުމުގެ ގޮތުން މާދަމާރޭ އިބުރާހިމް މިސްކިތުގައި އިޝާ ނަމާދަށް ފަހު ފަރީދު ދީނީ ތަގުރީރެއް ދެއްވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.
ފަރީދަކީ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އޮންނަ ބޭފުޅެކެވެ. އެހެން ނަމަވެސް ކުރީގެ ސަރުކާރުން އެހާ މަގުބޫލު ބޭފުޅަކަށް ނުވުމާއި ގުޅިގެން 2003 ވަނަ އަހަރު އެ ހުއްދަ ބާތިލް ކުރައްވާފައިވާ ބޭފުޅެކެވެ. އެއަށް ފަހު އެކި ތަންތަނުގައި ދީނީ ނަސޭހަތް ދިނުމުގެ ކުށުގައި އޭނާގެ މައްޗަށް ދައުލަތުން ވަނީ ދެ ދައުވާއެއްވެސް ކޮށްފައެވެ.

މައުމޫނާއި އާދަމް ޒާހިރާ ދެކޮޅަށް އީވާންގެ މަންމަ މަދަނީ ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަނެ ފޮނުވާލައިފި

މާފުށީ ޖަލުގައި އަނިޔާކޮށް ވަރަށް އިހާނެތިގޮތަކަށް މަރާލި މ އޭޝިޔާ ހަސަން އީވާން ނަސީމުގެ މަރާ ގުޅިގެން ކުރީގެ ރައީސުލްޖުމްހޫރިއްޔާ މއ ކިނބިގަސްދޮށުގޭ މައުމޫން ޢަބްދުލް ޤައްޔޫމާއި ކުރީގެ ޕޮލިސް ކޮމިޝަނަރ އާދަމްޒާހިރާ ދެކޮޅަށް އީވާންގެ މަންމަ މަދަނީ ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތްމައްސަލަ ބުރާސްފަތި ދުވަހު ހައިކޯޓަށް ހުށަހަޅައިފިއެވެ.
އީވާންގެ މަންމަ މަރިޔަމްމަނިކެ ބުނީ މަދަނީކޯޓަށް މައްސަލަ ހުށަހެޅީ ބުދަދުވަހު ކަމަށާއި ބުރާސްފަތިދުވަހު ފައިސާ ދައްކަން ދިއުމުން މަދަނީކޯޓުން ޖަވަބު ދެއްވީ މައްސަލަ ބަލައިގަނެވެން ނެތްކަމަށެވެ. އިތުރަށް ވިދާޅުވޭ

Thursday 20 November 2008

އަނިޔާވެރިން ޝަރީޢަތަށް ޙާޟިރު ކުރާށެވެ.

އަނެއްދިވެހި ރާއްޖެއަށް އަޅުގަނޑުމެންނަށް އާދެވުނު ހިނދު އަޅުގަނޑުމެން ދިވެހިން މިއަދުގެ ސަރުކާރުން އެދެނީ މައުމޫނުގެ ވެރިކަމުގައި އަނިޔާވެރިވީ މީހުންގެ ކިބައިން ބަދަލު ހިފުމަކަށް ނޫނެވެ. އެހެންނަމަވެސް އަނިޔާވެރިންގެ ކިބައިން ސަލާމަތްވުމާއެކު އެމީހުންނަށް ޙައްޤު އަދަބު ދިނުމަށެވެ. މިގޮތުން ނުޙައްޤުން އަޅުގަނޑުމެންނަށް އަނިޔާވެރިމީހުންގެ ތެރެއިން އާދަމް ޒާހިރު މަޤާމުން ދުރުކުރިކަމަކީ ހަމަ އުފާކުރާކަމެކެވެ. އެހެންނަމަވެސް އާދަމް ޒާހިރެކޭ އެއްގޮތަށް އެސަފުގައި ތިއްބަވައިގެން އަނިޔާވެރިވީ ވެރިންގެތެރެއިން އިސްކޮށްތިބި މީހުން އަނެއްކާވެސް ނަގާ ފުލުހުންގެ ވެރިންނަށް ހެއްދެވީމާ ޙައިރާންވަމެވެ. މަޤާމުން ދުރުކުރުމުން ހުރިހާކަމެއް ނިމުނީކަމަށް ޤަބޫލެއް ނުކުރެވެއެވެ. މިވަޤުތު ފުލުހުންގެ ވެރިކަމާ ޙަވާލުވެ ހުންނެވި ފަސީޙުއަކީވެސް އެތައްބަޔަކަށް ނުޙައްޤުން އަނިޔާވެރިވެފައިވާ ބޭފުޅެކެވެ. ހައްޔަރު ކުރުމުގައި އަދި ޖަލުގައި ބަންދުކޮށްގެން މީހުން ގެންގުޅުމުގައި އަނިޔާވެރިކަން ފާޅުކޮށްފައިވާ ބޭފުޅެކެވެ. މީގެ ހެކި މި ރިފޯމް ޙަރަކާތުގައި އިސްކޮށް އުޅުއްވި އެތައްބޭފުޅުންނެއް ދެއްވާނެއެވެ. އިންޓަރނެޓް މަޖައްލާ ސަންދާނުގެ މައްސަލައިގައި މައުމޫން ސަރުކާރުން އަނިޔާވެރިކަން ފާޅުކުރި އިބްރާހިމް ލުތުފީގެ މައްޗަށް ދޮގުހެކިބަސް ދިން ބޭފުޅެއްކަމުގައި ފަޞީހުވާނެއެވެ. މަޝްހޫރު ކުރެހުންތެރިޔާ ނައުޝާދު ވަޙީދަށް ނުޙައްޤުން އަނިޔާވެރިމީހުންގެ ޓީމުގައި ފަސީހު ހިމެނެއެވެ. މިއީ އަދި ހަމަ ދެމީހެއްގެ ވާހަކައެވެ. މިކަހަލަ އެތައް އެތައް ހެކިންނެއް މިކަމުގައި ހެކިބަސްދޭނެއެވެ. އިތުރަށް ވިދާޅުވޭ

ދަޢުލަތުގެ ބޮޑުންގެ މުސާރައާއި އިނާޔަތް ބޮޑުކުރުމުގައި ހައްދެއް ނެތް

ރައީސުލް ޖުމްހޫރިއްޔާގެ މުސާރަ 150000 ރ އަށް ބޮޑުކޮށް ރައީސްގެ ނައިބުގެ މުސާރަ 75000 ރ އަށް ބޮޑުކޮށް މާލިއްޔަތު ކޮމިޓީއިން ވަރަށް ކުއްލިގޮތަކަށް މަޖިލިހަށް މި ބިލް ހުށަހެޅީ ރޭވުމެއްގެ ދަށުންކަމަށް ފެނެއެވެ. މިހާބޮޑު މުސާރައެއް، ގައުމުގެ އިގުތިޞާދު ވަޅުޖެހިފައި އޮތް މި ދަނޑިވަޅުގައި ރައީސުލް ޖުމްހޫރިއްޔާ އަށާއި ނައިބަށް ދިނުމަށް ނިންމީ މިހާރު އުފެދިފައިވާ ސަރުކާރާއި މެދު ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފެއްދުމަށް ކަމަށް ބެލެވެއެވެ. މާލިއްޔަތު ކޮމެޓީގެ މުގައްރިރު ނާޒިމަކީ ޔާމީންގެ ފަސްބައިގެ ބައެއްކަމަށް ވެފައި، މިބިލް މިހާ ބޮޑު ޢަދަދެއް ރައީސުލް ޖުމްހޫރިއްޔާގެ މުސާރައިގެ ގޮތުގައި ކަނޑައެޅުމަށްފަހު މަޖިލިހަށް ހުށަހެޅީ ފޮރުވިފައިވާ މަގުސަދުތަކެއް އޮވެގެންނެވެ. މިކަމަކީ ރައްޔިތުން ހިތުތެރޭގައި މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލު މުޙައްމަދު ނަޝީދު އަށް އޮތް ލޯބި ކިލަބުކޮށް، އެބޭފުޅާއާއި ދެތެރޭ ހިތް ނުތަނަވަސް ކުރުމުގެ ބޭނުމުގައި ކުރިކަމެއްކަމުގައި ދަންނަވަމެވެ. އިތުރަށް ވިދާޅުވޭ

ޑީއާރްޕީ ހިންގުން ތަސްމީނާ ހަވާލުކޮށްފި

ޑީއާރުޕީން ބުނީ އެޕާޓީގެ ތިން ނައިބުޒައީމުންނާއި ވަކިވަކި މަސްއޫލިއްޔަތުތައް ހަވާލުކޮށްފައި ވާކަމަށާއި އެގޮތުން ހިންގުމުގެ އެންމެ އިސް ދައުރު ހަވާލުކޮށްފައިވަނީ ފާއިތުވެ ދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އެޕާޓީގެ ޒައީމު މައުމޫނު އަބުދުލް ގައްޔޫމުގެ ރަނިންމޭޓެއްގެ ގޮތުގައި ހަރަކާތް ތެރިވެފައިވާ އަހުމަދު ތަސްމީނު އާލީ އާއި ކަމަށެވެ. އިތުރަށް ވިދާޅުވޭ

Former President Nasir's Son On His Family's Persecution

I asked for an appointment to meet ex-President Gayoom at his office. I explained to him that I had nowhere else to stay and had a 4 year old child to look after. I appealed to him for my house back. His reply, which I remember as if it was just yesterday, was that he couldn’t do anything about it as these were the natural reactions from the people because of the actions of my father. In other words, I should be punished for my father’s alleged deeds and my son should suffer as well. Read More

Wednesday 19 November 2008

ސަންދާނު 106 ނިކުމެއްޖެ

Sandhaanu ގިނަ ފޮތްފިހާރަތަކުން ލިބެންހުރި މި އިޝިޢުގައި މައި ލިޔުމެއްގެ ގޮތުގައި ބަލާލެވިފައިވަނީ ވައްކަމާއި އަނިޔާވެރިކަން އޭގެ ހައްދުންނެއްޓުމުންވެސް މަޢާފު ކުރެވިދާނެތޯއެވެ. ސަންދާނު މަޖައްލާ އެދެނީ މިކަމާއި ރައްޔިތުން ފުންކޮށްވިސްނަވައި ބަދަލުހިފުމުގެ ރޫޙެއްނެތި ބިނާކުރަނިވި ފާޑުކިޔުންތައް މެގެޒިންއަށް ފޮނުއްވައިދެއްވުމަށެވެ.

106 ވަނަ އަދަދުގެ ސުރުޚީތައް:
ވައްކަން ހައްދުން ނެއްޓުނީމާ މަޢާފް ކުރެވިދާނެތޯ؟ / ބިންހައިދަރު
ފޭހުނު އިލޮށި ލޮލަށް (ޅެމެއް) / ހަސަން ޤާސިމް
ރައިސް އޮފީހުގެ 2007 ވަނަ އަހަރުގެ އަހަރީ އޮޑިޓް ރިޕޯޓަށް ބަލާލުމެއް 1 / އިލްޔާސް ހުސައިން އިބްރާހީމް
އާރައީސް އަނެއް ދިވެހިރާއްޖެ ދިވެހި ރައްޔިތުންނަށް މަރުހަބާ / އަހުމަދު ހުސައިނ
މައުމޫނުގެ އެރުމާއި ވެއްޓުން / އަހުމަދު ޝަފީޤް
ކާމިޔާބު ކުރަންޖެހޭ ކަމެއް އެބައޮތް! / އައިޝަތު ޝެރިން
އަހަރެންގެ ހަޔާތް / ބީބީ މާހިރު
މައުމޫނުގެ އަވަމެންދުރުގައި ޖެހިފައި / ވައިޓް ޝާރކް

Tuesday 18 November 2008

ކުއްލި ޚަބަރު

ލަންޑަނުގައި ހުންނަ ދިވެހި ހައި ކޮމޮޝަން މެދުވެރިކޮށް، ވަރަށް އަގު ބޮޑުކޮށް ޖަރުމަނުގެ މާސިޑީސް ބެންޒް ކުންފުނިން ދިވެހި ސަރުކާރަށް ތައްޔާރުކުރާ ވަރަށް ހާއްސަ ބެންޒް ކާރެއް މައުމޫނުގެ ވެރިކަން ނިމުމުން މިހާރު މާލެ ނުފޮނުވާ، މިކާރު ސިންގަޕޫރަށް ފޮނުވާ ގޮތަށް ނިންމައިފިއެވެ. މިކަމާ ގުޅޭ ހުރިހާ ކަންތައް ލަންޑަން ހައިކޮމިޝަނުގެ ފަރާތުން ކުރަމުން ދަނީ ކޭޑީ އަހުމަދު މަނިކުގެ ކާފަ ދަރި އަހުމަދު ހާނީ ނައީމެވެ. މި ކާރުގެ މޮޑެލް އަކީ މާސިޑީޒް އެސް ގަރޑް އެވެ. މާސިޑީޒް ވެބްސައިޓުގައި މިކާރާއި ބެހޭ މައުލޫމާތު ލިބެން ހުންނާނެއެވެ.

ފުލުހުންގެ އިސްވެރިއަކަށް ފަސީހު, ސިފައިންގެ އިސް ވެރިޔަކަށް މޫސާ އަލީ ޖަލީލު ހަމަޖައްސަވައިފި

Adam Zahir Resign ފުލުހުންނާ ސިފައިންގެ އެންމެ އިސް ދެމަޤާމުގައި ތިއްބެވި އާދަމް ޒާހިރާއި މުހަންމަދު ޒާހިރުގެ ބަދަލުގައި އިތުރު ދެ ބޭފުޅަކު އެދެމުއައްސަސާގެ އެންމެ އިސް ދެމަޤާމަށް މިއަދު ހަމަޖައްސަވައިފިއެވެ.
ޣާޒީގެ އެންމެމަތިވެރި އަސްކަރީ ޝަރަފް ލިބިފައިވާ ޗީފް އޮފް ޑިފެންސް ފޯރ މޭޖަރ ޖެނެރަލް މުހައްމަދު ޒާހިރުގެގެ ބަދަލުގައި އެމަޤާމަށް ހަމަޖެއްސެވީ ދާދިފަހުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމު ލިބިވަޑައިގެންނެވި މޫސާ އަލީ ޖަލީލު ކަމަށް ރައީސް އޮފީހުގެ އޮފިޝަލަކު ޖަޒީރާއަށް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. އިތުރަށް ވިދާޅުވޭ

އެމް.ޑީ.ޕީ އިއްތިޙާދުގެ އުފާވެރި ބައްދަލުވުންތަކުގައި އާދަމް ޒާހިރު ބައިވެރި ކުރެއްވުން.

Gasim and Adam Zahir އަޅުގަނޑުމެން ނަކީ މިފަސްގަނޑުން އަނިޔާވެރިކަން ނެތިކޮށްލުމަށް ނުކުތް މީހުންނެވެ. ދިވެހިންގެ މައްޗަށް އެކިއެކި ގޮތްގޮތުން ނުޙައްޤުން ނުހަނު ބޮޑެތި އަނިޔާތައް ދިނުމުގައި ދިގު ދެމިގެންދިޔަ 30އަހަރުގެ އެންމެ ބޮޑުއަނިޔާވެރިޔަކީ ޕޮލިސް ކޮމިޝަނަރ އާދަމް ޒާހިރުކަމަށް އަޚުގަނޑުމެން އަބަދުވެސް ދިޔައީ ވަކާލާތު ކުރަމުންނެވެ. އެމީހުންގެ އަމިއްލަ ފައިދާއަށް އަޅުގަނޑުމެންގެ ރައްޔިތުންގެ ހަށިތަކަށް އަނިޔާތައް ދިގު ދެންމީ އަޅުގަނޑުމެންގެ ދަޢުލަތުގެ ޚަޒާނާއިން އެމީހުންގެ ޖީބުތައް ބޮޑުކުރުމަށް ލިބެމުންދިޔަ ފައިސާތަކާ މަންފާ ތަކަކަށްކަން ނުދަންނަ މީހަކު ނުހުންނާނެއެވެ. މިއީ މިކަމަށް ސާބިތު ހެކި ހުރި ކަންކަމެވެ. މިއަދުގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން އަޅުގަނޑުމެން އެދެނީ މިފަދަ އަނިޔާވެރިންގެ ކިބައިން ސަލާމަތްވެފައިވާ ތަނެއްކަމުގެ ޔަޤީންކަން އަޅުގަނޑުމެން ރައްޔިތުންނަށް ލިބިދިނުމެވެ. އިތުރަށް ވިދާޅުވޭ

No to revenge, yes to justice

There has been much talk in Maldivian politics about smoothing the transition from Maumoon to Anni and not enough talk about correcting the injustices of the past.

While I appreciate that it is best for Anni to lower his tone on these very sensitive issues until he has consolidated his presidency, I think it is time the rest of us start talking about these issues. I also think that the time is running out on MDP if they are ever going to be able to correct the wrongs of the past. The longer they go without talking about it Read More

Monday 17 November 2008

ކަސްޓަމްސް – ކޮރަޕްޝަންގެ ބޮޑު ހާއްޔެއް

މިއީ މިފަދަ ކަންކަން ހާމަކުރުމުގެ ފެށުން ކަމުގައި ދަންނަވަމެވެ.

ފަހުގެ ޙާދިޘާ ތަކުގެ ތެރެއިން
1- ރީތީ ރަށް ރިސޯޓަށް ރިފަންޑް ދިނުން.

މީގެ 4އަހަރު ދުވަހުކުރިން ރީތި ރަށް ރިސޯޓު ހެދުމަށްޓަކައި އެތެރެކުރެވުނު މުދަލުގެ ޑިއުޓީ މަޢާފްވާ ފައިސާ ގެ ރިފަންޑް ޤަވާޢިދާ ޚިލާފަށް ނެގުން. ކަސްޓަމްސްގެ ޢާއްމު ޤަވާޢިދުގައިވާގޮތުން ރިފަންޑް ފައިސާ ދޫކުރެވޭނީ އެކަމާބެހޭ ލިޔުންތައް 90ދުވަހުގެ ތެރޭގައި ހުށަހަޅައިގެނެވެ. 90 ދުވަހަށް ވުރެ އިތުރުވެއްޖެނަމަ އެފައިސާއަކީ އަނބުރާ ދޫކުރެވޭ އެއްޗެއްނޫނެވެ. މިގޮތުން ކަސްޓަމްސްގެ ވެރިޔަކަށް އިބްރާހިމް ރަޝާދު ހުންނަވަނިކޮށްވެސް މި ރިފަންޑް ހޯދުމަށް އެދުމުން އެކަމަކީ ކަސްޓަމްސްގެ ޤަވާޢިދު ހުއްދަކުރާ ކަމެއްނޫންކަމަށް އެތައްފަހަރަކު ލިޔުމުން ވަނީ އަންގާފައެވެ. އިތުރަށް ވިދާޅުވޭ

އަދިވެސް ނިންމަންވީ މައުމޫނަށް ކަންކަން ފަހިކޮށްދޭންބާއެވެ؟

Oath with gun30އަހަރު ދުވަހު ޤައުމުގައި ވެރިކަންކުރި މައުމޫން ޢަބްދުލް ޤައްޔޫމްގެ ވެރިކަން ނިމުމަކަށް ގެނައީ ރައީސް މައުމޫނުގެ ޚުދުމުޚުތާރު ވެރިކަމާ އަނިޔާވެރިކަމާ ހެދި ކެތްނުކުރެވިގެން ކުރެވުނު ވަރުގަދަ މަސައްކަތަކުންކަން އަޅުގަނޑުމެން ހަނދާނުން ނެތިދާނެބާއެވެ؟ މައުމޫނުގެ ވެރިކަން ނިމުމަކަށް ގެނައުމުގައި އެތައްބަޔަކު ވަރުގަދަ އަގެއް ދައްކަން ޖެހުނެވެ. މިކަން އެއްކިބާގައި ބާއްވާ މައުމޫނުގެ ވެރިކަމާ މެދު ވިސްނާލާއިރު ވަރަށް ސާފުކޮށް ސާބިތުވާ ކުށްތަކެއް އެބަހުރިކަން ހަނދާން ކުރަންޖެހެއެވެ. މިކަންކަން މިހެން ހުއްޓާ އަދިވެސް މިވާހަކަ ދައްކަނީ އެމަނިކުފާނަށް ދެއްވާނެ ގަދަރަކާ، ޝަރަފާކާ، އިނާޔަތްތަކެއްގެ ވާހަކައެވެ. ތެދެކެވެ. އެއްވެސް މީހަކަށް ނުޙައްޤު އަދަބެއްދީ އިހާނަތް ތެރިކަމެއް ކޮށް ނިކަމެތި ގޮތެއް ހަދައިގެން ނުވާނެއެވެ. އަމުދުން ރައީސް ނާޞިރާމެދު ރައީސް މައުމޫނާއި އޭނާގެ ސަރުކާރުން ކަންކުރެއްވި ފަދައިން ރައީސް މައުމޫނާމެދު މިއަދުގެ ރައީސް ނަޝީދުގެ ސަރުކާރުން ކަންކުރައްވައިގެން ނުވާނެއެވެ. އިތުރަށް ވިދާޅުވޭ

ރާއްޖޭގެ އުތުރާއި ދެކުނު ސްޓޭޓް މިނިސްޓަރުންގެ ބެލުމުގެދަށުން ހިންގެވުމަށް ސަރުކާރުން ދޫކޮށްލައްވަނީ

Anni and Gasimލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުމަށް ރާއްޖޭގެ އެންމެ އުތުރުން ހިމެނޭ ހއ.އަތޮޅާއި ހދ.އަތޮޅުގެ އިތުރުން، ރާއްޖޭގެ އެންމެދެކުނުން ހިމެނޭ އައްޑުއަތޮޅާއި ފުވައްމުލައް ހިމެނޭގޮތަށް އުތުރާއި ދެކުނުން ދެސަރަހައްދެއް ކަނޑައަޅައި، އެސަރަހައްދުތަކުގެ ހިންގުން ދެސްޓޭޓް މިނިސްޓަރެއްގެ ބެލުމުގެދަށުން ކުރިއަށްގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު، އަންނިއާއި އެމަނިކުފާނުގެ ކެބިނެޓުން ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވިކަން ރައީސުލްޖުމްހޫރިއްޔާއާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބް މުހައްމަދު ވަހީދު ހަސަން މަނިކް އަދި ހޯމް މިނިސްޓަރ ޤާސިމް އިބްރާހިމްވަނީ، މިއަދު ހަވީރު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށްފަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިއުލާންކުރައްވާފައެވެ. އިތުރަށް ވިދާޅުވޭ

8 މެމްބަރުންގެ މައްސަލާގައި ޑީއާރްޕީން ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައި ނުގަތުމުން ހައިކޯޓަށް ހުށަހަޅަނީ

ރައްޔިތުންގެ މަޖިލީހަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ އެއްވެސް މެންބަރަކު ވަކި ނުކުރެވޭނެ ކަމަށް ބުނެ ޑީއާރުޕީގެ ތިން މެންބަރަކު ހުށަހެޅި ދައުވާ, ސުޕްރީމް ކޯޓުން ބަލައި ނުގަނެ ފޮނުވާލުމުން އެމައްސަލަ ހައިކޯޓަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް އެތިންމެންބަރުންގެ ތެރޭގައި ހިމެނޭ އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ. އިތުރަށް ވިދާޅުވޭ

Sunday 16 November 2008

ވަޢުދުތަކާއި ހުވަފެންތަކުގައި ޙަޤީޤީ ކުލަ ޖެހެނީ

firday prayer ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަޤާމާ އަލްފާޟިލު މުޙައްމަދު ނަޝީދު ޙަވާލުވެ ވަޑައިގެންނެވި ދުވަހުން ފެށިގެން އެމަނިކުފާނު ކެމްޕޭންގެ ތެރޭގައްޔާއި އޭގެ މާކުރިންވެސް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމުގެ ޢަލަމާތްތައް ދަނީފެންނަމުންނެވެ.

މައުމޫނު ޢަބްދުލް ޤައްޔޫމުގެ ޚުދުމުޚުތާރު ސަރުކާރުގެ ޒަމާނުގައި ދިވެހިންގެ ހިތްތަކުން ބަލިކަށިކޮށް، ނެތިކޮށްލަން މަސައްކަތް ކޮށްފައިވާ އިސްލާމީ ޢަޤީދާ އަލުން ވަރުގަދަކޮށް ދިވެހިންގެ ހިތްތަކުގައި ދީނީ ރޫޙު އަލާކުރުމަށް ކުރެވެން ހުރި ހުރިހައި މަސައްކަތްތަކެއް ކުރައްވާނެކަމަށް މިހާރުގެ ސަރުކާރުން ވެފައިވާ ވަޢުދު ފުއްދުމަށް މަސައްކަތް ކުރަމުންދާ ކަމުގެ އަލިގަދަ ހެކިތައް މިހާރު މިދަނީ ފެންނަމުންނެވެ. ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލު މުޙައްމަދު ނަޝީދު މަޤާމާ ޙަވާލުވެވަޑައިންނެވި ފަހުން އައި ފުރަތަމަ ހުކުރު ދުވަހުގެ ހުކުރުނަމާދުގައި ޒަމާނުއްސުރެ ޚުޠުބާ ކިޔަމުން އައިގޮތް ބަދަލު ކުރައްވައި، ރައީސް އޮފީހުން ފާސްކުރައްވަފައިވާ ޚުޠުބާއެއް ފިޔަވައި އަމިއްލައަށް ޒަމާނާ ޙާލަތާ ގުޅޭގޮތުން ޚުޠުބާ ވިދާޅުވުމުގެ ޤާބިލުކަން ހުރި ބޭފުޅުންނަށް ޚުޠުބާ ވިދާޅުވުމުގެ ފުރުޞަތުވަނީ ހުޅުއްވާލައްވައިފައެވެ. އިތުރަށް ވިދާޅުވޭ

ކޮލެޖްގެ ގޮންޖެހުންތަކަށް ހައްލު ހޯދައިދޭން ޖެހިފައި

college ޔުނިވާސިޓީއެއްގެ ހުވަފެން ދިވެހިން ދެކެމުން އަންނަތާ އަހަރުތަކެއް ވެއްޖެ އެވެ. ނަމަވެސް އެކަން އަދި އެވަނީ ފުރިހަމަ ނުވެއެވެ. އެ ހުވަފެން ތައުބީރުވެ, އަޅުގަނޑުމެންގެ ލޯމަތީ ދިވެހި ދަރިން, މި ގައުމުގައި ތިބެ, ޔުނިވާސިޓީ ތައުލީމް ހާސިލް ކުރަމުންދާތަން ދެކުމާ ހަމައަށްވެސް ކުރަންޖެހިފައިވާ ކަންތައްތަކެއް އެބަހުއްޓެވެ. އޭގެ ތެރެއިން އެންމެ މުހިންމު އެއް ކަމަކީ ޔުނިވާސިޓީއަށް ދާން އޮތް ” ކޮލެޖް“ މަގުގެ އަޑިގުޑަންތައް ފިލުވާ ފަސޭހައިން ދަތުރު ކުރެވޭނެ މަގެއްކަމުގައި އެމަގު ހެދުމެވެ. އެކަން ކުރެވޭނީ ކޮލަޖަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައި ދީގެން ނެވެ. އިތުރަށް ވިދާޅުވޭ

މޯލްޑިވުސް ނޭޝަނަލް ކޮންގްރެސް ޕާޓީގެ ލިސްޓްގައި ބޮޑެތި އޮޅުވާލުންތައް

ސިޔާސީ ޕާޓީތަކުގެ ދަފުތަރު ފުރަތަމަ ފަހަރަށް އިލެކްސަން ކޮމިޝަނުން އިއުލާންކޮށް އެ ކޮމިޝަނުގެ ވެބްސައިޓުން އެކަން ބެލޭގޮތަށް މިހާރު ހަމަޖެހިފައިވާތީ އަޅުގަނޑު އިލެކްސަން ކޮމިޝަނުގެ ވެބްސައިޓަށް ވަދެ އައިޑީ ކާޑް ނަމްބަރު ޖަހާލުމުން އަޅުގަނޑު ރަޖިސްޓްރީވެފައިވަނީ މޯލްޑިވިއަން ނޭސަނަލް ކޮންގްރެސް ޕާޓީގައެވެ. އަޅުގަނޑު މިވީހާތަނަށް އަދި އެއްވެސް ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީވުމަށް ފޯމްފުރާފައި ނުވާއިރު ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި އަޅުގަނޑު ނަންހިމެނިފައި އޮތުމުން ލިބުނީ ކުއްލި ސިހުމެކެވެ. ވާނީވެސް އެހެންތާއެވެ. އެ ޕާޓީއެއްގައި ރަޖިސްޓްރީވުމަށް ހިތައްވެސް ނާރާ އަދި ދުވަހަކު ކޮޅުންވެސް އެޕާޓީއެއްގައި ރަޖިސްޓްރީ ނުވާނެ ޕާޓީއެއްގެ ރަޖިސްޓްރީގައި އަޅުގަނޑުގެ ނަން އޮތުމަކީ ލިބުނު ސިހުމަށްވުރެ ރުޅިވެރިކަން އިންތިހާއަށް ދިޔަކަމެކެވެ. އިތުރަށް ވިދާޅުވޭ

އައު ސަރުކާރާ ހަވާލުވީ ތީމުގޭގެ ތޮށިގަޑު ހެއްޔެވެ؟

police ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔަތުގެ ރައީސުލް ޖުމްހޫރިއްޔާގެ މަގާމު 10 އަހަރުވަންދެން އަދާކުރެއްވުމަށްފަހު، ސުމުއްވުލް އަމީރު އިބްރާހީމް ނާސިރު، ރަންނަބަނޑޭރި ކިލެގެފާނު (ނ،ޣ،ޢ.ވ) އެމަގާމުން އިސްތިއުފާ ދެއްވާ މަގާމުން ދުރުވެވަޑައިގަތީ އެމަނިކުފާނު ވެރިކަމުގައި ހުންނެވުމަށް ރައްޔިތުންގެ މަޖިލިހުން އެދެމުން ދަނިކޮށެވެ. ރާއްޖޭގައި ކުޑަދުވަސްކޮޅަކު އުޅުއްވުމަށްފަހު އެމަނިކުފާނު ސިންގަޕޫރަށް ފުރާވަޑައި ގަތުމުން، އެހިގާދިޔަ ކަންތައްގަޑަކީ އެކަމުގެ އަޑީގައި ބަޔަކުތިބެގެން، ހިންގުނު މުޑުދާރު ޢަމަލެއްކަމުގައި ގިނަބަޔަކު ގަބޫލުކުރެއެވެ. ނާސިރު ވެރިކަމުން އިތުރަށް ވިދާޅުވޭ

އަންނަ އަހަރުން ފެށިގެން ސްޕެޝަލް އޮޕަރޭޝަން ކޮމާންޑްގެ ފުލުހުން ހަތިޔާރު ގެންގުޅެން ފަށަނީ

police މިކަން ހާމަ ކޮށްފައި ވަނީ ރިޔާސީ އިންތިޚާބްގައި ވާދަ ކުރެއްވި ފަރާތްތަކާއި ދައުލަތުގެ އިއްޒަތްތެރިންނާއި އެބޭފުޅުންގެ ގެކޮޅުގެ ސަލާމަތީ ކަންތައް ބެލެހެއްޓުމުގައި ހަރަކާތްތެރިވި ފުލުހުންނަށް އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ހަދާނީ ލިޔުން ދިނުމަށްޓަކައި ޝަހީދު ހުސައިން އާދަމް ބިލްޑިންގުގައި ބޭއްވި ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބުދުﷲ ރިޔާޒު އެވެ. އިތުރަށް ވިދާޅުވޭ

Saturday 15 November 2008

ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި އެޕާޓީގެ މެމްބަރުންގެ ނަން ހިމަނަނީ އެޕާޓީއަކުން އިލެކްޝަންސް ކޮމިޝަނަށް އެނަމެއް ހުށަހެޅުމުންނެވެ.

އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓްގައި ބުނާ ގޮތުން ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި އެޕާޓީގެ މެމްބަރުންގެ ނަން ހިމަނަނީ އެޕާޓީއަކުން އިލެކްޝަންސް ކޮމިޝަނަށް އެނަމެއް ހުށަހެޅުމުންނެވެ.

އިލެކްޝަންސް ކޮމިޝަނުގެ ސައިޓަށް ވަދެ އައިޑީ ކާޑް ނަމްބަރު ޖަހާ ލުމާއެކު އެގުނީ އަހަރެންނަކީ މޯލްޑިވްސް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެސްޑީޕީ) އަށް ރަޖިސްޓްރީ ވެފައިވާ މީހެއްކަމެވެ. އެއްވެސް ސިޔާސީ ޕާޓީ އަކަށް ސޮއި ނުކޮށް އަދި އަޑީކާޑްގެ ކޮޕީއަކާ ވެސް ނުލައި ސިޔާސީ ޕާޓީ އަކަށް ވަދެވިފައިވާކަމީ އަޖާއިބެއްފަދަކަމެކެވެ. ޕާޓީތަކުގެ ރަޖިސްޓްރީ ބައްލަވާ

އައު ސަރުކާރުގެ ހިންގުން ވަޒީރުންގެ ބެލުމުގެދަށުން މިއަދު ކުރިއަށްދާން ފަށައިފި

ކުރީގެ ރައީސް، މައުމޫން އަބްދުލްގައްޔޫމްގެ ޒައާމަތުގައި 22 މިނިސްޓްރީ ހުރިއިރު އައު ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ މިނިސްޓްރީގެތަކުގެ އަދަދުވަނީ ޚރަދުކުޑަ ކުރެއްވުމުގެގޮތުން 14 އަށް ތިރިކޮށްފައެވެ. މީގެކުރިން ތިންހަތަރު މިނިސްޓްރީން ކުރަމުން އައި މަސައްކަތްވެސްވަނީ އެންމެ މިނިސްޓްރީއެއްގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އިތުރަށް ވިދާޅުވޭ

Friday 14 November 2008

ރާއްޖެ އަޑިޔަށްދިއުމާއިގުޅޭގޮތުން ރައީސް ނަޝީދު ދައްކަވާ ވާހަކަތަކުގައި ވަރަށްބޮޑެތި އޮޅުންތަކެއް އެބަހުރިކަމަށް ތިމާވެށީގެ ބައްޕަ މައުމޫންގެ ޕާޓީން ބުނެފި

Gayyum ރާއްޖޭގެ ތިމާވެށްޓަށް ކުރިމަތިވެދާނެ ނުރައްކާތަކާއި ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުހައްމަދު ނަޝީދު، އަންނި ވިދާޅުވިކަމަށް އިނގިރޭސިވިލާތުގެ ނޫހެއްކަމަށްވާ "ގާރޑިއަން"ގައި ޝާއިއުކޮށްފައިވާ ޚަބަރުގައްޔާއި އެނޫންވެސް ބޭރުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ފަތުރަމުންދާ ޚަބަރުތަކުގައި، ވަރަށްބޮޑެތި އޮޅުންތަކެއް އެބަހުރިކަމަށް ކުރީގެ ރައީސް އަދި ބައިނަލްއަގްވާމީ ދުނިޔޭގައި ރާއްޖޭގެ ތިމާވެއްޓާއިބެހޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަ ދައްކަވާފައިވާ މައުމޫން އަބްދުލްގައްޔޫމްގެ ޕާޓީ، ޑީއާރްޕީން ބުނެފިއެވެ. ޑީއާރްޕީން ރައީސް ނަޝީދު ދައްކަވާފައިވާ ވާހަކަތަކާއިމެދު ކަންބޮޑުވުން ފާޅުކޮށްފައިވަނީ އިއްޔެ ނެރުނު ނޫސްބަޔާނެއްގައެވެ. އިތުރަށް ވިދާޅުވޭ

މޮއިހިރަށްގޮސް އޮބަމުންދާ، މައުމޫނު ސަރުކާރުގެ މަލަމަތި ފެންނަނީ، މިޒަމާނުގެ ސަރުކާރެއްގެ ސިފައިގައިހެއްޔެވެ. ނޫނީ މޮޑެފައިވާ ފަތުމައްސުނި ގަނޑެއްގެ ސިފައިގައި ހެއްޔެވެ.

Gayyum ތިރީސްއަހަރުވަންދެން މެދުނުކެނޑި ޤައުމެެއްގެ ބާރުތައް ޖަމާކޮށް ތަންފީޒު ކުރަމުންދިޔަ ވެރިޔަކު، ދައުރުގެ އެންމެ ފަހު ސިކުންތުގައި ޑިމޮކްރަސީއަށް ބުމަ އަރުވާލުމަކީ، އޭނާ ޑިމޮކްރަސީގެ ލީޑަރަށްވާ ކަމެއްކަމަށްވަންޏާ ފިރުޢައުނުވާނީ މުސްލިމަކަށެވެ. މިއަދު، ދިވެހީން މިދެކެނީ އެމަންޒަރެވެ. ޑިމޮކްރަސީގެ ލީޑަރަކީ ކާކުކަން ބަޔަކަށް އޮޅިފައިވިޔަސް، ރާއްޖޭގެ އާބާދީގެ މެޖޯރިޓީއަށް އެކަމެއް ނޯޅެއެވެ. ޑިމޮކްރަސީގެ ލީޑަރަށް އެމެޖޯރިޓީ އެވަނީ އާއެކޭ ބުނެފައެވެ. އޮބަމުން މޮއިހިރަށްގޮސް ގެއްލެމުން އެދަނީ، ދިވެހިރައްޔިތުންގެ މެޖޯރިޓީ ނޫނެކޭ ބުނި ސަރުކާރެވެ. އިތުރަށް ވިދާޅުވޭ

އެއް މިނިސްޓްރީއަކަށް ތިން ސްޓޭޓް މިނިސްޓަރަކު ހިމެނޭ ގޮތަށް 14 ސްޓޭޓް މިނިސްޓަރުންނާއި މިނިސްޓަރުންގެ ނާއިބު ކަމަށް ތިން ބޭފުޅަކު ހަމަޖައްސަވައިފި

ސްޓޭޓް މިނިސްޓަރ ފޮރ ފިޝަރީޒް އެންޑް އެގްރިކަލްޗާގެ މަގާމަށް ތިން ބޭފުޅަކު އަންޔަންކޮށް ޖުމްލަ 14 ސްޓޭޓް މިނިސްޓަރުންނާއި މިނިސްޓަރުންގެ ނާއިބު ކަމަށް ތިން ބޭފުޅަކު ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ހަމަޖައްސަވައިފި އެވެ.

ސްޓޭޓް މިނިސްޓަރ ފޮރ ފިޝަރީޒް އެންޑް އެގްރިކަލްޗާގެ މަގާމަށް ހަމަޖެއްސެވި ތިން ބޭފުޅުންނަކީ ސަރުކާރުން ހިންގަވާ މަސްކުންފުނި މިފްކޯގެ މެނޭޖިންގ ޑިރެކްޓަރެއްގެ މަގާމުގައި ހުންނަވަނިކޮށް މައުމޫނުގެ ސަރުކާރުން ފަހު ވަގުތު ބޭރު ކުރެއްވި އާދިލް ސަލީމް ހ. މާދިލް އާއި ފިޝަރީޒް މިނިސްޓްރީގެ އިސް މަގާމެއްގައި ހުންނެވުމަށް ފަހު އިސްތިއުފާ ދެއްވައި ސިޔާސީ ހަޔާތާއި ގުޅިވަޑައިގެންނެވި ޑރ.ހުސައިން ރަޝީދު ހަސަންއާއި ޑރ. މުހައްމަދު އަލީ, މއ. ޕެނަމާގެއެވެ. އިތުރަށް ވިދާޅުވޭ

ހައްގު ހޯދަން އެމްޑީޕީން ޖެހިބެރު ޑީއާރުޕީންވެސް ޖަހަނީ

DRP ”ދެން މިއުޅޭ ގޮތެއް. މަގު މައްޗަށް ނިކުމެ ކުނި ހުތުރު ގޮވާ އާއްމުންނަށް އުނދަގޫކޮށް. ވެރިކަމާ ހެދި އުޅުނަސް އެއީ ދެން ފުކެއް ބޮޑުވަރު“ އެމްޑީޕީއަށް ނިސްބަތްވާ ބަޔަކު މައުމޫނުގެ ސަރުކާރާމެދު ހިތްހަމަ ނުޖެހިގެން އެއްވި އެއްވުމަކަ ނުރުހުންވި މީހަކު ބުންޏެވެ. އެމީހަކީ ޑީއާރުޕީއަށް ނިސްބަތްވާ މީހެއްކަން އެޕާޓީން ބޭއްވި ކޮންގްރެސް ތެރެއިން ފެނުނީމަ ފަހުން އެނގުނެވެ.

މައުމޫނުގެ ސަރުކާރު ނިމުމަކަށް ގެނައުމަށްޓަކައި އިދިކޮޅު އެމްޑީޕީން ކުޅުނު އެންމެ ބޮޑު އެއްކުޅިއަކީ މަގުމައްޗަށް ނިކުތުމެވެ. މުޒާހަރާ ކުރުމެވެ. ސީދާ ހަރަކާތް ހިންގުމެވެ. އިތުރަށް ވިދާޅުވޭ

ސަންދާނު 105 ނިކުމެއްޖެ

Sandhaanu 105 ރައީސުލް ޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ ވަޒީރުންގެ މަޖިލިސް އަދި 30 އަހަރުގެ އަނިޔާއަށްފަހު ދިވެހިން އަނެއްދިވެހިރާއްޖެއަށް މިކުޅަދަތުރުގެ ގިނަގުނަ ޚަބަރުތަށް މިއިޝިޢުގައި ވެއެވެ. ގިނަ ފޮތްފިހާރަތަކުން މިހާރު ވިކެމުން ދަނީއެވެ.
ޝުރުޚިތަކުގެ ތެރޭގައި:
ހިމޭން އިންގިލާބަށް މަރުޙަބާ - އިލްޔާސް ޙުސެއިން އިބްރާހިމް
މައުމޫނުގެ އެރުމާއި ވެއްޓުން - ޝަފީގްބެ
ރައްޔިތުން މައުމޫނު ގަބޫލުނުކުރީ 30 އަހަރުވުމަކުން ނޫން!
30 އަހަރުގެ ވެރިކަން މިއަދު ނިމުނީއެވެ.
އަނެއް ދިވެހިރާއްޖެއަށް މަރުޙަބާ
އަމިއްލަ އެދުމެއްނެތެވެ. އެހެނަސް...

Thursday 13 November 2008

Advertise on New Dhivehi Observer

advertise on New Dhivehi Observer The site provides opportunities to promote your business, products or services online to our visitors.

Boasting over 35,000 unique visitors daily (and increasing), New Dhivehi Observer is offering a limited number of advertisers the opportunity to advertise in up to three standard position within the site.

To find out how to advertise on New Dhivehi Observer please email us to info@NewDhivehiObserver.com

އާ ސަރުކާރުން އެންމެ އިސްކަމެއް ދޭންޖެހިފައިވަނީ އިގްތިސާދު ފުޅާކުރުމަށް

Maldives Economy ދިވެހި ރާއްޖޭގެ އިސްލާހު ކުރެވުނު ގާނޫނޫ އާސާސީގެ ދަށުން މިއަދު ހުވާކުރެއްވި ސަރުކާރަށް ދިމާވާނެ އެންމެ ބޮޑު ގޮންޖެހުން ކަމުގައި ބެލިވިފައި ވަނީ ދުނިޔެއާއި ރާއްޖެއަށް ކުރިމަތިވެފައިވާ އިގުތިސާދީ ހަލަބޮލިކަމުގެ ތެރެއިން ރާއްޖެ އަމާން ބަނދަރަކަށް ގެންގޮސް ދިނުމެވެ.

ރާއްޖޭގެ އިގުތިސާދު މައިގަނޑު ގޮތެއްގައި ބިނާވެފައި ވަނީ ޓޫރިޒަމް ދާއިރާގެ މައްޗަށެވެ. އެހެން ނަމަވެސް މަސްވެރިކަމާއި ކޮންސްޓްރަކްޝަން އަދި ވިޔަފާރި ކުރުން މިއީވެސް މުސްތަގުބަލުގައި ރާއްޖޭގައި ކުރިއެރުވޭނެ އަދި ކުރިއަރާނެ ދާއިރާތަކެވެ. ރާއްޖެއަށް ފަހަކަށް އައިސް ދިމާވެފައިވާ އިގުތިސާދީ ދަތިތަކާ ދިމާވެފައި ވަނީ މިއަދު ދިވެހިންގެ ސަރުކާރު ދޫކޮށްފައިވާ ވެރިންގެ އިގުތިސާދީ ސިޔާސަތުގައި މިފަދަ ދާއިރާތަކަށް އަޅާލުމުގެ ބަދަލުގައި އެދާއިރާތަކަށް އުދަނގޫކޮށް ޖެއްސުން ކުރުމުގެ ސިޔާސަތެއް ގެންގުޅެވިފައިވާތީ އެވެ. ރާއްޖޭގެ ގިނަ ބައެއްގެ ދުލުން އިވެމުން ނުދިޔަ ނަމަވެސް އެގައުމެއްގެ އިގުތިސާދު ކުރިއަރުވައި ފަހަތަށް ވެއްޓުނަ ނުދިނުމަށް ކުރެވެން ޖެހޭ އެންމެ މައިގަނޑު މަސައްކަތަކީ ވަޒީފާގެ ބާޒާރު ހަމަހަމަކޮށް ހިފެހެއްޓުމެވެ. އިތުރަށް ވިދާޅުވޭ

ރައްޔިތުންގެ މަޖިލީހަށް ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ 8 މެންބަރުންގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި

img54321 ރައްޔިތުންގެ މަޖިލީހަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫނު އަބުދުލް ގައްޔޫމް އައްޔަން ކުރެއްވި 8 މެމްބަރުން ވަކިކުރައްވާ އެގޮނޑިތަކަށް 8 މެންބަރަކު އިއްޔެ އައްޔަން ކުރެއްވުމާއި ގުޅިގެން ޑީއާރުޕީގެ ފަރާތުން އެމައްސަލަ ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅައިފިއެވެ.

ދަރުބާރުގެ ފަންސަވީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑީއާރުޕީގެ ފަރާތުން ދީނާ ސޯލިހު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީ ލިބިދީފައި ނުވާ ބާރުތަކެއް މުހައްމަދު ނަޝީދު ބޭނުންކުރައްވާފައިވާ ކަމަށެވެ. އަދި ޤާނޫނު އަސާސީގެ އިންތިގާލީ ބާބުގައި އޮންނަ ގޮތުން ޤާނޫނު އަސާސީ ތަސްދީގު ކުރާ ދުވަހު ދެމިއޮންނަ ރައްޔިތުންގެ މަޖިލިސް މިއަންނަ ފެބްރުއަރީ މަހު އާ މަޖިލީހެއް އިންތިޚާބްކޮށް ނިމެންދެން ދެމިއޮންނާނެކަމަށް ވެސް ދީނާ ވިދާޅުވިއެވެ. އެގޮތުން މިއަހަރުގެ އޯގަސްޓް 7ވަނަ ދުވަހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ވަކިކޮށް އެމަޖިލީހަށް މެމްބަރަކު އައްޔަން ކުރުމަކީ ގާނޫނު އަސާސީއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރެއް ނޫންކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ. އިތުރަށް ވިދާޅުވޭ

24 countries from around the world are visiting
New Dhivehi Observer!

NDO visitor map

ކަސްޓަމްސް އޮޑިޓް ސެކްޝަންގެ ހުރިހާ މުއްއްޒަފުން ބަދަލުކުރުން..

އާ ސަރުކާރަކީ ޤައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާ ކުރަނިވިގޮތަކަށް އެކުލަވާލެވިގެން ހިންގޭ ސަރުކާރަކަށް ހަދަންޖެހޭނެއެވެ. މިގޮތުން މިވަޤުތު ސަރުކާރުގެ އެކި އެކި މުއައްސަސާތަކުގައި ކަންތައް ތައް ހުރި ނެތްގޮތާމެދު ވިސްނާލަންޖެހެއެވެ.

ސަރުކާރުގެ މުހިންމު މުއައްސަސާތަކުގެ ތެރެއިން މޯލްޑިވްސް ކަސްޓަމްސްއާމެދު ވިސްނާލާނަމެވެ. މޯލްޑިވްސް ކަސްޓަމްސްއަކީ މުހިންމު މުއައްސަސާއެއް ނަމަވެސް ވޭތުވެ ދިޔަތަނަށް ބަލާނަމަ ކޮރަޕްޝަން އިންތިހާއަށް އޮތްތަނެކެވެ. ސިޔާސީ ޕާޓީތައް ތަޢާރަފް ވުމާއެކު އެންމެ ގިނަ ތަފާތުކުރުން އެއްތަނެއްގެ ތެރެއިން އެއް މުއްއްސަސާއަކީވެސް މޯލްޑިވްސް ކަސްޓަމްސްއެވެ. ކަންތައްތައް ބަދަލުވަމުން ބަދަލުވަމުން ގޮސް އެންމެ ފަހުގެ މަރުޙަލާއަށް ދިޔައިރުވެސް މައުމޫނުގެ ސަރުކާރާ އިދިކޮޅ އިތުރަށް ވިދާޅުވޭ

އެންޑީއޯއަށް ފޮޓޯ އާއި ވީޑިއޯ އަދި ލިޔުން ފޮނުވާނީ ކިހިނެތް؟

ތިޔަބޭފުޅުން ފޮނުވާ ފޮޓޯތަކާއި ލިޔުންތަކަށް އެންޑީއޯއިން މަރުޙަބާ ކިޔަމެވެ. ޙާދިސާއެއް ނުވަތަ ކަމެއް ހިނގާ ވަގުތު އެންޑީއޯގެ ނޫސްވެރިއެއް ނުވަތަ ފޮޓޯގްރާފެއް އެތަނެއްގައި ނެތުމަކީ އެކަށީގެންވާ ކަމެކެވެ. އެފަދަ ވަގުތެއްގައި ތިޔައިން ކޮންމެ ބޭފުޅަކީވެސް ނޫސްވެރިއެއް ނުވަތަ ފޮޓޯގްރާފަރެއް ކަމުގައި ވެވިދާނެއެވެ. މިގޮތުން ތިޔަބޭފުޅުން ފޮނުވާ ފޮޓޯ އާއި ލިޔުންތައް މިވެބްސައިޓުގައި ޝާއިއު ކުރެވިދާނެއެވެ. ފޮޓޯ ފޮނުވާއިރު ފޮޓޯނެގި ތަނާއި އަދި ފޮޓޯގެ ތައާރަފެއް ވަރަށް މުހިންމެވެ. ފޮޓޯ އަދި ލިޔުންތައް އީމެއިލް ކުރައްވާނީ ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

info@NewDhivehiObserver.com

Welcome

Tell A Friend

Do you like this site? Help us spread word about New Dhivehi Observer by telling all your friends and family members about us!

Link to New Dhivehi Observer

We are always very appreciate of webmasters linking back to New Dhivehi Observer. http://www.newdhivehiobserver.com . Thanks for your show of support!

Do you have the right font installed?

Please click here to download the "Mv Iyyu Formal" font to view this site properly. If you are having problem with installing the font please let us know by email and we will be happy to help you. Our email address is info@NewDhivehiObserver.com

To do list

ރައީސް މައުމޫނަށް މައާފްކޮށް އެއްވެސް ފަރާތަކުން އެމަނިކްފާނާއި ދޭތެރޭ ދެރަގޮތަކަށް ކަންތައް ނުކުރުމަށް އަންނި ވިދާޅުވެއްޖެ.

Gulzar

Broken Links

If you see any broken link please let us know by email and we will fix as soon as possible. Our email address is info@NewDhivehiObserver.com
Thank you.