Advertisement

Please click here to download the required font package to view this site properly

Wednesday 12 November 2008

Nasheed Huvaa Kurun

If the album has not loaded within 20 seconds, please Click Here to download the latest version of Adobe's Flash Player.

ކުރީގެ ރައީސްގެ 8 މެމްބަރުން މަޖިލީހުން ވަކިކޮށް, އާ ރައީސްގެ 7 މެމްބަރަކު މަޖިލީހަށް އައްޔަންކޮށްފި

ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ, ކުރީގެ ރައީސް އަލްއުސްތާޒު މައުމޫނޫ ޢަބްދުލް ޤައްޔޫމް އައްޔަން ކުރައްވަފައިވާ 8 މެންބަރުން ވަކިކުރައްވާ އެމަގާމަށް މިހާރުގެ ރައީސް މުހައްމަދު ނަޝީދުގެ 7 މެންބަރަކު މިއަދު އައްޔަން ކުރައްވައިފިއެވެ.
މިއަދު މެންދުރުފަހު 3 ޖެހިއިރު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މިރަސްމިއްޔާތުގައި އަލަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާ ހަވާލުވެވަޑައިގެންނެވި މެންބަރުން ވަނީ މެންބަރުކަމުގެ ހުވާ ކުރައްވާފައެވެ. ހުވާ ކުރެއްވި މެންބަރުންނަކީ މ އުނިމާގޭ އަހުމަދު އާދިލް (އެމްޑީޕީ), ގ ހިލްމަން އަހުމަދު ހަލީމް (އެމްޑީޕީ), ގއ ނިލަންދޫ ފޫޅުމާގޭ މުހައްމަދު ރިޔާޒް (އެމްޑީޕީ), މ ޖަވާހިރުވާދީ މުހައްމަދު ރަޝީދު ހުސައިން (އެމްޑީޕީ), މ ފީރޯޒްވިލާ, އަހުމަދު ސަމީރު (ޖުމްހޫރީ ޕާޓީ), ސ ހުޅުދޫ ދެތަނޑިމާގޭ އިބްރާހީމް ހަމީދު (ޤައުމީ އިއްތިހާދު) އަދި ހއ ތަކަންދޫ ގުލާބީގޭ އަހުމަދު ޢަބްދުﷲ (އެމްޑީޕީ) އެވެ. އިތުރަށް ވިދާޅުވޭ

Anni

އަންނި: ދެކުނު އޭޝިޔާގެ އެންމެ ޒުވާން ރައީސް

މދެކުނު އޭޝިއާގެ ގައުމުތަކުގައި ޒަމާނުއްސުރެ ކުރަމުން އައި ރަސްކަން ނިމި ޖުމްހޫރިއްޔަތުގެ އިރު ގައުމުތަކަށް އެރިތާ އަހަރުތަކެއް ވެއްޖެ އެވެ. ޑިމޮކްރަސީގެ ޚިޔާލާއި ފިކުރު, ގައުމުތަކުގައި މުޑުވައް ކުރެވެމުންދާތާ ދުވަސްތަކެއް ވެއްޖެ އެވެ. އެހެން ނަމަވެސް ބޫޓާންގައި އަދިވެސް އޮތީ ރަސްކަމެވެ. ދެކުނު އޭޝިއާގައި ރަސްކަން އޮތް ހަމައެކަނި ގައުމަކީ އެއީ އެވެ. އެނޫން ގައުމުތަކުގައި ޑިމޮކްރަސީ ގާއިމްވެ, ޒައީމުންނާއި ރައީސުންނާއި ބޮޑުވަޒީރުން ގައުމުތަކުގައި އެބަތިއްބެވި އެވެ. އެބޭބޭފުޅުންގެ ތެރޭގައި ޒުވާން ލީޑަރުންނާއި ދުވަސްވީ ބޭބޭފުޅުންވެސް އެބަތިއްބެވި އެވެ.
މުޅި ދެކުނު އޭޝިއާ އަށް ވިސްނާލާއިރު މިވަގުތު ހުންނެވި އެންމެ ޒުވާން ރައީސަކީ ރާއްޖޭގެ ރައީސްކަމަށް އިންތީޚާބު ކުރެވި, މިއަދު ހުވާކުރެއްވި ގ.ކެނެރީގޭ މުހަންމަދު ނަޝީދު (އަންނި) އެވެ. ދެކުނު އޭޝިޔާގެ ރައީސުންނަށް ބަލާއިރު ރައީސުންގެ އެވްރެޖް އުމުރު އުޅެނީ 69 އަހަރުގަ އެވެ. އަންނިގެ އުމުރަކީ 41 އަހަރެވެ. ދެކުނު އޭޝިޔާގައި މިވަގުތު އުމުރުން އެންމެ ދޮށީ ރައީސަކީ ބަނގުލަދޭޝްގެ ރައީސް އިއާޖުއްދީން އަހުމަދެވެ. އޭނާގެ އުމުރަކީ 77 އަހަރެވެ. އިތުރަށް ވިދާޅުވޭ

minivan
rising sea

Facebook ‘friends’ hijacked in scam

CYBER criminals are hijacking Facebook accounts and trying to con money by posing as friends in need.
They use the victim’s social networking page as if it were their own - then e-mail their friends with a plausible sob story asking for cash.
The con trick is a sophisticated new twist on the spam e-mail from Africa asking for a handout or for bank account details. And last night, it had computer experts warning that popular people with lots of Facebook friends could expect to be targeted. The scam came to light when one Facebook user, Google employee Karina Wells, received a message supposedly from her friend, Adrian.
He said he was stranded in Nigeria and needed $400 for a ticket home
The scammer wrote in good English but used word such as ‘cell phone’ instead of ‘mobile phone’, which made his intended victim suspicious.
‘I pretended that I would help, obtained all the details of where he was and forwarded them to Facebook,’ said Ms Wells, from Sydney.
Another Facebook spam attack gets victims to open a virus by suggesting they have been spotted doing something embarrassing in a photo.
Graham Cluley, of security firm Sophos, said: ‘Facebook has opened people up to a lot of new threats. The more friends you have, the greater the risk.’
Facebook, which has 30,000 Maldivian users, said: ‘Only a small percent-age of users have been affected by recent spam attacks. We are updating our security systems.’

Celebration 11-11-08 at MDP haruge Addu

If the album has not loaded within 20 seconds, please Click Here to download the latest version of Adobe's Flash Player.

ވަޒީފާއާ ބެހޭ ގާނޫނަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާނެކަމަށް އެއްބަސްވުމާ ގުޅިގެން ހަޅުތާލު ހުއްޓާލައިފި

މިދިޔަ އާދިއްތަ ދުވަހު ހެނދުނު 6 ޖެހިއިރު ފެށި މި ހަޅުތާލު ހުއްޓާލާފައި ރޭ 40;6 ގައެވެ. މަނަފަރުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުން ބުނީ ހަޅުތާލު ހުއްޓާލާފައި ވަނީ ރިސޯޓްގެ މެނޭޖުމަންޓުން އެމީހުން ހަޅުތާލު ކުރަމުންދާ ކަންތައްތައް ފުރިހަމަ ކޮށްދިނުމުގެ އިތުރަށް އެރިސޯޓުގައި ހަޅުތާލުކުރި އެއްވެސް މުވައްޒަފަކު އެކަމާ ގުޅިގެން ކަނޑާނުލާނެ ކަމުގެ ލިއުމެއް ދިނުމާއި ގުޅިގެން ނެވެ. އިތުރަށް ވިދާޅުވޭ

METRO (London Local Newspaper - Tuesday, November 11,2008)

rising sea

Maldives 'on move' to flee rising ocean

THE new president of the Maldives has come up with a radical answer to the threat of rising seas – he wants to buy his people a new homeland.
Mohamed Nasheed, who is being sworn in as leader today, said global warming may force the islanders to flee for higher land.
Sri Lanka, India and Australia are all possible locations for new homes, which would be paid for by a ‘sovereign wealth fund’ set up using billions of pounds spent by visitors.
‘We do not want to leave the Maldives but we also do not want to be climate refugees living in tents for decades, ‘said 41-year-old Mr Nasheed.
‘We can do nothing to stop climate change on our own and so we have to buy land elsewhere. It’s an insurance policy for the worst possible outcome.’
The Maldives, home to 300,000 people in the Indian Ocean, is the lowest country in the world with the highest point just 2.5m (8ft) above sea level.
But the UN predicts climate change is likely to raise sea levels by 59cm (23in) by 2100, with many of the islands and atolls likely to disappear.
Tom Picken, head of international climate change at Friends of the Earth, said: ‘The reality is most island states and places like Bangladesh do not have the resources to deal with climate change.’

BY JOEL TAYLOR

ދިވެހިން ވަޒަންވެރިކުރުވަން ބޭރުގައުމުތަކުން ބިންގަންނަން މަސައްކަތްފަށަނީ:

ކަނޑުގެ ލޮނުގަނޑު އުފުލުމުން ކުރިމަތިވާ މައްސަލަތައް ހައްލުނުކުރެވިގެން ދުނިޔޭގެ ގައުމުތަކުގައި ދިވެހިރައްޔިތުންނަކީ ރެފިއުޖީންނަށް ވުމުގެ ފުރުސަތު ނުދެއްވައި އަވަށްޓެރިގައުމަކުން ބިންގަނެގެން ނަމަވެސް ދިވެހި ރައްޔިތުންނަށް ހިޖުރަ ކުރެވޭނެފަދަ އުސޫލުތަކެއްގާއިމުކުރުމަށްޓަކައި ފައިސާ ހޯއްދަވަން މަސައްކަތް ކުރައްވަވާނެކަމުގައި ރައީސް ނަޝީދާއި ހަވާލާދީ ބޭރުގެ މީޑިއާތަކުން ހާމަކުރަމުން އެބަދެއެވެ.

Tuesday 11 November 2008

ދިވެހި ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ޖުމްހޫރިއްޔާއަށް މަރުޙަބާ!

ދިވެހި ޖުމްހޫރިއްޔާގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް، ރައީސުލް ޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުއަށާއި އަދި ނައިބް ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކަށް ނިއު ދިވެހި އޮބްޒަރވަރގެ ފަރާތުން މަރުޙަބާ ދަންނަވަމެވެ. އަދި މި ޤައުމުގައި ޑިމޮކްރެޓިކް ވެރިކަމެއް ޤާއިމް ކޮށްދެއްވުމަށް މަސައްކަތް ކުރެއްވި އެމް.ޑީ.ޕީގެ އިއްތިޙާދަށް ވެސް މަރުޙަބާ ދަންނަވަމެވެ.

ދިވެހި ރާއްޖެ ދުށް މިތާރީޚީ ބަދަލުގެ ޙައްޤު ޝުކުރު ރައްދުވާ ދިވެހި ރައްޔިތުންނަށް ނިއު ދިވެހި އޮބްޒާވަރގެ ފަރާތުން މި އުފާވެރި މުނާސަބަތުގައި ތަހުނިޔާ އަރިސްކުރަމެވެ.

ރައީސުލް ޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ރައީސްކަމުގެ ހުވާކުރައްވައިފި

މިއަދު ހެނދުނު ދަރުބާރުގޭ ރަންނަ ބަނޑޭރި މާލަމުގައި ދިވެހި ރާއްޖޭގެ 2ވަނަ ޖުމްހޫރިއްޔާގެ 3ވަނަ ރައީސުލް ޖުމްހޫރިއްޔާގެ ގޮތުގައި އަލްފާޟިލް މުޙައްމަދު ނަޝީދު މިއަދު ރައީސް ކަމުގެ ހުވާކުރައްވައިފިއެވެ. ހަމަ މިއާއެކު ރައީސުލް ޖުމްހުރިއްޔާގެ ނައިބުގެ ގޮތުގައި ޑރ.މުޙައްމަދު ވަޙީދު ޙުސައިން މަނިކުވެސް މިއަދު ރައީސުލް ޖުމްހޫރިއްޔާގެ ނައިބް ކަމުގެ ހުވާކުރެއްވިއެވެ. ރައްޔިތުންގެ މަޖިލިހުގެ ރައީސް އަލްފާޟިލް މުޙައްމަދު ޝިހާބުގެ ކުރިފުޅުމަތީގައި މަޤާމްގެ ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު އަލްއުޘްތާޛު ޢަބްދުﷲ ސަޢީދުއެވެ.

Anni and Maumoon

ހިތްއެދެނީ މާފްކުރާށޭ .. އެކަމަކު ވަޠަން އެދެނީ އިންސާފު ހޯދަދޭށޭ..

ދިވެހި ފަސްގަނޑުގައި އަށަގެންފައިވީ އަނިޔާވެރި ޚުދުމުޚުތާރު ވެރިކަމަށް ދިވެހިން އަލްވަދާޢު ކިޔައިފިއެވެ. ކުރީގެ ރައީސް މައުމޫނު ޤައުމުގެ ރައްޔިތުންނާ މުޚާޠަބްކޮށް ދެއްވި ވަދާޢީ ޚިޠާބުގައި އެމަނިކުފާނާ ދޭތެރޭ ހިތްހަމަ ނުޖެހޭ ރައްޔިތުންގެ ކިބައިން މަޢާފްކުރެއްވުމަށް އެދި ވަޑއިގަތުމުން ދިވެހި ރައްޔިތުން އެމަނިކުފާނާ ދޭތެރޭ ހަމަ ހިތް ޚަލާޞް ކޮށްފާނެބާއެވެ؟

އަޅުގަނޑުމެން މިދައްކަނީ ރައީސް މައުމޫނާ ދޭތެރޭ އޮތް ޒާތީ ޙަސަދައެއްގެ ވާހަކައެއްނޫނެވެ. ނޫނީ ޒާތީގޮތުން ޖެހިގެން އުޅޭ މައްސަލައެއްގެ ވާހަކައެއްނޫނެވެ. ރައީސް މައުމޫނަށް މަޢާފް ކުރެވެންނެތް އެތައް ސަބަބުތަކެއް އެބަހުއްޓެވެ. ކުރީގެ ރައީސް މައުމޫނު މިޤައުގެ އެތައް ދީނީ ޢިލްމުވެރިންނެއް ޖަލުގައި ހައްޔަރުކުރައްވާ އެބޭކަލުންނަށް ނުޙައްގުން ދިން އަނިޔާތަކަކީ ހަމައެކަނި އެބޭކަލުންގެ ޖިސްމަށް ދިން އަނިޔާއެއްބާއެވެ؟ އެބޭކަލުންގެ އިރުޝާދުތަކުން މިޤައުމުގެ ދަރިންނަށް ފިލާވަޅު ލިބިގަނެވުނުނަމަ މިއަދު މިއިސްލާމީ އުއްމަތް އޮތީހީ އިސްލާމީ ރިވެތި ޘަޤާފަތެއް އޮތް ތަހުޒީބު ޤައުމެއްގެ ގޮތުގައެވެ. އެހެންނަމަވެސް އެފުރުޞަތު ނިގުޅައިގަތުމުން މިއަދު ޤައުމު އޮތްޙާލަތު މިއޮތީ ފެންނާށެވެ. އެމަނިކުފާނު އެ އަނިޔާވެރިވެ ވަޑަގެންނެވީ ހަމައެކަނި މިދެންނެވި އިލްމުވެރިންނަކަށް ނޫނެވެ. އެމަނިކުފާނު އަނިޔާވެރިވެ ވަޑައިގަތީ މި ޤައުމަށް އެކަންޏެއްވެސް ނޫނެވެ. އިސްލާމް ދީނަށްވެސް ނިކަމެތިކަން ދެއްވީއެވެ. އިތުރަށް ވިދާޅުވޭ

Maumoon

އެއްވެސް މީހަކަށް ނުހައްގު ވޭނެއް ތަހައްމަލް ކުރަން ޖެހިފައިވާނަމަ އެ ރައްޔިތެއްގެ އަރިހުން ދީލަތި މައާފަކަށް މައުމޫނު އެދިވަޑައިގެންފި

ރައީސްކަމުގައި ހުންނެވިއިރު, އެއްވެސް މީހަކަށް ނުހައްގު ދެރައެއް, ނުވަތަ ވޭނެއް ތަހައްމަލް ކުރަން ޖެހިފައި ވާނަމަ އެ ރައްޔިތެއްގެ އަރިހުން ދީލަތި މައާފަކަށް 30 އަހަރު ވެރިކަން ކުރެއްވި ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބުދުލް ގައްޔޫމް އެދިވަޑައިގެންފިއެވެ. އިތުރަށް ވިދާޅުވޭ

pension

65 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް އަންނަ ޖެނުއަރީ މަހުން ފެށިގެން 2000ރ ދިނުމަށް އަންނިގެ ސަރުކާރުން ނިންމާފައިފި

ވަތަން އެދޭ އިއްތިހާދުން އެކުލަވާލައިފާ ސަރުކާރުގެ ސިއްހަތާ ބެހޭ ވައުދު ތަކުގެ ތެރެއިން މިހާރުން މިހާރަށް ކުރިއަށްދާ ކަންތައްތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމެއްގައި އަންނި ވިދާޅުވީ ބޭސް ސިޓީއަށް ސަލާން ޖަހަން ނުޖެހޭނެ އިންތިޒާމެއް ހަމަޖައްސަވައިދެވޭނެ ކަމަށެވެ. އެގޮތުން އަޅާ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ޖެނުއަރީ މަހުން ފެށިގެން 65 އަހަރުން މަތީގެ މީހުންނަށް ޕެންޝަނުގެ ގޮތުގައި 2000ރ ދިނުމަށް ނިންމާފައިވާ ކަމަށެވެ. އިތުރަށް ވިދާޅުވޭ

Monday 10 November 2008

ވެރިކަން ބަދަލުވުމާ ގުޅިގެން މިނިވަން ނޫސް މާދަމާއިން ފެށިގެން ހުއްޓަލަނީ

މިނިވަން ނޫހުގެ ޑެޕިއުޓީ އެޑިޓަރ ނާޒިމް އަބުދުއް ސައްތާރު ވިދާޅުވީ ނޫސް ހުއްޓާލުމަށް ކުންފުނީގެ ފަރާތުން ނިންމީ ވެރިކަން ބަދަލުވެ ރާއްޖެއަށް އިސްލާހުތަކެއް އައިސް މިނިވަން ނޫސްވެރިކަމަކަށް މަގުފަހިވެފައިވާތީ ހަރަދު ކުރަމުންދިޔަ ފަރާތުން ނޫހަށް ހަރަދު ކުރުން ހުއްޓާލުމާއި ގުޅިގެން ކަމަށެވެ. އަދި އެއީ ކުއްލި ގޮތަކަށް ނެގި ފިޔަވަޅެއް ކަމަށްވެސް މިހާރުގެ ރައީސް އަންނިގެ ކޮއްކޮ ނާޒިމް ވިދާޅުވި އެވެ. އިތުރަށް ވިދާޅުވޭ

މޯލްޑިވިއަން ފްލައިޓުގައި ދަތުރު ކުރަނިކޮށް ފަސިންޖަރަކު ކުއްލިގޮތަކަށް ނިޔާވެއްޖެ

މިއަދު ހެދުނު ސ.ގަމުން މާލެ ދަތުރު ކުރި އައިލެންޑް އޭވިއޭޝަންގެ މޯލްޑިވިއަން ފްލައިޓުގައި ދަތުރު ކުރި ފަސިންޖަރަކު ވަރަށް ކުއްލިގޮތަކަށް ނިޔާވެއްޖެއެވެ.
އައިލެންޑް އޭވިއޭޝަންގެ ފަރާތުން އިސްމާއީލު ޝުޖާއު މިއަދު ވިދާޅުވިގޮތުގައި އެބޭފުޅުންގެ ބޯޓުގައި ދަތުރު ކުރަނިކޮށް ނިޔާވެފައިވަނީ އަންހެނެކެވެ. އެބޭފުޅާ ވިދާޅުވީ ބޯޓު މާލޭ ބައިނަލް އަގުވާމީ ވައިގެ ބަނދަރަށް ތިރި ކުރުމުގެ 20 މިނިޓް ކުރިން ނޭވާލުމުގައި ދަތިތަކެއް އެމީހާއަށް ދިމާވެގެން ބޯޓުގެ ކުރޫވެސް އެކަމުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ.
”ބޯޓަށް އެރިއިރު އެއީ ނޯމަލް ފަސިންޖަރެއްގެ ގޮތުގަ އެރީ. މާލެއަށް ޖައްސަން 20 މިނިޓަށް ވެފައިވަނިކޮށް ނޭވާލުމުގެ ދަތިތަކެއް ދިމާވެގެން ބޯޓްގެ ކެބިން ކުރޫވެސް އެމީހާއަށް އެޓެންޑްވި. ކަންދިމާ ކުރި ގޮތުން އެވަގުތު ބޯޓުގައި ޑޮކުޓަރެއްވެސް ދަތުރު ކުރި. މާލެ ޖެއްސުމުގެ ކުރިން މަރުވެފައިވާކަމަށް ބުނީވެސް އެޑޮކުޓަރ“ ޝުޖާއު ވިދާޅުވިއެވެ.
އެހެންނަމަވެސް ޝުޖާއު ވިދާޅުވީ އެއީ ކޮންފަސިންޖަރެއްކަމާއި އޭނާގެ އުމުރު ދަންނަވަން ނޭގޭ ކަމަށެވެ.
މިކަމާއި ގުޅިގެން އައިޖީއެމްއެޗްގެ ފަރާތުން ޑރ.އިބްރާޙިމް ޔާސިރު އަހުމަދު ވިދާޅުވީ އެމީހާގެ ހަށިގަނޑު އައިޖީއެމްއެޗާއި ހަމައަށް ގެންދެވުނު އިރުވެސް ވަނީ ނިޔާވެފައިކަމަށެވެ. އަދި އެމީހާ ނިޔާވެފައިވަނީ ބައްޔެއް ޖެހިގެންކަން އެނގިފައިނުވާކަމަށާއި މަރުވާން ދިމާވި ސަބަބުވެސް ނޭގޭކަމަށް ޑރ. ޔާސިރު ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މޯލްޑިވިއަން ފްލައިޓުގައި ދަތުރު ކުރަނިކޮށް ނިޔާވެފައިވަނީ ސ. ހިތަދޫ އަންހެނެކެވެ.

Sunday 9 November 2008

ކުއްލި ޚަބަރު

Strike

ވަޒީފާ އާ ބެހޭ ގާނޫނަށް މެނޭޖްމަންޓުން އަމަލު ނުކުރާ ކަމަށް ބުނެ މަނަފަރު ރިސޯޓުގެ ބައެއް މުވައްޒަފުން ހަޅުތާލުކުރަން ފަށައިފި

ވަޒީފާއާ ބެހޭ ގާނޫނަށް މެނޭޖްމަންޓުން އަމަލުކުރާ ކަމަށް ބުނެ، ހއ. މަނަފަރު ރިސޯޓުގެ ބައެއް މުވައްޒަފުން މަސައްކަތް ހުއްޓާލައި ހަޅުތާލު ކުރަން ފަށައިފި އެވެ.
ހަޅުތާލު ކުރަމުންދާ މުވައްޒަފަކު ނަން ނުޖެހުމަށް އެދެމުން މިއަދު ހެނދުނު ބުނީ އެ ރިސޯޓުގެ ބައެއް ދިވެހިން މަސައްކަތް ހުއްޓާލައި، ހަޅުތާލުކުރަން ފެށީ މިއަދު ހެނދުން ފެށިގެން ކަމަށާއި މުވައްޒަފުން އެދެނީ ވަޒީފާއާ ބެހޭ ގާނޫނަށް އެ ރިސޯޓުން އަމަލުކުރަން ކަމަށެވެ.
"ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހް ގެނެސް ރައީސް ތަސްދީގްކުރެއްވި ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ވެސް ރިސޯޓުގެ ކަމާ ބެހޭ ފަރާތްތަކާ ބައްދަލުކޮށް އެ ގާނޫނުން ލިބިދޭ ހައްގުތައް ހޯދަން މަސައްކަތް ކުރިން. އެހެންނަމަވެސް އެ ފަރާތްތަކުން އެދެވޭ ޖަވާބެއް ނުލިބުމުން ސީދާ ހަރަކާތަށް ނުކުންނަން މަޖުބޫރުވީ،" ރައްޔިތުންގެ މަޖިލީހުގެ ދ. އަތޮޅުގެ މެމްބަރު އަހުމަދު ސިޔާމްގެ މަނަފަރުގެ މުވައްޒަފު ބުންޏެވެ.
ގާތްގަނޑަކަށް 200 ވަރަކަށް ދިވެހި މުއައްޒަފުން މަސައްކަތްކުރާ އެ ރިސޯޓުގައި މިއަދު މެންދުރާ ހަމައަށް ގާތްގަނޑަކަށް ފަންސާހަކަށް މުއައްޒަފުން ހަޅުތާލުގައި ބައިވެރިވެފައިވާ ކަމަށް ވެ އެވެ.
އެ ހަޅުތާލުގައި ބައިވެރިވާ ބައެއް މީހުން ބުނީ ހަޅުތާލު ހުއްޓާލާނީ ޑިރެކްޓަރުންގެ ބޯޑުން އެ މީހުންނަށް އެ ހައްގުތައް ދޭނެ ކަމުގެ ރަސްމީ ލިއުމެއް ހަވާލު ކުރުމުން ކަމަށެވެ.
"ޑިރެކްޓަރުންގެ ބޯޑުގެ ލިއުމެއް ދޭން ޖެހޭނެ ކަމަށް އަޅުގަނޑުމެން ބުނީ. އޭގައި އޮކްޓޯބަރު 13 ވަނަ ދުވަހު އެ ގާނޫނަށް ވެއްދިމަ ކޯޕަރޭޓް ކުރާނަމޭ ބުނެފައި ވާނީ،" މުވައްޒަފަކު ބުންޏެވެ.
އެރިސޯޓުގެ ހިއުމަން ރިސޯސަސް ޑިރެކްޓަރު އަދުނާން އަލީ ވިދާޅުވީ އެ ހަޅުތާލާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅުވާން ބޭނުންނުވާ ކަމަށެވެ.
"މެނޭޖްމަންޓުން އެކަމާ މެދު އެއްވެސް ގޮތެއް ނުނިންމާތީ މިވަގުތު ކޮމެންޓެއް ކުރެވޭކަށް ނެތް،" އޭނާ ވިދާޅުވި އެވެ.
އެ ރިސޯޓުގެ މެނޭޖްމަންޓުން ބުނީ އެ ހަޅުތާލުގައި ބައިވެރިވެފައިވަނީ ވިއްސަކަށް މީހުން ކަމަށެވެ. އަދި އެ މީހުންގެ ފަރާތުން އެއްވެސް ހަމަނުޖެހުމެއް ނުފެންނަ ކަމަށް މެނޭޖްމަންޓުން ބުނެ އެވެ.
އެ ރިސޯޓް ހިންގާ ސަން ޓްރެވަލްސް އެންޑް ޓުއާސްގެ ހިޔުމަން ރިސޯސް މެނޭޖަރު ހަސަން އަހުމަދު ވިދާޅުވީ މަނަފަރުގެ ހަޅުތާލާ ބެހޭ ގޮތުން ރަސްމީ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ.

Anni

ދިވެހިންނަކީ ފައިސާއަށް ވޯޓް ވިއްކާލާނެ ބައެއް ނޫންކަން ދުނިޔެއަށް ސާބިތުކޮށްދީފި

ރައީސްކަމަށް ހޮވިވަޑައިގެން ފަހުން ދެވަނަ ފަހަރަށް ރައްޔިތުންނާއި ބައްދަލުކުރައްވަމުން ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުން ވަރަށް ގިނަ ކަންތައްތަކެއް ދޭހަވެގެންދިޔަ ކަމަށެވެ. އެގޮތުން އެންމެ މުހިއްމު އެއް ކަމަކީ ދިވެހި ރައްޔިތުންނަކީ ޑިމޮކްރަސީއަށް ފައްކާވެފައިތިބި ބައެއްކަން ސާބިތުވާ ކަމަށާއި ވޯޓުގެ ނަތީޖާ މިގޮތަށް ނުކުމެފައި އޮތީ ދިވެހިން ވޯޓް ވިއްކާލާފައި ނުވާތީ ކަމަށެވެ. އިތުރަށް ވިދާޅުވޭ

ހިލޭ ސާބަހަށް ސަރުކާރަށް މަސައްކަތް ކޮށްދޭނެ މުއައްސަސާއެއް އުފައްދަވާނެކަމަށް އަންނި ވިދާޅުވެއްޖެ

އެމްޑިޕީން އާޓިފިޝަލް ސަރަހައްދުގައި ރޭ ބޭއްވި ބައްދަލުވުމުގައި އަންނި ވިދާޅުވީ ރައްޔިތުންގެ ގިނަ ބަޔަކު ސަރުކާރަށް އެހީތެރިވުމަށް ބޭނުންވާ ކަމަށާއި އެމީހުންނަށް އެފުރުސަތު ހޯދައި ދިނުމަކީ ވަރަށް މުހިއްމު އަދި ގައުމު ކުރިއަށް ގެންދިއުމަށް އެފަދަ މީހުންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާނެ ކަންވެސް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ. އިތުރަށް ވިދާޅުވޭ

Tourism Staffs

ކޮންމެ ފަހަރަކު ހަޅުތާލެއްކޮށްގެން ކަންކަން އިސްލާހުކުރުމަކީ ހައްލެއް ނޫންކަމަށް ޓޫރިޒަމް އެމްޕްލޯއިމެންޓް އެސޯސިއޭޝަނުން ބުނެފި

ކޮންމެ ފަހަރަކު ހަޅުތާލެއްކޮށްގެން ކަންކަން އިސްލާހު ކުރުމަކީ ހައްލެއް ނޫންކަމަށް ޓޫރިޒަމް އެމްޕްލޯއިމެންޓް އޮފް އެސޯސިއޭޝަނުން ބުނެފި އެވެ. 8 އޮގަސްޓް 2008 ގައި ތަސްދީގުކުރި ގާނޫނު އަސާސީގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ލިބެންޖެހޭ ހައްގުތަކުން އިސްތިސްނާ ކޮށްފައިވާތީ އެކަންހައްލުކުރުމުގެ ގޮތުން ހަމަނުޖެހުމަކާއި ހަމައަކަށްގޮސް އެކަންވެސް ވަނީއިސްލާހުކުރެވިފައިކަމަށާއި ނަމަވެސް އަދިވެސް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާމީހުންނަށް ގާނޫނުން ލިބެންޖެހޭ އެއްވެސް ހިމާޔަތެއް ލިބިފައިނުވާކަމަށް އެޖަމްއިއްޔާ އިން ބުނެއެވެ. އިތުރަށް ވިދާޅުވޭ

މީދޫގެ ގަރާޖެއްގައި އޮތް ދެ ކާރުގައި ބަޔަކު ރޯކޮށްލައިފި

ސ. މީދޫގެ ގަރާޖެއްގައި އޮތް ދެ ކާރުގައި ބަޔަކު ރޯކޮށްލައިފި އެވެ. މީދޫން ވާހަކަ ދެއްކި މީހަކު ބުނީ ރޭ މެންދަމު ވަގުތެއްގައި އެރަށު ކެނަރީވާދީގޭ ގަރާޖުގައި އޮތް ދެކާރުގައި ބަޔަކު ރޯކޮށްލާފައި ވާކަމަށާއި އަދި އެދެ ކާރު އޮތް ގަރާޖުވެސް އެކީ ހަލާކުވެފައި ކަމަށެވެ. ކާރުތަކުގެ ވެރިފަރާތާ ހަވާލާދީ އައްޑޫ ޕޮލިސް ސްޓޭޝަނުން ބުނީ ގަރާޖުގައި ރޯވެ އަނދާފައި ވުމުގެ ސަބަބުން 2.3 މިލިއަން ރުފިޔާއަށްވުރެ ބޮޑު ގެއްލުމެއް ވެފައިވާކަމަށެވެ. އަދި ގަރާޖާ ޖެހިގެން ހުރި ފިހާރައަށްވެސް ގެއްލުންތަކެއް ވެފައިވާކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ އަލިފާނުގެ ހާދިސާ ހިނގާފައިވާގޮތަށް ބަލާއިރު ބޮޑަށް ބެލެވެނީ ބަޔަކު ގަސްދުގައި ރޯކޮށްލާފައި ވާކަމަށެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ނުލިބޭކަމަށްވެސް ފުލުހުން ބުނެއެވެ. މިހާދިސާ ފުލުހުން މިހާރުގެންދަނީ ތަހްގީގު ކުރަމުން ނެވެ.

minivan

Saturday 8 November 2008

The Voice of the People: Public Opinion

Maldivians made the history by changing the government when Mohamed Nasheed (Anni) won 54% of votes in a run-off election on 28th October 2008. It was an historic, remarkable and landmark event.

Undoubtedly, the success was the fruition of the invaluable efforts made zealously and collectively by the citizens of Maldives. In fact this is a considerable milestone in the reform process and its journey towards modern democracy. In a democracy, opinion is an active, propelling factor. The people regard the government as an agency to which they have delegated power without releasing it from the obligation to respect the general will of the people. Thus, public opinion is an important aspect of democracy. Read More

H. Rasheed

ޝައިޚް ހުސައިން ރަޝީދު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޟިރު ކުރާކަށް އަދިނުޖެހޭ - ފަނޑިޔާރު

މަދަނީ މައްސަލަތަކުގައި ގަވާއިދުން ޗިޓު ލިބި ކޯޓަށް ހާޟިރުނުވުމުން ފުރަތަމަ ފަހަރު އެމީހަކު ހައްޔަރުކުރުމަކީ މިހާތަނަށް އަމަލުކުރެވެމުންދާ އުސޫލުނޫންކަމަށާއި މަދަނީ މައްސަލަތަކުގައި މީހުން ބަންދުކޮށްގެން ހާޟިރުކުރުމަކީ ދެން އެހެންގޮތެއްނެތުމުން އަމަލުކުރަމުންގެންދާ އުސޫލުކަމަށް 02 އަހަރަށްވުރެގިނަދުވަހު ފަނޑިޔާރުކަން ކޮށްފައިވާ ފަނޑިޔާރަކު ވިދާޅުވެއްޖެއެވެ. އިތުރަށް ވިދާޅުވޭ

Zaki

ކެބިނެޓަށްވުރެ ރައްޔިތުން ވިސްނަނީ ތަރައްގީގެ ސަބަބުން ޖީބަށް ވަންނާނެ ފައިސާއާމެދު -ޒަކީ

ޕްރެޒިޑެންޓް އިލެކްޓްގެ އޮފީހުގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ބާއްވަވަމުން ގެންދަވާ ސިލްސިލާ ބައްދަލުވުން ތަކުގެ އިއްޔެގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޒަކީ ވިދާޅުވީ ދިވެހިރައްޔިތުން މިދަނޑިވަޅުގައި އެންމެ ބޮޑަށް އެދެނީ އާ ސަރުކާރުން ރައްޔިތުންނަށް ކޮށްދެއްވަން ވަޢުދުވެވަޑައިގަތް ކަންތައްތައް ކުރަންފަށާނެ ތާރީޚްތައް އެނގުމަށެވެ. ރައްޔިތުންގެ އިހްސާސްތައް އަމާޒުވެފައިވަނީ ޤައުމު ބިނާކުރުމަށްޓަކައި އާ ސަރުކާރަކުން ކަންކުރާނެ ގޮތްތަކާއި ދިމާލަށްކަމުން މީޑިޔާއިންވެސް ވީހާބޮޑަކަށް މިކަމަށް އަމާޒު ކުރެއްވުމަށް ޒަކީ އެދިވަޑައިގަތެވ އިތުރަށް ވިދާޅުވޭ

30 years not the problem

މައްސަލައަކީ 30 އަހަރު ވުމެއްނޫނެވެ. އެފަދަ އެތަކެއްހާސް މައްސަލައެކެވެ.

ގައުމެއްގެ ވެރިއެއްގެ މަގާމު ލިބުމަކީ އިންސާނީ ހަޔާތުގައި ނިސްބަތުން މަދުމީހަކަށްނޫނީ ލިބޭނެ ނަސީބެއްނޫނެވެ. އެއީ ވަރަށްވެސް ބޮޑު ނިޢުމަތެކެވެ. ޒިންމާއެކެވެ. މަތިވެރި ވާޖިބެކެވެ. އަދިއެހާމެ މަތިވެރި ޝަރަފެއްވެސް މެއެވެ. ވެރިއަކު ވެރިކަމުގައި ރައްޔިތުންގެ ރުހުމާއި ތާއީދާއެކު ދިގުމުއްދަތެއް ހޭދަކުރުމަކީ މައްސަލައެއް ނޫނެވެ. މައްސަލައަކަށްވަނީ، ވެރިކަންކުރުމަކީ ކޮބައިކަން، ވެރިކަމުގެ ހައްގުވެރިންނަކީ ކޮބައިކަން ނޭގި، ރައްޔިތުންގެ މާލިއްޔާގެ ދަހިވެތިކަމުގައި ވެރިމީހާޖެހި، ގައުމަށް ލިބިފައިވާ ތަނަވަސްކަމުގެ ރާހަތެއް ރައްޔިތުންނަށް ނުކޮށް، ވެރިމީހާއާއި އޭނާގެ ޢާއިލާއާއި، ގާތްމީހުންގެ ވެރިކަމެއް ކަމުގައި އޭނާއަށް ގަބޫލުކުރެވޭ މިންވަރަށް ވެރިއަކަށް މަގުއޮޅޭ ހިސާބަށް ދިއުމެވެ. އިތުރަށް ވިދާޅުވޭ

Friday 7 November 2008

DO Killer
NDO Statistics

ޗައިނާ ސަރުކާރުން ދިވެހިންނަށް 25 ހާސް ގެ އިމާރާތްކޮށްދިނުމާ ބެހޭ ލިޔުމެއް އެމްޑީޕީ އިއްތިހާދަށް ހުށަހަޅައިފި

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޒަކީ ވިދާޅުވީ އެބޭފުޅުންގެ މެނިފެސްޓޯއަށް ފުރިހަމައަށް ޗައިނާ ސަރުކާރުން ތާއީދު ކުރައްވާކަމަށާއި އެމެނިފެސްޓޯގައި އޮތް އެއްވައުދު ކަމަށްވާ ބޯހިޔާވަހިކަމުގެ ވައުދަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެގައުމުން މިހާރު އެދުނީ ކަމަށެވެ. އަދި ރައްޔިތުން މިހާރު ތިބި ހާލަތުން ބަދަލު ކުރުމުގެ މަސައްކަތާއި އެބޭފުޅުންގެ ވައުދު ފުއްދައިދިނުމުގެ މަސައްކަތް މިހާރުވެސް ފެށީކަމުގައި ޒަކީ ވިދާޅުވިއެވެ. އިތުރަށް ވިދާޅުވޭ

minivan

Thursday 6 November 2008

ސަލާންކޮށްލުމަކުން 30އަހަރުގެ އަނިޔާވެރިކަން ހަނދާންނެތިދާނެބާ؟

30އަހަރުގެ އަނިޔާވެރި ވެރިކަމެއް ބަޔަކު ނުކުމެގެން ކުރި ހިތްވަރުން މިއަދު މިވަނީ ނިންމާފައެވެ. މިކަމުގައި ދިމާވި ކޮންމެ ހުރަހެއް ނެތިކޮށްލީ ބައެއްގެ ވަރުގަދަ އަޒުމެވެ. ހިތްވަރެވެ. ކޮންމެ ކަމަކަށްވެސް ފެށުމެއް ވީގޮތަށް ނިމުމެއްވެއެވެ. ރައީސް މައުމޫނުގެ އަނިޔާވެރި ވެރިކަންވެސް މިނިމުނީއެވެ.

މިއަދު ރައީސް މައުމޫނު ދިވެހި ރައްޔިތުންނާ ވަދާއީ ސަލާމް ކުރައްވަނީކަމަށް ވެއެވެ. މިކުރައްވަނީ އަނެއްކާ ކޮންކަމެއް ބާއެވެ.؟ އަދިވެސް ތިމާގެ އާރާއި ބާރާއި ދައްކަވަނީ ނޫންބާއެވެ.؟ މިއަދުވެސް ދުނިޔެއަށް ދައްކަން ބޭނުންވެ ވަޑައިގަންނަވަނީ ތިމާދެކެ ރައްޔިތުން ލޯބިވާވަރެވެ. އަދި މިދިވެހި ފަސްގަނޑުގައި ތިމާއަށް ތާޢީދު އޮތްކަމެވެ. އެނޫން އެހެން ބޭނުމެއް އޮތްކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. މި ދިވެހި ޤައުމަށް ރައީސް މައުމޫނުގެ ޒަޢާމަތު ކޮށްފައިވާ ނުރަނގަޅު އަސަރަކީ ވެރިކަމަށް ކިތަންމެ ހެޔޮވެރިއަކު ހޮވުނުކަމުގައިވިޔަސް ފަސޭހައަކުން ނެތިކޮށްލެވޭނެ އަސަރެއްނޫނެވެ. ރައީސް އޮފީހަށްވީ ސަރަޙައްދުގައި ކިޔުގައި މީހުން ބައިތިއްބައިގެން ސަލާން ކުރެއްވުމަށްވުރެ މިވަގުތު މުހިންމީ ރައީސް މައުމޫނުގެ 30އަހަރުގެ ދިގު ވެރިކަމުގައި ދިވެހި ރައްޔިތުންނަށް ލިބިދިޔަ އަނިޔާތަކަށް މަޢާފަށް އެދިވަޑައިގަތުމެވެ. އެހެންނަމަވެސް އެމަނިކުފާނު އެކަމެއް ނުކުރައްވާނެއެވެ. އިތުރަށް ވިދާޅުވޭ

މީޑިއާ ކައުންސިލުގެ ބިލް ތަސްދީގު ކުރައްވައިފި

މިދިޔަ މަހު ފަހުކޮޅު ރައްޔިތުންގެ މަޖިލީހުން ފާސްކުރި "މޯލްޑިވްސް މީޑިއާ ކައުންސިލުގެ ބިލް" ޑީއާރުޕީގެ ރިޔާސީ ކެންޑިޑޭޓް އިއްޔެ ތަސްދީގު ކުރައްވައިފި އެވެ. މިކަމާ ގުޅިގެން މި ގާނޫނު ސަރުކާރުގެ ގެޒެޓްގައި އިއްޔެ ވަނީ ޝާއިއުކޮށްފަ އެވެ.

މިއީ "މޯލްޑިވްސް މީޑިއާ ކައުންސިލް" ގެ ނަމުގައި ކައުންސިލެއް އުފައްދައި އެ ކައުންސިލުގެ މަގުސަދުތަކާއި މަސްއޫލިއްޔަތުތަކާއި ބާރުތައް އެކަށައަޅައި އެ ކަންކަމާ ގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ. މީޑިއާ ކައުންސިލުގެ މަގުސަދަކީ މީޑިއާގެ މިނިވަންކަން ރާއްޖޭގައި ދެމެހެއްޓުމާއި އެ މިނިވަންކަމަށް އުނިކަން އަންނަ ކަންކަން ބަލައި ފިޔަވަޅުއެޅުމާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުން އަމަލުކުރަންވީ ހަމަތަކާއި އެފަރާތްތަކުގެ އަހުލާގީ މިންގަނޑުތައް އެކަށައެޅުމެވެ. އަދި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ހިދުމަތްދޭ ދާއިރާތަކުން މަސައްކަތްކުރަނީ ޒިންމާދާރު ގޮތެއްގައި އަހްލާގީ މިންގަނޑުގެ ތެރޭގައިކަން ކަށަވަރުކުރުމާއި މި ގާނޫނުގައި ހިމެނިގެންވާ އުސޫލުތަކާއި މިގާނޫނުގެ ދަށުން އެކަށައަޅާ ހަމަތަކާއި އަހްލާގީ މިންގަނޑުތަކާ ހިލާފަށް ހިނގާ ކަންތައްތަކާ ގުޅިގެން ހުށަހެޅޭ ޝަކުވާތައް ބަލައި ފިޔަވަޅު އެޅުމެވެ.

minivan
l-malloch-brown

Foreign students fingerprint fear

Under tougher immigration rules designed to tackle bogus colleges, overseas students coming to the UK will need biometric identity cards.
The first students having to give fingerprints will be those applying for visa extensions from 25 November. Read More

Wednesday 5 November 2008

އެމްޑީޕީ އިއްތިހާދުން ޑރ ހަސަންގެ ޓީމު ވަކިވެއްޖެކަމަށް ދެކެވޭ ވާހަކަ ނަޝީދުގެ އިސްތަރުޖަމާނު ދޮގުކުރައްވައިފި

މިއަދު ދަރުބާރުގޭގެ ”ފަންސަވީސް“ގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޒަކީ ވިދާޅުވީ އެމްޑީޕީ އިއްތިހާދުން ހަސަން ސައީދު ވަކިވެއްޖެކަމަށް ދެކެވޭ ވާހަކައަކީ ކަނޑައެޅިގެން ހަޤީގަތާ އެއްގޮތަށް ދެކެވޭ ވާހަކައެއް ނޫން ކަމަށެވެ. އިތުރަށް ވިދާޅުވޭ

ހާއްސް ދަންނަވާލުމެއް

މިސައިޓްގައި ހިމަނާފައިވާ ރައީސް މުންތަޙަބް މުޙައްމަދު ނަޝީދުގެ ކެބިނެޓް މިނިސްޓަރުންގެ ލިސްޓަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އަތުވެދާނެ ކަމުގެ މަޢުލޫމާތުވަނީ ލިބިފައެވެ. އަދި މިގޮތުން ގެނެވޭ ބަދަލެއްގެ ފުރިހަމަ މަޢުލޫމާތު ލިބުނުހާ އަވަހަކަށް އެ މަޢުލޫމާތެއް ކިޔުންތެރިންނަށް ފޯރުކޮށްދޭނެ ވާހަކަ ދެންނެވީމެވެ.

minivan

Tuesday 4 November 2008

އެމް.ޑީ.ޕީ އިއްތިޙާދުން ޑރ.ޙަސަން ސަޢީދު ވަކިވެވަޑައިގަތް ކަމުގެ ޚަބަރު..

11ނޮވެމްބަރަށް އެކުލަވާލާ އިއްތިހާދުގެ ސަރުކާރުގެ ކެބިނެޓްގެ މަގާމުތައް ހަމަޖެއްސުމުގައި އެމްޑީޕީއާއި އިއްތިޙާދުގެ މެމްބަރުންގެ ދެމެދުގައި ކުރެވެމުންދިޔަ މަޝްވަރާތަކާމެދު ހިތްހަމަޖެހިވަޑައިނުގަތުމުގެ ސަބަބުން ޑރ. ހަސަން ސައީދު އެ ވާހަކަ ތަކުން ވަކިވެއްޖެ ކަމުގެ ޚަބަރު ލިބިއްޖެއެވެ. އެއްވެސް ފަރާތަކުން މިކަމާބެހޭގޮތުން ރަސްމީ ސިފައެއްގައި އެއްވެސް ކަމެއް ބަޔާންކުރައްވާފައި ނުވާތީ މިކަން އަދި ވަނީ ކަށަވަރުވާގޮތް ނުވެފައެވެ. ނިއު ދިވެހި އޮބްޒަރވަރގެ ފަރާތުން މިކަން މިދަނީ ބަލަމުންނެވެ.

ސިއްރު ޕާރސަލްއެއް އެތެރެކޮށްފި.

މިއަދުގެ ސްރީލަންކަން އެއަރލައިންސް އިން ވަރަށް ސިއްރު ގޮތެއްގައި ޕާސަލްއެއް އެތެރެ ކޮށްފިކަމަށް ނިއުދިވެހި އޮބްޒަރވަރއަށް މަޢުލޫމާތު ލިބިފައިވެއެވެ. މިޕާސަލް އާއި ޙަވާލު ވެފައިވަނީ އަލިފް އަލިފްގެ މެމްބަރ އަދި ރައީސް މައުމޫންގެ ޤާނޫނީ ވަކީލް ފައިޒަންގެ ބައްޕަ ޙުސައިން މުޙައްމަދު ކަމަށް ޚަބަރުލިބެއެވެ. އަދި މިޕާސަލްގައި ވަނީ ގިނަ ޢަދަދެއްގެ ފައސާކަމަށް ލަފާކުރެވޭ ކަަމަށާއި މިއީ ނޮވެމްބަރ 11ވަނަ ދުވަހު މާލެތެރޭގައި ބޮޑުކަމެއް ހިންގުމަށް ރާވައިގެން އެކަމަށް ޚަރަދުކުރުމަށް ގެނެވުނު ފައިސާކަމަށް ލަފާކުރެވޭކަމަށް ނިއު ދިވެހި އޮބްޒަރވަށް ވަނީ ޚަބަރުކޮށްފައެވެ.

ނޮވެމްބަރ 11އަށް ތީމުގެ ހުސްކުރަނީ ބާ؟

މިރޭގެ 9.00އިންފެށިގެން މ.ތީމުގެއިން ފޮށިތަކުގައި ބަންދުކޮށްގެން ގެންދާ މުދާތަކެއް ޕިކަޕްތަކުގައި އުފުލާ، މާފަންނު އެމް.ޕީ.އޭ ކުރިމަތިން ހުންނަ ސީޓްރެކް ބިލްޑިންގް އަށް ބަދަލުކުރަމުން އެބަގެންދާކަމުގެ ޚަބަރު ވަރަށް މުޢުތަބަރު ފަރާތަކުން ނިއު ދިވެހި އޮބްޒަރވަރއަށް ކަށަވަރު ކޮށްދީފައިވެއެވެ.. ސީޓްރެކް ބިލްޑިންގް އަކީ ރައީސް މައުމޫނުގެ ޅިޔަނު އިލްޔާސް އިބްރާހިމްގެ ޢިމާރާތެކެވެ. ނޮވެމްބަރ 11 ދުވަހަށް ތީމުގެ ހުސްކުރަނީ ކަމަށްވުންވެސް އެކަށީގެންވެއެވެ.

aneh dhivehi rajje

ކޮންމެ ތަނަކުން ފެނުނަސް އަހާ ސުވާލު: ތިދަނީ އަނެއް ދިވެހި ރާއްޖެއަށްތަ؟

މަގު މައްޗަށް ނުކުމެ ސައިކަލަށް އަރައިގެން ދުއްވާލިއިރަށް ފަހަތުން އައި މީހާ ބުނެލިއެވެ. ”މާބާރަކަށް ތިދަނީ އަނެއް ދިވެހިރާއްޖެއަށްދާންތަ؟“ މިއީ ވަކި މީހަކަށް އަމާޒުކޮށް އުފައްދާ ސުވާލެއް ނޫނެވެ. އެންމެން އެންމެންނަށްވެސް މި ސުވާލު ކުރާތަން ފެނެއެވެ. މި ސުވާލު އަންނަނީ ހަމައެކަނި ތަންކޮޅެއް ބާރަށް ދުއްވާ ވަގުތަކު ނޫނެވެ. މާ މަޑުން ދުއްވިއަސް ނުވަތަ އާދައިގެ ސްޕީޑެއްގައި ދުއްވިއަސް އެމީހާ ވާނީ ހަމަ އަނެއް ދިވެހިރާއްޖެއަށްދާން މަސައްކަތް ކުރާ މީހަކަށެވެ. އިތުރަށް ވިދާޅުވޭ

އެއްސަރުކާރު އަނެއް ސަރުކާރަށް ބަދަލުވުމުގައި އެމްޑީޕީ މެންބަރުން ހިތްނުރުހޭ ކަންތައްތައްވެސް ކުރަން ޖެހިދާނެ: އަންނި

އެއްސަރުކާރު އަނެއް ސަރުކާރަށް ބަދަލުވުމުގައި އޮމާންކޮށް ކަންކަން ގެންދިއުމަށްޓަކައި އެމްޑީޕީ މެންބަރުން ހިތްނުރުހޭ ކަންތައްތައްވެސް ކުރަން ޖެހިދާނެ ކަމަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އިތުރަށް ވިދާޅުވޭ

ހަނދާންނައްތާ ނުލެވޭނެ ކަންކަމާ މަޢާފް ނުކުރެވޭނެ ކަންކަން ހުންނާނެ..

އަޅުގަނޑުމެންގެ މި ދިވެހިރާއްޖެއިން އަނެއް ދިވެހި ރާއްޖެއަށް އަލިވިލުމަށް އުދަރެސް މިއޮތްގެން ދޮންވަނީއެވެ. މިހިނދު އަޅުގަނޑުމެން މި އިންތިޒާރު ކުރަނީ ވަރަށް އުފާވެރި ދުވަސް ތަކަކަށެވެ. މިއުފާވެރިކަން ކިތަންމެ ބޮޑުވިނަމަވެސް ހަނދާންނައްތާލެވެން ނެތް ކަންތައްތަކެއް އަޅުގަނޑުމެންވަނީ ތަޖްރިބާ ކޮށްފައެވެ. ވޭތުވެދިޔަ 30އަހަރުގެ ޚުދުމުޚުތާރު ވެރިކަމެއްގެ ވާހަކަ ދެއްކުމަށްވުރެ ބޮޑަށް އަޅުގަނޑުގެ މިލިޔުމުގެ މަޤްޞަދަކީ އަޅުގަނޑުމެންގެ ޤައުމާމެދު ހެޔޮއެދިގެން ލިޔާ ލިޔުމެކެވެ. މާޟީވެ ދިޔަ ހިތިތަޖްރިބާ އަލުން ކުރަން ބޭނުންނުވާ ހިނދު އިތުރަށް ވިދާޅުވޭ

Haveeru
minivan

Monday 3 November 2008

Sandhaanu

ސަންދާނު 104 ނިކުމެއްޖެ

ސަންދާނުގެ މި އިޝިޢުގައި ވަނީ އަނެއް ދިވެހިރާއްޖެއަށް ބަދަލުވަމުން ހަލުވިކަމާއި އަދި އޮމާންކަމާއިއެކު ހެޔޮދުވެލީގައި ގައުމުދާވާހަކަޔާއި ނައިބު ރައީސް މުންތަޙަބް ޑރ. މުޙައްމަދު ވަޙީދު ގެ ޚާއްސަ ބަސްދީގަތުމުގެ އިތުރުން:


އިތުރު ޝުރުޚީތަކުގެ ތެރޭގައި:

ސަންދާނުގެ މަޤުސަދު ޙާސިލުވެއްޖެ - އިބުރާހިމް މަނިކު
ރައީސް މައުމޫނުގެ ވެއްޓުން -– އިލްޔާސް ޚުސެއިން
މައުމޫނުގެ އެރުމާއި ވެއްޓުން – ޝަފީގުބެ ( އަޙުމަދު ޝަފީގު)
އިސްލާޙަށް އެދި އުފުއްލާލީ ޤަލަމަކުން –- ޢައިޝަތު ޝެރީން
މައުމޫނާއި ނުލާ އަނެއް ދިވެހިރާއްޖެ!!!!

ހުރިހާ ބުކްޝޮޕު ތަކުން ލިބެން ހުރިކަމުގައި ޚަބަރުލިބެއެވެ.

fastest growing site

New Dhivehi Observer Reaches 30,000 Visitors

Just over 50 days since launch and New Dhivehi Observer has attracted 30,000, predominantly Maldivian, users to the service.

This is a great milestone in the sites development and we look forward to attracting even great numbers of visitors to the site and continue to improve the service for all the user's.

Breaking News: 07:40pm

MDP ITHIHAAD Decided on Cabinet Posts

With effect from Novemeber 11, 2008. The following cabinet will help MDP Ithihaadh President– elect­ Mohamed Nasheed to run the govt effectively and smoothly to strengthen the democratic institution and for the prosperous of the nation. We applaud the new cabinet and help them to rebuild the nation.

May Allah guide them to the right path and assist them in their way for the benefit of the people of Maldives. Aameen.

1) Home – Hon Qasim Ibraim
2) Defense Ministry – Hon Ameen Fisal
3) Health Ministry – Hon Dr. Aminath Jameel
4) Housing & Transport Ministry – Hon Mohamed Aslam
5) Fisheries & Agriculture Ministry– Hon Dr. Ibrahim Didi
6) Finance Ministry – Hon Ali Hashim
7) Trade Ministry – Hon Adam Manik
8) Education Ministry – Hon Dr. Musthafa Lutfy
9) Attorney General – Hon Dhiyana Saeed
10) Tourism Ministry ­­­– Hon Ahmed Ali Sawaad
11) Islamic Affairs Ministry – Hon Dr. Abdul Majeed Abdul Baaree
12) Foreign Ministry – Hon Dr. Ahmed Shaheed
13) Legal & Justice Ministry – Hon Dr. Mohamed Jameel
14) Youth & Sports Ministry – Hon Hassan Latheef

މި ސައިޓް ހިންގާ ފަރާތަކާ ބެހޭގޮތުން މަޢުލޫމާތު ހޯދުމަށް މިސައިޓް އިޚުތިޔާރު ކުރައްވާ ގިނަ ޢަދަދެއްގެ ކިޔުންތެރިން އެދެމުންދާތީ ތިރީގައިވާ މަޢުލޫމާތު ހާމަކުރަމެވެ.

NDO Team ނަން ހާމަކުރުމަށް ފަހަށް ޖެހިވަޑައިގަންނަވާތީ މިސައިޓްގައި އިތުރަށް ޙަރަކާތްތެރިވާ ފަރާތްތައް މިވަޤުތަށް ހާމަ ކުރެވެން ނެތްވާހަކަ ދެންނެވީމެވެ.

މިސައިޓްގެ ފަރާތުން ވަރަށް އަވަހަށް ރާއްޖޭގެ އެކިއެކި ކަންކޮޅުގައި ހިނގަމުންދާ މުހިންމު ކަންކަމުގެ ތާޒާ ޚަބަރު ގެނެސްދިނުމުގެ މަސައްކަތް ފަށާނެ ވާހަކަ ދަންނަވަމެވެ. ރާއްޖޭގެ ސިޔާސީ މަޝްރަހަށް މިއަންނަމުންދާ ބަދަލުތައް މިސައިޓްގެ ފަރާތުން ފާރަވެރިކަމާއެކު ބަލާ، އިތުރަށް ވިދާޅުވޭ

Lord Malloch-Brown comments on Maldives election

l-malloch-brown

'I welcome the acceptance by the candidates and their respective parties of the results of this first and historic multi-party presidential election under Maldives new constitution. I congratulate President-elect, Mohamed Nasheed, on his election to office. The UK will continue to support the reform process in Maldives. We wish the new President of the Republic of Maldives and his administration every success in addressing the important challenges that lie ahead as they work to implement the provisions of the new Constitution and to ensure a sustainable, prosperous and peaceful future for all Maldivians. Read More

Velidhoo celebrating democracy

If the album has not loaded within 20 seconds, please Click Here to download the latest version of Adobe's Flash Player.
minivan

Recent Archives (It may take a while to load these pages depending on your speed, please be patient)

Welcome
Advertisement

އެންޑީއޯއަށް ފޮޓޯ އާއި ވީޑިއޯ އަދި ލިޔުން ފޮނުވާނީ ކިހިނެތް؟

ތިޔަބޭފުޅުން ފޮނުވާ ފޮޓޯތަކާއި ލިޔުންތަކަށް އެންޑީއޯއިން މަރުޙަބާ ކިޔަމެވެ. ޙާދިސާއެއް ނުވަތަ ކަމެއް ހިނގާ ވަގުތު އެންޑީއޯގެ ނޫސްވެރިއެއް ނުވަތަ ފޮޓޯގްރާފެއް އެތަނެއްގައި ނުތުމަކީ އެކަށީގެންވާ ކަމެކެވެ. އެފަދަ ވަގުތެއްގައި ތިޔައިން ކޮންމެ ބޭފުޅަކީވެސް ނޫސްވެރިއެއް ނުވަތަ ފޮޓޯގްރާފަރެއް ކަމުގައި ވެވިދާނެއެވެ. މިގޮތުން ތިޔަބޭފުޅުން ފޮނުވާ ފޮޓޯ އާއި ލިޔުންތައް މިވެބްސައިޓުގައި ޝާއިއު ކުރެވިދާނެއެވެ. ފޮޓޯ ފޮނުވާއިރު ފޮޓޯނެގި ތަނާއި އަދި ފޮޓޯގެ ތައާރަފެއް ވަރަށް މުހިންމެވެ. ފޮޓޯ އަދި ލިޔުންތައް އީމެއިލް ކުރައްވާނީ ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

info@NewDhivehiObserver.com

Tell A Friend

Do you like this site? Help us spread word about New Dhivehi Observer by telling all your friends and family members about us!

To do list

ރައީސް މައުމޫނަށް މައާފްކޮށް އެއްވެސް ފަރާތަކުން އެމަނިކްފާނާއި ދޭތެރޭ ދެރަގޮތަކަށް ކަންތައް ނުކުރުމަށް އަންނި ވިދާޅުވެއްޖެ.

Gulzar

Do you have the right font installed?

Please click here to download the "Mv Iyyu Formal" font to view this site properly. If you are having problem with installing the font please let us know by email and we will be happy to help you. Our email address is info@NewDhivehiObserver.com

Link to New Dhivehi Observer

We are always very appreciate of webmasters linking back to New Dhivehi Observer. http://www.newdhivehiobserver.com . Thanks for your show of support!

Broken Links

If you see any broken link please let us know by email and we will fix as soon as possible. Our email address is info@NewDhivehiObserver.com
Thank you.

Candidates
2 - Mohamed Nasheed
54.21% (97222 votes)
graphs
Candidates
1 - Maumoom A Gayyoom
45.79% (82121 votes)
graphs
Total:
179343

އިއުލާން ކުރި ފޮށީގެ އަދަދު: 404
އިއުލާން ނުކުރާ ފޮށީގެ އަދަދު: 0