Advertisement

Please click here to download the required font package to view this site properly

Monday 22 December 2008

މިނިވަން ނޫސްވެރިކަމެއް ޤާއިމްކުރުމާއި، ނޫސްވެރިކަމުގައި ހުރި ދަތިތަކާއި ބެހޭގޮތުން މަޝްވަރާކޮށްފި

img އޭޝިއާ ސަރަހައްދުގައި ނޫސްވެރިކަން ކުރިއަރުވަން މަސައްކަތްކުރާ ޖަމިއްޔާ، ސައުތް އޭޝިއާ ފްރީ މީޑިއާ އެސޯސިއޭޝަން (ސަފްމާ)އިން، ރާއްޖޭގައި މިނިވަން ނޫސްވެރިކަމެއް ޤާއިމްކުރުމަށް ބޭނުންވާ ކަންތަކާއި، ނޫސްވެރިކަމުގައި ހުރި ދަތިތަކާއިބެހޭގޮތުން މަޝްވަރާކޮށްފިއެވެ.
ސަލްސާ ރޯޔަލްގައި އިއްޔެ މެންދުރު އޮތް ޕްރެސް ލަންޗްގައި މީޑިއާގައި މަސައްކަތްކުރައްވާ ފަރާތްތަކުގެތެރެއިން ސިޔާސީ ޚަބަރު ލިޔުއްވާ ރިޕޯޓަރުންނާއި، ސިޔާސީ ކަންތައް ދިރާސާކުރައްވާ ލިޔުންތެރިންގެ އިތުރުން، ފޮރިން މިނިސްޓަރ ޑރ.އަހްމަދު ޝަހީދާއި، ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޠައްޔިބު މުޙަންމަދުގެ އިތުރުން، ސަފްމާގެ ކަންތަކުގައި އިސްކޮށް ހަރަކާތްތެރިވާ އާމިނަތު ނަޖީބު ބައިވެރިވެވަޑައިގެންނެވިއެވެ. އިތުރަށް ވިދާޅުވޭ

Related Tags: New Dhivehi Observer, jazeera daily, NDO, Maldives

ނިމިދިޔަ ސަރުކާރުން ރިސޯޓްކުއްޔާއި ކުންފުނިތަކުގެ ފައިދާ ކުރިއަށް ނަގާފައިވާތީ އަންނަ އަހަރު ދައުލަތަށް ލިބޭ އާމުދަނީގެ ބޮޑުބައެއް ނުލިބޭނެ: ބަޖެޓް ކޮމިޓީ

img ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ އިސްމެންބަރުން ހިމެނުނު ނިމިގެންދިޔަ ސަރުކާރުން ޓޫރިސްޓް ރިސޯޓްތަކުގެ ކުއްޔާއި ސަރުކާރުގެ ވިޔަފާރި ކުންފުނިތަކުގެ ފައިދާ ކުރިއަށް ނަގާފައިވާތީ އަންނައަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭއެއްޗެއް ވަރަށްބޮޑަށް ކުޑަވެގެންދާނެ ކަމަށް އަންނައަހަރަށް ކަނޑައެޅި ބަޖެޓް ދިރާސާކުރާ ބަޖެޓް ކޮމެޓީން ބުނެފިއެވެ.
އެކޮމެޓީން މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ޖަލްސާއަށް ހުށަހެޅި ދިރާސާ ރިޕޯޓުގައި ބުނެފައިވަނީ 2008 ވަނައަހަރު ދައުލަތަށް ލިބޭ އާމްދަނީއަށްވުރެ 2009 ވަނައަހަރަށް ލިބޭނޭކަމަށް ލަފާކުރާ އާމްދަނީ ދަށްވެފައިވާ ކަމަށެވެ. އިތުރަށް ވިދާޅުވޭ

Related Tags: New Dhivehi Observer, jazeera daily, NDO, Maldives

Weak Opposition

One of the biggest disadvantage I see today in the Maldives is a weak opposition. The so called "Wataneydhey goteh" alliance composes of all the previous major oppositions. It is true that this alliance was the key to over throw of the previous dictatorship. However almost all of the key members of these opposition parties are in the current government (they are the government). I think this is a major disadvantage for the people. True democracy is not complete without a proper opposition. Read More

Related Tags: New Dhivehi Observer, chopey blog, weak opposition, NDO

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމުން ޢަލީ ފާއިޒް އިސްތިއުފާދެއްވައިފި

ali faiz ޢަލީ ފާއިޒް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމުން އިސްތިޢުފާ ދެއްވީ، ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަކަށް ކުރިމަތިލެއްވުމަށްކަމަށް ބައެއް ފަރާތްތަކުން ވާހަކަދެއްކިނަމަވެސް، އިސްތިޢުފާ ދެއްވީ އެއްގޮތަކަށްވެސް ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލެއްވުމުގެ ނިޔަތެއްގައި ނޫންކަމަށް އަލީ ފާއިޒް ވިދާޅުވިއެވެ. އަދި މަޖިލީހަށް ކުރިމަތި ނުލައްވާނެކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމުން އިސްތިއުފާދެއްވީ ސަރުކާރުގެ ވަޒީފާއެއްގައި ޚިދުމަތްކުރައްވަން ބޭނުންފުޅު ވާތީކަމަށްވެސް ޢަލީ ފާއިޒް ވިދާޅުވިއެވެ. ނަމަވެސް ސަރުކާރަށް ޚިދުމަތް ކުރައްވަން ޤަސްދުކުރައްވަނީ ކޮން ދައިރާއަކުން ކަމެއް ހާމައެއް ނުކުރައްވައެވެ. "އަޅުގަނޑު ކޮމިޝަނުން އިސްތިއުފާދިނީ އެއްގޮކަށްވެސް މަޖިލީހަށް ކުރިމަތިލުމަކަށްނޫން. އަޅުގަނޑަށް ވަރަށް ސާބިތުކަމާއިއެކީ ބުނަންކެރޭ އަޅުގަނޑު މަޖީލީހަށް ކުރިމަތި ނުލާނެކަމަށް. މިމަޤާމުން އަޅުގަނޑު އިސްތިއުފާދިނީ ސަރުކާރު ވަޒީފާއެއްގައި އުޅުމަށް. އަޅުގަނޑަކީ ކުރިންވެސް އަމިއްލަ މަސައްކަތް ކުރަމުން އައިމީހެއް. ދެން އަޅުގަނޑު ކުރަންބޭނުންވަނީ އަޅުގަނޑުގެ އަމިއްލަ މަސައްކަތް." އަލީ ފާއިޒް ވިދާޅުވިއެވެ. އިތުރަށް ވިދާޅުވޭ

Related Tags: New Dhivehi Observer, haama daily, NDO, Maldives

Sunday 21 December 2008

ސަރުކާރަށް ފާޑު ކިޔާ އަޑުއުފުލުމަކީ ސަރުކާރާ ދެކޮޅުކަމެއް ނޫން : ރައީސުލްޖުމްހޫރިއްޔާ

anni ސަރުކާރަށް ފާޑުކިޔާ އަޑުއުފުލުމަކީ އެއީ ސަރުކާރާ ދެކޮޅު ކަމެއް ނޫން ކަމަށާއި، އެއަށްވުރެ ސަރުކާރާ އެއްކޮޅު ކަންތައްތައް މަދުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ ދުވަހުގެ މުނާސަބަތުގައި އައްޑުއަތޮޅު ހިތަދޫ މުޙިއްބުއްދީން ސްކޫލްގައި އިއްޔެ ހެނދުނު ބޭއްވެވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިންސާނީ ޙައްޤުތަކުގެ ހޭލުންތެރިކަން މިހާތަނާ ހަމައަށް ގެނެސްދެއްވުމަށް މަސައްކަތް ކުރައްވާފައި ތިއްބެވި ބޭބޭފުޅުންގެ ތެރޭގައި، އައްޑުއަތޮޅުގެ ކަމުވޮށި ބޭފުޅުން ހިމެނިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން، އަލްފާޟިލް ސިއްކަގޭ މުޙަންމަދު ނަސީމާއި، އަލްއުސްތާޛު ޙުސްނުއްސުޢޫދުގެ ނަންފުޅު ޚާއްޞަ ގޮތެއްގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އިތުރަށް ވިދާޅުވޭ

Related Tags: New Dhivehi Observer, jazeera, NDO, Maldives

ރައްޔިތުން މަޖިލީހަށް ކުރިމަތި ލުމުގައި ފެންވަރު ނުވަތަ ޝަރުތު

img7658 ޤާނޫނޫ އަސާސީގެ 296ވަނަ މާއްދާގެ (ހ)ގައި ވާގޮތުން އަންނަ އަހަރުގެ ފެބުރުއަރީ 15ގެ ކުރިން ރައްޔިތުންގެ މަޖިލިހަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު ބާއްވަންޖެހެއެވެ. ރައްޔިތުންގެ މަޖިލިހުގެ މެންބަރުކަމަކީވެސް މަޤާމެކެވެ. މަޤާމްތަކާއި ގުޅިގެން ނުވަތަ ވަޒީފާތަކާއި ގުޅިގެން ކުރާ އިޢުލާނުތަކުގައި ޢާންމުކޮށް އަޑުއިވޭ އެކައްޗަކީ ފެންވަރު ނުވަތަ ޝަރުޠެއްގެ ވާހަކައެވެ. މިގޮތުން، ޢާންމުގޮތެއްގައި ކޮންމެ މަޤާމެއް ނުވަތަ ވަޒީފާއަކާއި ގުޅިގެން، ތަޢުލީމީ ކޮންމެވެސް ފެންވަރެއް ހުންނަންޖެހޭކަން ޝަރުޠު ކުރެއެވެ. އެއީ އެންމެ ދައްފަންތީގެ މަޤާމުތަކުން ފެށިގެންގޮސް އެންމެ މަތީ ބައެއް މަޤާމުތަކާއި ހަމައަށެވެ. އިތުރަށް ވިދާޅުވޭ

Related Tags: New Dhivehi Observer, jazeera, NDO, Maldives

ވީހާވެސް ހާމަކަންބޮޑުގޮތެއްގައި ކަންތައްތައް ގެންދެވުމަށް ފެންނަކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ދަންނަވައިފި

img3876 ސަރުކާރުގެ ކަމާއިބެހޭ ފަރާތްތައް މެދުވެރިކުރައްވައިގެން ވީހާވެސް ހާމަކަންބޮޑުގޮތެއްގައި ކަންތައްތައް ކުރައްވަމުން ގެންދެވުމަށް ފެންނަކަމުގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގައި ދަންނަވައިފިއެވެ.
އެކޮމިޝަނުން ރައީސް އޮފީހުގައި މިގޮތަށް ދެންނެވީ، މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ތަރައްޤީ ކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގައި ބައިވެރިވާނެ ތަޖުރިބާއާއި އެފަދަ ޤާބިލުކަން ހުރި ބޭރުގެ ފަރާތެއް ހޯއްދެވުމަށް މިހާރުގެ ސަރުކާރުން ނިންމަވާފައިވާ ނިންމެވުމާ ގުޅުންހުރި ފޮތްތަކާއި ލިޔުންތައް ބެއްލެވުމަށްފަހުގައެވެ. އިތުރަށް ވިދާޅުވޭ

Related Tags: New Dhivehi Observer, haama daily, NDO, Maldives

Thursday 18 December 2008

ވީހާވެސް އަވަހަކަށް ސަރުކާރު ވައްޓާލެވޭތޯ މަސައްކަތްކުރުން އެއީ ޑިމޮކްރަސީގެ ރޫޙާ ޚިލާފު ކަމެއްކަމުގައި ނާއިބު ރައީސް ވިދާޅުވެއްޖެ

Shaheedh ރައްޔިތުންގެ ހިތްތަކުގައި ކަންބޮޑުވުން އުފެއްދުމާއި، ވީހާވެސް އަވަހަކަށް ސަރުކާރު ވައްޓާލެވޭތޯ މަސައްކަތް ކުރުން އެއީ ޑިމޮކްރަސީގެ ރޫޙާ ޚިލާފު ކަމެއްކަމުގައި ނާއިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރި ގިރަމުންދާ ދިޔުމާމެދު އެރަށު ރައްޔިތުންގެ ބަޔަކު ކަންބޮޑުވުން ފާޅުކޮށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް އެކަމުގެ މަޢްލޫމާތުތައް ގެންނެވުމުގެ ކުރިންވެސް ސަރުކާރުން ވަނީ އެފަދަ ރަށްރަށާބެހޭގޮތުން ވަގުތީ އަދި ދުރުރާސްތާގެ ޙައްލުތައް ހޯއްދެވުމުގެ މަސައްކަތް ފަށްޓަވާފައި ކަމުގައި ޑޮކްޓަރ ވަޙީދު ވިދާޅުވިއެވެ. އިތުރަށް ވިދާޅުވޭ

Related Tags: New Dhivehi Observer, haama daily, waheed, NDO, Maldives

މުދާ އަގުހެޔޮ ނުވާނަމަ, މުދަލުގެ އަގު ކޮންޓްރޯލް ކުރުމުގެ ބާރު ސަރުކާރަށް ލިބިދޭ: ބަންޑާރަ ނައިބު

އެކަމަނާ މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅިފައިވާ އިމްޕޯޓް އެކްސްޕޯޓް ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވި ބިލުގެ ބަހުސްގައި މެންބަރުން ކުރެއްވި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ބަންޑާރަނައިބު ވިދާޅުވީ ޑިއުޓީ ކުޑަކުރުމުން ނުވަތަ ޑިއުޓީ ކަނޑާލުމުން އެމުދަލެއް އެތެރެކުރުމަށް ކުރަންޖެހޭ ޚަރަދު އެމުދަލަކުން ކެނޑޭނެ ކަމަށާއި އެކަމުގެ ސަބަބުން ތަކެތީގެ އަގު ހެޔޮވާން ޖެހޭނެ ކަމަށެވެ. އިތުރަށް ވިދާޅުވޭ

Related Tags: New Dhivehi Observer, jazeera, fathmath dhiyana saeed, NDO, Maldives

ޖަލުން އާއިލީ ބަންދަށް ދޫކުރި ކުށްވެރިންގެ ތެރޭގައި ބޮޑެތި ކުށްވެރިންނެއް ނުތިބޭނެ: ރައީސް

Shaheedh ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ޖަލުގައި ތިބި ކުށްވެރިންނާއި އަޅާލުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި އެހެންނަމަވެސް މާލެއާއި ރާއްޖޭގެ އަމަންއަމާންކަން ދެމެހެއްޓުމަކީ އެއަށް ވުރެ ބޮޑު މަސްއޫލިއްޔަތެއް ކަމަށެވެ. އެގޮތުން ދޫކުރެވުނު 119 ކުށްވެރިންނަކީވެސް އެމަނިކުފާނަށް އިތުބާރު ކުރެވޭ ބޭފުޅުން ވަޑައިގެން ވަރަށް ރަނގަޅަށް ބައްލަވާފަ ނެންގެވި ބައެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އިތުރަށް ވިދާޅުވޭ

Related Tags: New Dhivehi Observer, jazeera, anni, NDO, Maldives

Saturday 13 December 2008

7 ޑިސެމްބަރ 2008 ވީ އާދީއްތަ ދުވަހު ނިއު ދިވެހި އޮބްޒާވަރުގައި ޝާއިއު ކޮށްފައިވާ ލިޔުމެއް، ޕާކިސްތާނުގެ ދިވެހި ކިޔަވާ ކުދިންގެ ޖަމްޢިއްޔާ އިން ދޮގުކޮށްފި.

7 ޑިސެމްބަރ 2008 ވީ އާދީއްތަ ދުވަހު "މިއަދަކީ މުޅި ދުނިޔޭގަވެސް މުސްލިމުން އުފާ ފާޅުކުރަމުން އަންނަ ދުވަހެއް، ޕާކިސްތާން" މި މަޢުޟޫޢުގެ ދަށުން ނިއު ދިވެހި އޮބްޒާވަރުގައި ޝާއިއު ކޮށްފައިވާ ލިޔުމެއް، ޕާކިސްތާނުގެ ދިވެހި ކިޔަވާ ކުދިންގެ ޖަމްޢިއްޔާ އިން ދޮގުކޮށްފި.
ޕާކިސްތާނުގެ ދިވެހި ކިޔަވާ ކުދިންގެ ޖަމްޢިޢްޔާއިން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ އެލިޔުމަކީ އެޖަމްޢިޢްޔާއާއި ހައިކޮމިޝަނާ އޮންނަ ގުޅުމަށް ބުރޫ އަރުވާ އަދި ޖަމްޢިޢްޔާގެ އަގުވައްޓާލުމުގެ މަޤްޞަދުގައި ޙަޤީޤަތް އޮޅުވާލާ ޙަޤީޤަތާ ޙިލާފަށް ލިޔެ ޝާޢިޢު ކޮށްފައިވާ ލިޔުމެއް ކަމުގައެވެ. ނޫސް ބަޔާން ޑައުންލޯޑު ކުރެއްވުމަށް

Related Tags: New Dhivehi Observer, student association pakistan, NDO, Maldives

Friday 12 December 2008

ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަންތައްތައް ބަލައި ބަދަލު ހޯދަން ޖެހޭނެ- ރައީސް ނަޝީދު

Shaheedh ރައްޔިތުންގެ ފައިސާއަށް ވެފައިވާ ޚިޔާނާތްތައް ބަލައި އޭގެ ބަދަލު ހޯދައި ފެއިލްވެފައިވާ މާލީ ސިޔާސަތުގެ ތެރެއިން ދައުލަތުގެ ބަޖެޓް ޑެފިސިޓްވެ ބޭރުގެ ދަރަނި ބޮޑުވެފައިވަނީ ކޮންބަޔެއްގެ އިހުމާލުންތޯ ބެލުމަކީ ސަރުކާރުން ކުރަން ޖެހިފައިވާ ކަމެއް ކަމުގައި ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އިތުރަށް ވިދާޅުވޭ

Related Tags: New Dhivehi Observer, miadhu, anni, NDO, Maldives

Thursday 11 December 2008

އިނގިރޭސިވިލާތުގެ ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަން ދިވެހި ސަރުކާރަށް ދެއްވާނެކަމުގެ ޔަޤީންކަން އިނގިރޭސި ސަރުކާރުން ދެއްވައިފި

Shaheedh ދިވެހިރާއްޖޭގެ އާ ސަރުކާރަށް އިނގިރޭސިވިލާތުގެ ސަރުކާރުން ފުރިހަމައަށް އެއްބާރު ލެއްވުމާއި އެހީތެރިކަން ފޯރުވާދެއްވާނެކަމުގެ ޔަޤީންކަން ދިވެހިރާއްޖެއަށް ދެއްވައިފިއެވެ. މިކަމުގެ ޔަޤީންކަން އިނގިރޭސި ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް ދެއްވީ ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ.އަޙްމަދު ޝަހީދާއިއެކު ލަންޑަންގައި ބޭއްވެވި ބައްދަލުކުރެއްވުމެއްގައި އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގެ މިނިސްޓަރެއް ކަމުގައިވާ ރިޓަޔަޑް އޮނަރަބަލް މާރކް މެލޮކް ބްރައުންއެވެ. މިދެބޭފުޅުންގެ ބައްދަލުވުން ބާއްވަވާފައިވަނީ ލަންޑަންގައި ހުންނަ އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގައެވެ. އިތުރަށް ވިދާޅުވޭ

Related Tags: New Dhivehi Observer, haamadaily, shaheedh, NDO, Maldives

މަސްވެރިކަމުގެ ދާއިރާ މުޅިން އައު ވިސްނުމަކަށް މިޞްރާބު ޖެހުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

anni މަސްވެރިކަމުގެ ދާއިރާ މުޅިން އައު ވިސްނުމަކަށް މިޞްރާބު ޖެހުމަށް، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށާއި، މަސްވެރިކަމުގެ ޞިނާޢަތުގެ އަހުލުވެރިންނަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ގޮވާލައްވައިފިއެވެ.
އިއްޔެ ފާހަގަކުރި މިއަހަރުގެ މަސްވެރިންގެ ދުވަހާއިގުޅިގެން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޚިޠާބުގައި، ދިވެހިންގެ ވަށައިގެން ލައްވާފައިމިވާ ޤުދުރަތުގެ ތަނަވަސް ޚަޒާނާގެ ނަފާ، ސީދާ މަސްވެރިންގެ ފައިކޭޓާ ގުޅެން އެބަޖެހޭ ކަމަށާއި، މޫސުމާއި ނުމުސޫމުގައި ރާއްޖޭގެ އަސްދަނޑިން ބޭރުގައި، އިންޑިޔާކަނޑުގައި ދިވެހި މަސްވެރިންނަށް ފެތުރިގަނެވޭނެ ގޮތް ހޯދަން އެބަޖެހޭ ކަމުގައި ވިދާޅުވެފައިވެއެވެ. އިތުރަށް ވިދާޅުވޭ

Related Tags: New Dhivehi Observer, haamadaily, anni, NDO, Maldives

Monday 8 December 2008

ޢީދު މުބާރަކު

މިއަދަކީ އަޒުހާ ޢީދު ދުވަސް. ޢީދު ދުވަހުގެ ހެޔޮދުޢާ ތަހުނިޔާ ނިއު ދިވެހި އޮބްޒާވަރގެ އަހުލުވެރީންނަށާއި ދިވެހި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އަރިސްކުރަމެވެ.
ޢީދަކީ މުސްލިމުންނަށް އަންނަ ވަރަށްވެސް އުފާވެރި ދުވަހެކެވެ. މިފަދަ އުފާވެރި ދުވަހެއްގައި، މުޖްތަމަޢުގައި އުޅޭ ނިކަމެތިންނާއި ޙާލުގައި ޖެހިފައިވާ މީހުންނާއި، ނުތަނަވަސްކަމާއި ހިތްދަތިކަން އިޙުސާސްކރަމުންދާ މީހުންނަށް ކޮންމެވެސްވަރެއްގެ ހިތްހަމަޖެހުމެއް ގެނެސްދެވޭތޯ ބަލަންވާނެއެވެ. އިސްލާމީ މުޖްތަމަޢުގެ މިސާލަކަށްވާންވާނީ އެއްހަށިގަނޑުގެ މިސާލުކަމަށާއި އެހަށިގަނޑުގެ އެންމެ ގުނަވަނެއްގައި ވޭންއެޅިކަމުގައި ވިޔަސް ހޭލާހުރުމުންނާއި ހުންއައުމުގެ ސަބަބުން މުޅިހަށިގަނޑު ލޮޑުކޮށްލާކަމަށް ކީރިތި މާތް ރަސޫލާގެ ޙަދީސްފުޅުގައި ވާކަމުގައި ޢިލްމްވެރީން އަޅުގަނޑުމެނަށް ވިދާޅުވެ ދެއްވައެވެ.
މިގޮތަށް އަޅުގަނޑުމެނަށް ޢަމަލު ކުރެވިއްޖެނަމަ ޝައްކެއްނެތްގޮތުގައި ޢީދު ދުވަހުގެ އުފަލާއި މަޖަލުގައި އަދި ހިތްހަމަޖެހުން ލިބޭނެކަން ޔަގީނެވެ. އިރާދަކުރެއްވިއްޔާ މިޢީދަކީ ދިވެހި ހުރިހާ މީހުނަށްވެސް ވަރަށް އުފާވެރި އަމާން ޢީދަކަށްވާށިއެވެ. ޢީދުގެ ތަޙުނިޔާ އަރިސްކުރަމެވެ.

Related Tags: New Dhivehi Observer, eid, NDO, Maldives

އެންޑީއޯއަށް ފޮޓޯ އާއި ވީޑިއޯ އަދި ލިޔުން ފޮނުވާނީ ކިހިނެތް؟

photos and videos ތިޔަބޭފުޅުން ފޮނުވާ ފޮޓޯތަކާއި ލިޔުންތަކަށް އެންޑީއޯއިން މަރުޙަބާ ކިޔަމެވެ. ޙާދިސާއެއް ނުވަތަ ކަމެއް ހިނގާ ވަގުތު އެންޑީއޯގެ ނޫސްވެރިއެއް ނުވަތަ ފޮޓޯގްރާފެއް އެތަނެއްގައި ނެތުމަކީ އެކަށީގެންވާ ކަމެކެވެ. އެފަދަ ވަގުތެއްގައި ތިޔައިން ކޮންމެ ބޭފުޅަކީވެސް ނޫސްވެރިއެއް ނުވަތަ ފޮޓޯގްރާފަރެއް ކަމުގައި ވެވިދާނެއެވެ. މިގޮތުން ތިޔަބޭފުޅުން ފޮނުވާ ފޮޓޯ އާއި ލިޔުންތައް މިވެބްސައިޓުގައި ޝާއިއު ކުރެވިދާނެއެވެ. ފޮޓޯ ފޮނުވާއިރު ފޮޓޯނެގި ތަނާއި އަދި ފޮޓޯގެ ތައާރަފެއް ވަރަށް މުހިންމެވެ. ފޮޓޯ އަދި ލިޔުންތައް އީމެއިލް ކުރައްވާނީ ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

info@NewDhivehiObserver.com

Welcome

Tell A Friend

Do you like this site? Help us spread word about New Dhivehi Observer by telling all your friends and family members about us!

Link to New Dhivehi Observer

We are always very appreciate of webmasters linking back to New Dhivehi Observer. http://www.newdhivehiobserver.com . Thanks for your show of support!

Do you have the right font installed?

Please click here to download the "Mv Iyyu Formal" font to view this site properly. If you are having problem with installing the font please let us know by email and we will be happy to help you. Our email address is info@NewDhivehiObserver.com

To do list

ރައީސް މައުމޫނަށް މައާފްކޮށް އެއްވެސް ފަރާތަކުން އެމަނިކްފާނާއި ދޭތެރޭ ދެރަގޮތަކަށް ކަންތައް ނުކުރުމަށް އަންނި ވިދާޅުވެއްޖެ.

Gulzar

Broken Links

If you see any broken link please let us know by email and we will fix as soon as possible. Our email address is info@NewDhivehiObserver.com
Thank you.